ގދ. ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ 60 އަހަރުން މަތީގެ ފިރެހެނެކެވެ. އެރަށުގައި މޫދަށް ގޮސް އުޅުނު މީހަކު ނިޔާވިކަން ކަށަވަރުވި ނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި ނިޔާވެފައި ވަނީ މަސް ހިފަން ނުކުމެ އުޅުނު މީހެކެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް ނުވެފައެވެ.

ދޭތެރެ ދޭތެރެއިން ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި މީހުން ނިޔާވެއެވެ. އެގޮތުން ދާދި ފަހުން ސްނޯކްލިން އަށް ގޮސް އުޅުނު ޒުވާނަކު ވެސް ވަނީ ނިޔާވެފައެވެ. އަދި އޭގެ ކުރިން ކ. ތުލުސްދޫ ކައިރިން މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހިގެން ފަތުރުވެރިއަކު ވަނީ މަރުވެފައެވެ.