ލ. ފޮނަދޫގައި ހަދާފައިވާ 50 ހައުސިން ޔުނިޓަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހައުސިން ޔުނިޓްތަކަށް ކަރަންޓް ދިނުމަށް ފެނަކައާ ހަވާލުކުރުމުގެ ގޮތުން، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހައުސިިން މިނިސްޓްރީއާ ދެމެދުއެވެ. ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނައިކައިގެ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ފޮނަދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކަކީ އެ އަތޮޅު ގާދޫން ފޮނަދޫއަށް ބަދަލުވި މީހުންގެ އިތުރުން ފޮނަދޫގެ ރައްޔިތުންނަށްވެސް ހާއްސަކޮށް ކުރީ ސަރުކާރުން އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކެކެވެ. ގާދޫން ފޮނަދުއަށް ބަދަލުވި ރައްޔިތުން މިހާރުވެސް ރަށުގެ ދެ ކޮޅުގައި އިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓްތަކުގައި ދިރިއުޅެމުންދާ އިރު، އަދިވެސް ބައެއް އާއިލާތަކަށް ހައުސިން ޔުނިޓް ހަވާލު ނުކުރެވޭ ކަމަށް އާއިލާތަކުން ބުނެއެވެ.