މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މިއަދު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން މީހަކު ގަމަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެބޯޓު ގަމު ބަނދަރާއި ގާތްކުރުމުން ފުލުހުންގެ ދަށަށް އެމީހާގެނެސް ބަލައިފާސްކުރިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން ގަމު ހޮސްޕިޓަލަށް މިމީހާ ގެންގޮސް އެކްސްރޭ ނަގައި ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ރަބަރު ޕެކެޓު މިމީހާގެ ފުރަގަސްފަރާތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން ނުޖެހޭ ބުނާކަށެއް

    ދެން ތީ ބޮޑު ވަރު . މި ސަރުކާރުން ވެސް ތިކަމެއް ނޫޅޭވިއްޔާ ހުއްޓުވާކަށެއެވެ . ހައްތަހާ ވެސް ވަނީ ގިނަ . ދުވަހަކުން ދުވަހެއް ދަނީ އިންތިހާ އަށް ގިނަ ވަމުން . އަހަރުމެން މި ޖެހެނީ އަހަރުމެން ގެ ދަރިން އެ މަގުން ގޮސްދާނެތީ ވެ ބިރުން ތިބެން . އަޅެ ފަހެ ކީއްތަ ވާނީ އެކަހަލަ މީހުންނަށް ކޮންމެވެސް އަދަބެއް ދިނިއްޔާ ....
    ހެޔޮ ނުވާނެ ތިކަންތައް މަނާ ކުރިއްޔާ ރަގަޅު ... ކުރަން ޖެހިފާ އޮތް ކަންތައް ހުއްޓާލާފައި ވެސް މަސްތުވާތަކައްޗައް ސަމާލު ކަން ދީގެން އެކަން ހުއްޓުވަން އެބަ ޖެހޭ ...
    މި ސަރުކާރުގައި ވެސް އެބަ ވޭ ވިއްޔާ ކޮންމެ ވެސް ހެލްމެޓް އަޅުވަން . އެކަމަކު މަސްތުވާ ތަކެއްޗައް އެއްވެސް ކަމެއް ނުވޭ ...
    އަހަރުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެ ކޯ ... މިހާރު ބުނަން ވެސް ލަދު ގަނޭ ... ދެން ނެތިން ބުނާކަށެއް ... ބުނާ މީހާ ގޯސް ވާނީ

    5
    1
    • ކިހިނަ

      ބރިނ ތިނެރުނީ ކާކު؟ •