މިދިޔަ ހުކުރު ދުވަހު މާފުށީގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ތިން ފަތުރުވެރިން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ތިން ދަރިވަރެއްގެ ނަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން އެދަރިވަރުންނަށް ތައުރީފް ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިދިޔަ ހުކުރުދުވަހު މާފުށީގައި މޫދަށްއެރިއުޅުނު ތިން ފަތުރުވެރިން ގެނބެމުން ދަނިކޮށް ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މާފުށީ ސްކޫލްގެ ކެޕްޓަން ހުސެއިން ޝިޔާހް، ހެޑް ޕްރިފެކްޓް މުހައްމަދު އަންސޮފް އަހުމަދު، އަދި އެސްކޫލްގެ ދަރިވަރު އިސްމާޢީލް ޝަފީގު މުހައްމަދު، މިހާދިސާގައި ދެއްކެވި ހިއްވަރާއި އިންސާނިއްޔަތުކަން އިސްކޮށް ދެއްކި ރީތި ނަމޫނާއާމެދު އެޑިއުކޭޝަން މިނިސްޓްރީ ފަޚުރުވެރިވާކަމަށާއި އަދި މި ދަރިވަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

މާފުށީ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ތިން ފަތުރުވެރިޔަކު މޫދަށް އެރި އުޅެނިކޮށް ގެނބުނީ ހުކުރު ދުވަހު ހަވީރު އެވެ. ގެނބިފައި ވަނީ އިންޑިއާގެ ތިން ފަތުރުވެރިންނެވެ.

އެމީހުން ގެނބެމުން ދަނިކޮށް ސަލާމަތްކޮށްގެން ވަނީ މާފުށީ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެނބުނު ފަތުރުވެރިންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއެންއެސް

    ގުޑް ޖޮބް.

    17
  2. ހަސަން

    މާޝާﷲ! ތިޔަ ތިން ކުދިން ކުރި ހިތްވަރަށާއި ތި ދެއްކި އިންސާނިއްޔަތު ކަމުގެ ރީތި ނަމޫނާ އަށަް އައްސަރިބަހާއި ސާބަސް! ތި ތިން ކުދިން ތި ކުރި ހެޔޮ އަމަލަކީ އެކަމުގެ މަތިވެރި ސަވާބު ލިބުމުގެ އިތުރުން، އެ ކުރި އަމަލުގެ ސަބަބުން އެކަމުގެ ހެޔޮކަން މި ދުނިޔެ އާއި ޢާހިރަތުގައި ވެސް ތި ކުދިންނަށް ފެނިގެންދާނެފަދަ ހެޔޮ އަމަލެއް އިންޝާﷲ!ތި ކުދިންނާއި ތި ކުދިންގެ މައިންބަފައިންނަށް ﷲ ހެޔޮ ރަހްމަތް ލައްވައި ދެދުނިޔޭންވެސް ހެޔޮގޮތް މިންވަރު ކޮށްދެއްވާށި.އާމީން!

    13