ގެވެށި އަނިޔާއަށް ތުހުމަތުވި މަޖިލިސް އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ އަބްދުލް މުގުނީއަށް ތާއީދު ނުކުރަން އެމްޑީޕީން ނިންމުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމްޑީޕީއަށް ތައުރީފު ކުރައްވައިފިއެވެ.

މައުމޫން ވިދާޅުވީ ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހަކަށް ތާއީދު އަނބުރާ ގެންދިޔުމަކީ ތައުރީފް ހައްގު ނިންމުމެއް ކަމަށެވެ.

އެމްޑީޕީގެ ތާއީދު މުގުނީ އަށް ގެއްލުމުން އެ ދާއިރާއަށް ދެން ވާދަ ކުރައްވަނީ މައުމޫނުގެ ތާއީދާއެކު ވާދަ ކުރައްވާ މިހާރުގެ ވެސް މެންބަރު ސައުދުﷲ ހިލްމީއެވެ.

މުގުނީއަށް ތާއިދު ނުކުރަން އެމްޑީޕީން ނިންމީ އޭނާ ކުރީގެ އަނބިމީހާ އަށް އަނިޔާކޮށްފައި ވާތީ އޭނާ އާއި ދެކޮޅަށް އެތައް ބަޔަކު މީސް މީޑިއާގައި އަޑު އުފުލަމުން ދަނިކޮށެވެ.

މުގުނީ އޭނާގެ ކުރީގެ އަނބިމީހާ އަނިޔާ ކޮށްފައި ކަމަށް ފުރަތަމަ މީސް މީޑިއާގައި ބުނީ އެއަންހެން މީހާ އެވެ. އެކަމަށް އެތައް ބަޔަކު ވަނީ މީސް މީޑިއާގައި "ހެކިބަސް ދީފައެވެ." ބައެއް މީހުން ވަނީ މުގުނީ އަނބިމީހާ އަށް އަނިޔާ ކުރަމުން ދަނިކޮށް އެކަން ހުއްޓުވާ އެކަމަށް ހުރަސް އެޅި ކަމަށް ވެސް ބުނެފައެވެ.

އަނބިމީހާ އަށް އަނިޔާ ކުރި މައްސަލައިގައި މުގުނީ ކުރިން ފުލުހަށް ވެސް ހާޒިރު ކުރި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނީމާ

    ކަލޯ މައުމޫނޫ! ކަލޯއަށް އޮތްހައިވެސް ގޮތަކީ އެމްޑީޕީ ކުރާ ކޮންމެކަމަކަށް ތަޢުރީފުކޮށްގެން ޢަބުރު ހިފެހެއްޓމެވެ. ކިރިޔާ ދެބަސްވެލިޔަސް ބޭރުވާނެއެވެ. ފޮޑިއެއްޖެއްސަސ ކަލޯ ބުނަންވާނީ ސާބަހޭއެވެ.

    19
    3
  2. ފައްކަނޑާ ބޭބެ

    ކަލޯ މައުމޫނު، ކަލޯގެ އަންހެނުން ތިންފައްކޮށްގެން ފައްކަނޑައިގެން ހަތަރުވަނަ ފަހަރު އިނދެގެން އުޅޭތީވެސް ކަލެޔަށް ތައުރީފް ހައްޤުވޭ. ވަރަށް ސަލާމް.

    9
    4
  3. މަބުނީ

    އެހެންވިމާ ތ. ގުރައިދޫ ދާއިރާއަށް ކުރިމަތިލާފައިވާ އެމް.ޑީ.ޕީގެ ކެނޑިޑޭޓް މުޙައްމަދު ނާޞިރު (ގާދިއްފުށީ މޯޑު) ގެ ކުރި ތާއިދުވެސް އަނބުރާ ގެންދަންޖެހޭނެ މީނާއަކީ މީނާގެ ކުޑަކުޑަ ދެދަރިންނާ އަޅާނުލާ ޚަރަދެއްނުދީ އުޅެމުންދާ މީހެއް އަދި މީނާގެ ހުރެޔޯ ނުއަތު ކުއްޖެއްވެސް އެ މައުސޫމު ކުއްޖާއަކީ ވަކި ޖިންސެއްވެސް ނޭނގޭ ކުއްޖެއްކަމަށާ މިކުއްޖާގެ ޞިއްޙީ ފަރުވާއަށް މޯޑް ގެ ފުރިހަމަ އެއްބާރުލުން ބޭނުންވާހިނދު މިކަމަށްވެސް މީނާ އިންކާރު ކުރާކަމަށްވޭ އެހެންވީމާ މި ކުށެއްނެތް މައުސޫމު ކުއްޖާއާދޭތެރެ މިގޮތަށް ކަންތައްކުރާތީވެސް މޯޑުއަށް ކުރާ ތާއިދު އަނބުރާ ގެންދަން އެބަޖެހޭ

    • އަޅޭ

      އަސްލުތަ؟ މޯޑު ހާދަފޭކޭ. މަށައްވެސް އޮޅުވާލާގެންނު ތިއުޅެނީ. ރޭވެސް ހެދީ ދޮގު. އައި ހޭޓް ޔޫ ސޯ މަޗް. ދެންނާންނާތި މިގެޔަށް ގުވަހަކުވެސް، އަދިބުނަން އަންމަޑޭ ކާރި ހުރިހާވާހަކައެއް މަމިރޭ ކިޔާދޭނަން. ނޯމޯ ސިންޕަތީފޮޔޫ. އަމިއްލަދަރިން އެއްލާލި މީހަކު ކާކު އެއްލާނުލާނީ.

  4. ބަކަމޫން

    "ތާއީދު އަނބުރާ ގެންދިޔުމަކީ ތައުރީފް ހައްގު ނިންމުމެއް" ގުދޯގުދޯ ހައްދަމުންނުދުވޭ. ހަގީގަތަކީ ކަލޭމެން ޕޮލިޓީޝަނުން ބޭނުންވީމަ ބޭނުންގޮތެއް ހަދަނީ. އަމިއްލަފައިދާއައްޓަކާ އަމިއްލަ ޕާޓީމީހުންވެސް ގުރުބާން ކޮށްލަނީ. ނަޝީދު އަދި މައުމޫނު މީދެ ސައިކޯއިން. އަމިއްލަފައިދޤ މުޅިންވެސް އިސްނަގާނީ. އެކަމު މާ މާތް ގައުމުދެކެލޯބިވާ ދެމީހުންނޯމީ............. ތިދެމީހުންނަކީ މިގައުމުގެ ހަލާކު.........................