ހއ. ހޯރަފުށީގައި ސައިކަލެއްގައި މިއަދު ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވިދާޅުވިއެވެ.

ރޯކޮށްާފައި ވަނީ، ނީސް ނަމަކަށް ކިޔާ ގެއެއްގެ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައެވެ. އެ ސައިކަލުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ދާދި ފަހުން މާލޭގެ މަގުމަތީގައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކެއްގައި ވަނީ ރޯކޮށްލާފައެވެ. ރޯކޮށްލާފައި ވަނީ މާފަންނު އިހުސާން ފިހާރަ ކައިރީ ހުރި ސައިކަލުތަކެއްގައެވެ. އެ ސައިކަލުތަކުގައި އަލިފާން ރޯކޮށްލުމުން އޭގެތެރެއިން ހަ ސައިކަލެއް ބޭނުން ނުކުރެވޭ އަނދާފައެވެ.