ތައިލެންޑްގައި ދިވެހިންނަށް ވިސާ ލިބުމުގައި ހުރި ދަތިތައް ހުރަސްކޮށް ފަސޭހައިން ވިސާ ލިބޭނެ ގޮތަށް ވިސާ އެއްބަސްވުމެއްގައި ސޮއިކުރުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ އާޖެންޓީނާގައި މިހާރު ކުރިއަށްދާ އދ. ގެ ކޮންފަރެންސެއްގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ތައިލެންޑްގެ އިސް ވަފްދަކާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

މިމަޝްވަރާ ބައްދަލުވުމަށްފަހު މިނިސްޓރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތައިލެންޑަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް މުހިންމު މަންޒިލެއް ކަމަށާއި، ރާއްޖޭގައި ވެސް ތައިލެންޑްގެ ގިނަ އިންވެސްޓްމަންޓްތަކެއް ހުރި ކަމަށެވެ.

އެހެން ކަމުން ދެ ގައުމުގެ ރައްޔިތުންނަށް ވިސާގެ ލުއި ލިބޭނެ އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ވެސް ތައިލެންޑުގެ ވަފުދާ އެކު މަޝްވަރާ ކުރެވުނު ކަމަށް ޝާހިދުގެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޔަ

    ތިކަންވަނީ މިދިޔަ ސަރުކާރުން ކޮއްފައި، އަދި ދިވެހިންނަށް ތައިލެންޑަށް ވިސާ ނަގަން ނުޖެހޭގޮށް ހަމަޖައްސައި އެކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮއްފައި. ޢެޕްރީލް މަހުގެ 15އިން ފެށިގެން އަމަލުވެސް ކުރަން ފަށާނެ.

  2. ހުސެން

    ޢއަހާލަން ބޭނުންވަނީ މިދަތުރުގަ ސިއުނާ ގެންދިއައިންތޯ