ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ 70 ވަރަކަށް މުއައްޒަފުން ކާނާ ވިހަވެގެން ފަރުވާދީފިއެވެ.

"ވަގުތު"އަށް ވާހަކަ ދައްކަމުން އެ ރިސޯޓުގެ މުއައްޒަފަކު ބުނެފައި ވަނީ ރޭގެ ކެޔުމަށްފަހު، ކާނާ ވިހަވެގެން މިހާރު 70 ވަރަކަށް މުއައްޒަފުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި، އެކަމާ ގުޅިގެން އެކަކު މާލެ ގެނެސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ކާނާ ވިހަވި މުއައްޒަފުންނަށް ރިސޯޓުން ފަރުވާ ދެމުންދާ އިރު، އޭގެ ތެރޭގައި ދިވެހީންނާއި ބިދޭސީ މުއައްޒަފުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކާނާ ވިހަވުމާ ގުޅިގެން ކަނޑިންމަ ރިސޯޓުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.