ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވެސް "ރައްޔިތުންގެ ފަޅިއަށް" ބަދަލުވުމަށް ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ނިހާން މިނިސްޓަރ މަހްލޫފްގެ ކިބައިން އެދިވަޑައިގެންފިއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަހަކަށް އައިސް ރާއްޖެދުއް އެންމެ ހިތްވަރު ގަދަ، ކެރޭ ސިޔާސީ ބަޠަލުން އުފެދިފައި ވަނީ ޑީއާރްޕީ އާއި ޕީޕީއެމް ތެރެއިން ކަމަށެވެ.

"ޒުވާނުންގެ ވަޒީރު އަހްމަދު މަހްލޫފް ވެސް ދެން އަވަހަށް ތިޔަ ދޮގުވެރި، މަކަރުވެރި އެމްޑީޕީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް ބަދަލުވެ ވަޑައިގަންނަވާ." ނިހާން ވިދާޅުވިއެވެ.

ނިހާންގެ އެދިވަޑައިގެންނެވުމާއި ގުޅިގެން މަހްލޫފް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަހްލޫފް ގޭގައި މަޑުކުރައްވަން ރައީސް ވަނީ އަންގަފާވައެވެ.

ނިހާން އާއި މަހްލޫފް އަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޑީއާރްޕީގައި އިސްކޮށް ހަރަކާތްތެރިވި ދެބޭފުޅުންނެވެ. 2009 ވަނަ އަހަރު ދެބޭފުޅުން ވެސް ޑީއާރްޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. އަދި އޭގެ ފަހުން ޑީއާރްޕީ ދޫކޮށް ޕީޕީއެމް އުފެއްދުމުގައި ދެބޭފުޅުން އިސްކޮށް ހަރަކާތްތެރިވެ، ޕީޕީއެމްގެ ވެރިކަމެއް 2013 ގައި ގާއިމް ކުރިއެވެ. 2014 ވަނަ އަހަރު ޕީޕީއެމްގެ ޓިކެޓްގައި ދެބޭފުޅުން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް މަހްލޫފް ވަނީ ގިނަ ދުވަސްތަކެއް ނުވެ ޕީޕީއެމް ދޫކޮށްލައްވާފައެވެ. ނަމަވެސް ނިހާން އަދިވެސް ހުންނެވީ ޕީޕީއެމްގައެވެ.

މަހްލޫފް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށް ޖަލަށް ލާފައެވެ. ފާއިތުވި ދުވަސްތަކުގައި ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި މަހްލޫފް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    އެއީ ނުވާނެކަމެއް. ފުރަތަމަ ޝަރުޠަކީ، ތެދުވެރި މުސްލިމަކަށްވުން. އެކަން ނެތްމީހުން އެއުޅެނީ މޑޕ ގަ. އަނެއްކަމަކީ، މިނިވަނަކަށް ނުވާ، ނުބައިކަމެއްގައި ބަނދެވި، ބްލެކްމެއިލްވެފައިވުން. މޑޕ ގަ ހުރުން މަޖުބޫރު. ނޫނީ ޖެހޭނީ ޖަލަށްދާން.

    32
    19
  2. އައިޝާ

    މަހްލޫފް މެންކަހަލަ މީހުނާ ދިމާލަށް އެއްޗެހި ކިޔާ މީހުން ބޭޒާރުވާ ކަހަލަ އިހާނާތްތެރި ވާހަކަ ކައްކާ މީހުންނާ އެންމެ ގުޅެނީވެސް އެމް ޑީ ޕީ

    7
    3
  3. ފެއްސޭދެން

    އަލީ ވަހީދު މެން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެގެން ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ރައްޔިތުންގެ ވިންދާއި އިހްސާސް ތައް ދަނެގެން ވަކި ވަކި ރައްޔިތުންގެ ނަފްސުގެ ފުދުންތެރިކަން އިތުރު ކުރުމަށް ޓަކައި ކުރި އެއްވެސް ކަމެއް މަމެންނަށް ފެންނާން ނެތޭ އެހެން ނަމަ ރިސޯރޓްސް ތަކުގައި ހުރި ބޮޑެތި މަގާމް ތަކަށް ކޮލިޓީ ދިވެހިން ކުރިމަތިލާއިރު އެމެންނަށް އެފަދަ މަގާމް ތައް ދޭން އަލީވަހީދު މެން މަސައްކަތް ކުރާނެ ނޫންތޭ އެހެރީ ވަންދޮރު ނިކުމެ ފެއްސެންވީއޭ ފެއްސޭ ފެއްސޭ ފެއްސޭ ދެން...

    8
    1
  4. އޫލާއޫލާ

    ޕީޕީއެމް ފިކުރަކަށް ނުދާނީތޭ ނުވަތަ ސަރުކާރުގެ މާލިއްޔާ ބޭނުން ގޮތަށް ބަނޑު ފުޅު އަޅާލަން ފުރުސަތު ލިބުމުން އެކަން ދޫކޮށްނުލާން ވެގެން ދައްކާ މަކަރުވެރި ވާހަކަ ތަކެއް ނޫންތޭ ތިޔާއީ އަލީވަހީދަށް ނުވާނެއޭ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ކަން އަލީ ވަހީދު ކުފޫ ހަމަ ނުވެއޭ ތިޔާ މަގާމަށް ރިސޯރޓްސް ތަކުގައި ގަވާއިދާއި ޚިލާފަށޭ ވަޒީފާ ދެނީ ބޭރު މީހުންނަށް ކޮބާތޭ ތަމެންނަށް ގާނޫނީ ވެރިކަން ކުރެވިފައި އޯއް މާމާ އޫލާ އޫލާ އޫލާ ވަޓް ޑޫ އައި ޑޫ ނައު އޯއް މާމާ..

    7
    1
  5. ޒޫމް

    ސިޔާސީ ދާއިރާގައި މަހޭގެ އަގުވެއްޓިޖެ

    9
    4
  6. އޑރ

    ނިހަާނަކައް ނޭގޭނެ. އޭނަ އެއީ ކާކު.

    3
    3
  7. ާއދރ

    ނިހާނަކީ ދިވެހި ރައްޔިތަކު ގަބޫލު ކުރާމީހެއްނޫން

    8
    10
  8. ހޯރަބޭ

    އެމް ޑީ ޕީ ތޯމަކަރުވެރީ ރައީސްޔާމީން އާއި ނިހާންތޯމަކަރުވެރީ ހަމައެއްގޮތކައްވެސްނޭގުނު ވަރަން އަޖައިބުވެއްޖެ ނިހާން ކުރިން އުޅުނީ ވަރަން ރަގަޅަންތޯ މިހާރު އުޅެނީ ރަގަޅައްތޯ

    6
    7
  9. 33000 ރީލޯޑް

    އައިސްގެން ނުވާނެ. ބަލައެއް ނުގަންނާނަން. ރީލޯޑު ކުރަން ހުރޭ.

    5
    5
  10. ނަން

    މިއީ ޔާމީނުގެ ކިންގްޑަމެއް ނޫން. އަގަ ހުޅުވާއިރަށް ޖަލަށް ދާން..

    9
    6
  11. ބިދުވައެކޭ

    މާބަނޑު މީހާ ބަލިވެއްޖެ ނަމަ ޗުއްޓީގެ ގޮތުގައި އިތުރު އެއް މަސް ދެން މަސައްކަތެއް ނުކޮށް ސަރުކާރުގެ ޕޭރޯލް ގައި ހިމެނޭ ގިނަ އަންހެން ވެރިން ތިބޭނީ ސަރުކާރުގެ ވަޒީފާ ތައް ފުރާލާނީ އަންހެނުން ރައްޔިތުން ޚިދްމަތް ހޯދަން ދިއުމުން ބުނާނީ އެންމެން ތިބީ މިހާރު މާ ބަނޑު މީހުންނަށް ވެފައޭ އޮފީސް ބަންދޭ މިއަދު އަދި މިތަން ދެކޭނެއޭ ތަމެން މަސައްކަތެއް ނުކޮށް މުސާރަ ލިބޭ ގޮތަށް އޮތުން އެއީ ގުދުރަތުން އެކަން ލައްވަވާފައިވާ ގޮތެއް ނޫނޭ އެއީ ބޮޑު ބިދުވައެކޭ...