ވޭތުވެގެންދިޔަ ފަސް އަހަރު، ނައިފަރު ދާއިރާގެ ރައްޔިތުންގެ ވިންދާއި އެއްގޮތަށް، މަޖިލިސްތެރޭގައި މަސައްކަތްކުރައްވާފައިވާ ވާނެކަމަށް، ނައިފަރު ދާއިރާގެ މެމްބަރ، އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައިވެސް ނައިފަރު ދާއިރާއަށް ވާދަކުރައްވާ ޝިޔާމް މިހެން ވިދާޅުވީ، ޕީ.އެސް.އެމް އިން ގެނެސްދިން ނައިފަރު ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާ އަކީ ދެވަނަ ފަރަހަށް މި ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އަޅުގަނޑަށް ލިބިފައިވާ ކުރިއެރުން. ވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑު މަސައްކަތް ކޮށްފައިވާނީ ދާއިރާގެ ރައްޔިތުންގެ ވިންދާއި އެއްގޮތަށް. ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކޮށްފައިވަނީ. އެ މަސައްކަތް ކުރުމުގައި ވަކި ފިކުރަކަށް ވަކި ކުލައަކަށް އަޅުގަނޑު ބަލާފައެއް ނޯންނާނެ." ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ކޮންމެ ދާއިރާއަކަށް ބެލިޔަސް ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް ފެންނަމުން ދާ ކަމަށާއި، ނަމަވެސް ހުރިހާ ފިކުރަކާއި އެއްކޮށް މަސައްކަތް ކުރުމުގެ ޤާބިލް ކަމަކީ ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނައިފަރު ދާއިރާ އަށް ވާދަކުރައްވާ ޝިޔާމަކީ ނައިފަރަށް އުފަން، ޢިއްލީ، ޤާބިލް، އަދި ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ބޭފުޅެކެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު