ދިއެފްއެމް ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ ޒަހަމްކޮށްލި ވީޑިއޯ ކޯޓަށް ހުށަހެޅުމުން ވެސް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުށުގެ ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލައިފި އެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ މިދިޔަ ހަފްތާގައި އަނބިމީހާ އާއިއެކު ސައިކަލް ދުއްވާލަން ނިކުމެ އުޅެނިކޮށް ލާމް އަތޮޅު ފޮނަދޫއިންނެވެ. މި ހަމަލާގައި ޒަހަމްވުމުގެ ސަބަބުން މަސްއޫދު ވަނީ ގަން ރީޖަނަލް ހޮސްޕިޓަލުން ވެސް ފަރުވާ ހޯދާފަ އެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާނީ ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް (ލޯޑް) އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ސަމީމް ދޫކޮށްލާފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

މީސް މީޑިޔާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި މަސްއޫދަށް ހަމަލާދީފައި ވަނީ ޕީސީއާރު ސައިކަލެެއްގައި އަހްމަދު ސަމީމް އައިސް ދަގަނޑު ބުރިއަކުންނެވެ.

މަސްއޫދަށް ހަމަލާދިން މައްސަލާގައި ހަައްޔަރުކުރި އަހްމަދު ސަމީމަކީ މިދިޔަ ޑިސެމްބަރު މަހު މަސްއޫދު ކާރުގައި ރޯކޮށްލައިގެން ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ މީހާ އެވެ. މަސްއޫދު ކާރު ރޯކޮށްލި މައްސަލާގައި ވެސް ވަނީ އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހްގީގްގައި ސުވާލުކޮށްފަ އެވެ.

މަސްއޫދުގެ އެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ލ.ފޮނަދޫ، އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރުގައި ރޯވެފައިވާ ތަން އެންމެ ފުރަތަމަ ފެނި، ފުލުހުންނަށް ރިޕޯޓްކޮށް، ކާރުގައި ރޯވެފައިވާ ކަމަށް ސަރަހައްދުގެ މީހުންނަށް އަންގާފައި ވަނީ ވެސް މިހާރު ފުލުހުންގެ މެއިން ސަސްޕެޓް ކަމަށް ތުހުމަތު ކުރެވި ތަހްގީގް ހިންގަމުންދާ އެރަށު އަހުމަދު ސަމީމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގާނޫނު

    ވީޑިއޯ އަކީ ބައިގަރީނާ

    6
    1
  2. ބައްކެ

    އަޅުގަނޑުގެ ފިހާރަ ފަޅާލާ މަންޒަރާ އޭނާގެ ފިންގަ ޕުރިންޓު ދިމާވިޔޭ ބުނި މީހާ އަދިވެސް މަގުމަތީގަ

    17
  3. ސޮއި

    ހަމަ ކުރާނެ އެއްވެސްކަމެއްނެތް.
    މިއީ އަހަރުމެން ބޭނުންވިގޮތް.
    މިސަރުކާރަކީ ރައްޔިތުންގެނައި ސަރުކާރެއް

  4. ސަފަރު ކައްދަގެ ތިއްތިބެ

    ބަދަވިންގެ ޒަމާން. ދަގަމީހާ ގަދަވާނީ. ކަނޑުގެ ގާނޫނު. އެހެންވާތީ ރައީސް ނަޝީދު އެވިދާޅު ވަނީ އަޑީ ދައުލަތޭ. ހަރުކައްޓޭ. ކޮންމެހެން ދީނީގޮތުން އެކަންޏެއް ނޫން. ކަލޭނޭ ގެޓްވެބަލަ!

    1
    2
  5. ނަސީރު

    ހަރުކައްޓަކީ، މަޑުކައްޓަކީ ކޮބާކަންނޭގުނު

  6. ޖިހާދު

    މިގޮތަށް ކުށްވެރިންނަށް ފުރުސަތުލިބޭނަމަ ކުށްވެރިންމަދުވެ ކުށްކުރުން މަދުވާނެތޯ މިބާވަތުގެ
    ކަންކަންހިގަނީ ބަދަވިންގެޒަމާނު ގަދަމީހާގަދަވުމާ، ހަމައެއް އިންސާފެއްނެތުމުން ޖަންގަލީގެ ގާނޫނޭ ކަނޑުގެ ގަނޫނޭ ކިއިދާނެ އެއީ ކަނޑާ ޖަންގަލީގައި ޖަނަވާރުންގެމެދުގައި ހިގާނީ
    ބަލިއެތި ބަލިކޮށްލާ ގާނޫނު ނަމަވެސް ހަމަވިސްނުންދެއްވާފައިވާ އިންސާނުންގެމެދުގައި......

  7. ތ

    މައްސަލައިގެ އަސްލު މިހާރު ބަލަން ވެއްޖެ މަސްއޫދު ވެސް ފައިސާ ގެ މައްސަލަ އެއްގައި މާލޭގައި އުޅުނު އިރު ބަޔަކު އޭނާ އުޅުނު ގޭގެ ދޮރު ވައްޓާ ނުލީ ކިރިޔާ... މިއީ ވަރަށް ވާހަކަ

  8. ތ

    މީހުންނަށް ދިނުމަށް އެހެން މީހުން ދޭ ފައިސާ އާއި ތަކެއްޗަކީ އަމާނާތެއް އެއަށް ޚިޔާނަތް ވުމުން ކަންކަމާއި ދިމާވަނީކަމަށް ވާނީ ހަގީގަތް ބަލާ ހޯދަން ޖެހޭ ... ތިޔަ ކާރާ އަންހެނުން ގޭގައި ހުރި ފިހާރައިގެ ހަގީގަތް ވެސް ޖެހޭ ބަލައިލަން