ކުށުގެ ރެކޯޑް ސާފްނުކޮށް ސިފައިންގެ ވަޒީފާއަށް ކުރިމަތިލެވޭގޮތަށް ހަމަޖައްސައި، ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ސިފައިންވެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު، މާރިޗު 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. އަދި ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު، ކުށުގެރެކޯޑް ބަލާފޯމް ހުށަހަޅަން ނުޖެހޭގޮތަށްވެސް ހަމަޖައްސާފައިވާކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ކުރިން އެ ވަޒީފާއަށް ކުރިމަތިލާއިރު، ކުށުގެ ރެކޯޑް ފޯމްވެސް ހުށަހަޅަން ޖެހެއެވެ.

ސިފައިންގެ މެރިންކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާރޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖީނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް، ސަޕޯޓް ސަރވިސް ގައި މަސައްކަތް ކުރުމުގެ ފުރުސަތު ސިފައިންނަށް އޮންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން ކުރިން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފެންވަރާއި ޝަރުތުތަކަކީ ދިވެހި ރައްޔިތެއް ކަމުގައިވުން، ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ހުރުން، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުމެވެ.

ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު، ކުށުގެރެކޯޑް ބަލާފޯމް ހުށަހަޅަން ނުޖެހޭގޮތަށް މިހާރު ހަމަޖައްސާފައިވާކަމަށް ޑިފެންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙައްގުބަސް

    ފުލުހުން ސިފައިން މި ތަންތަނަށް ވަޒީފާއަށް މިހާރު ދެން މީހުން އެހާ ޝައުގެވެރިއެއްނޫން!! މިތަންތަނުން ގައުމީ މަސައްކަތްކުރުމުގެ ރޫޙުވަނީ ކެނޑިގެން ގޮސްފަ!! އެކިއެކި ކުޑަތައް ކޮށްގެންނާ އަދި މިފަދަ މުއައްސަސާތަކުގައި ބައިތިއްބަން ނުވާވަރުގެ ޑިސިޕްލިނަރީ އަދި އިދާރީ އެތައްކަމަކާ ޚިލާފުވެގެން މިތަންތަނުގާ ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާއިން ވަކިކޮށްފައިވާ މީހުން އަލުން ވަޒީފާ ދިނުމާ މިކަހަލަ އެތައް ކަމެއް އެކުރަނީ! މިއީ ސިޔާސީ ގޮތުން ކުރާކަމެއްކަމަށް ގިނަބަޔަކު ގަބޫލުވެސްކުރޭ! މިފަދަ މީހުންނަށް ޕްރޮމޯޝަން ދީ ބޭނުންހާ ގޮތްތަކެއް އެހަދަނީ! މިއީ މިތަންތަނުގައި ތިބި އިޚްލާސްތެރި ގައުމަށް ވަފާތެރި ހަމަހަމަ ކަމާއެކު މަސައްކަތްކުރާ މީހުންނަށް ކުރެވޭ މަލާމާތެއް! ދެން މިފަދަ ތަންތަނަށް ކީއްކުރަން ވަންނަނީ! ބޮޑެތި އެހާ އުދަނގޫ ޓްރެއިނިންގތައް ހަދާ ހެސްކިޔާފަ 24 ގަޑިއިރު މަސައްކަތުގައި! ބުނީމަ ބުނިތަނަކަށް ބުނި ރަށަކަށް ދާންޖެހޭ! މިހާރުގެ ކުދިން ބަލާ އެހެން މުއައްސަސާތަކުގައި މުވައްޒަފުން އުޅޭ ފަސޭހަގޮތް ހެދުނު 8 އިން މެންދުރު 14:30 ވީމަ ނިމުނީ! ޕެރޭޑްކުރުމާ، ހެސްކިޔާފަ ރެއާދުވާލު މަސައްކަތް ކުރާކަށް ނުޖެހޭ!

    24
    4
  2. އަހަރެން

    މިހާރުވެސް ތިޔަ މުއައްސަސާގަ މަސައްކަތްކުރާ މީހުންގެ ޑިސިޕްލިންގ ހައްތަހާ ދަނީދަށަށް. ދެން ތިގޮތަށް ކަންތަށްކޮށްފިއްޔާ ތިހާ ގަދަރުވެރި، ފަހުރުވެރި، ޝަރަފުވެރި މުއައްސަސާގަ އުޅޭނީ ބޮޑެތި ގޭންގް ސްޓާރުން، ޕާޓޭން
    ނުނީ ތީ ވަކިބަޔަކު ތިތަނަށް ވައްދަންކުރާކަމެށް.
    ތިމާމެންގެ އަމިއްލަ އެދުމެއް ހާސިލްކުރަން ތި ޝަރަފުވެރި މުއައްސަސާ ހަލާކުނުކުރޭ. އަދި މީހުންގެ އަދަދު އިތުރުކޮށްގެން މަތީގަތިބި މީހުނަށް ޕްރޮމޯޝަން ހޯދަންވެސް ތިވަރުކަމެއް ކުރާކަށްނުވާނެ

    29
    1
  3. އިސްތިއުފާ

    ކުށުގެ ރިޕޯޓަށްނުބަލާ ވޮޗަރުކަންވެސް ދިނުމަކީ ކިހާނުރައްކާތެރިކަމެއްކަން އެގުނީ އަޒުލީނާގެ މަރުން. ވީއިރު ގައުމުގެ ސަލާމަތާ އިސްތިގުލާލު ހިމާޔަތްކުރަން ތިބޭމީހުންނަކީ ކޮންކަހަލަ ކުށުގެވެއްޓަކުން އުފަންވެފަހުރިމީހެއްކަންނޭގި އެފަދަބަޔަކު ހަތިޔާރު ގެންގުޅެން ދޫކޮއްލަންވާނެތަ؟ސިފައިންގެ އިސްވެރިންނާ ޑިފެންސް މިނިސްޓަރުގެ ކުރިމަތީގަ މިގައުމުގެ އަގުހުރިވަރު ތިކަމުންއެކަނި ސާފުވެއްޖެ. ސިޔާސީ ހަރުގެއިން ޗީފް އޮފް ޑިފެންސްފޯސްއަށް ވަނީމަ ވާނީމިހެން. ހެޔޮނުވާނެ ދިވެހި ރައްޔިތުންނައްޓަކާ އިސްތިއުފާދީފަ ގެއަށްދޭ ޝަމާލު. އަހަރެމެން އެދޭ ސަރުކާރެއްގަ ޑިފެންސްފޯސް އޮންނާނެގޮތްކަމަށްބުނެ ހުސްނުއްސޫދު ބުނިގޮތަކީ މިއީތަ؟

    18
    1
  4. އެލެކްސް

    ގޯހެއްނޫން.
    ކުށުގެ ރެކޯޑަށް ބެލުމެއްނެތި ސިފައިންގެ ތެރެއަށް މީހުން ވެއްދޭގޮތަށް ހެދުމުން ސިފައިންގެ ތެރޭގައި އުފެދިފައިވާ ގައުމީ އުސޫލުތައް ކެނޑުނީ މިހާރުވެސް ގައުމުގެ މިނިވަންކަން ގެއްލި ދާއިރު ބަހެއް ބުނެލަން ކެރޭވަރުގެ ވެރިޔަކު ވެސް ނެތް ދެން ތިޔަތަނަށް ހެޕީ ސައިޑް އިލްހާމާއި ދުންމާރި ނާޒިމް ވައްދާ ތަނުގެ ވެރިކަން އެމީހުންނާއި ހަވާލުކުރީމަ ކަލޭމެން ބޭނުން ހުރިހާ ޖަރީމާއެއް ފަސޭހަކަމާއި އެކު ހިންގޭނެ.

    12
    1
  5. ނޫނު

    ކުށުގެ ރެކޯޑް ސާފުވާން ޖެހޭ ހަމަ.
    ތައުލީމީ ޝަރުތު ބައި އެބަ ޖެހޭ ދައްވާން ނޫންނަމަ އެންމެން ވެސް އުޅޭނީ މަތީރޭންކް ނުލިބިގެން ފޫކަހާފަ. ހައިސުކޫން ނިންމާފަ މެންޑެންޓަރީ ސާވިސް ތައާރަފު ކުރުން-މުޖުމައުގެ އަހުލާގު ރަނގަޅުވުން.

  6. މަސީހު

    ބޯހަލާކު ބަގާވާތްކުރިމީހުން ސީފައިންގެއިސްވެރިންނައްވުމުން ދެންކުރާނީވެސް ތިޔަޒާތުގެކަންކަން.

    12
  7. ނަފާ

    އެހެންތާވާނި މަތިފަޑިމިހުންގެއަދަބެއް އަޚުލާގެއް ނެތިމާދަށުގަތިބިމިހުން އެއަށްވުރެ ރަގަޅު ވީމާ އެބައެގެނުހިފެހެށްތެނެކަން

    11
  8. ސައުދު

    ތިކަން ތާރީހުގަލިޔެވިގެންދާނެ ސިފައިންގެ ތާރީހުގައިފުރަތަމަފަހަރައް ކުށުގެރެކޯޑްނުބަލާ ވަޒީފާޔައްމީހުންތިޔަވައްދަނީ ގައުމެއްނެއް.