ކުނި ނަގާ ފީ ބޮޑުކުރަން ނިންމި ފަހުން ނ.އަތޮޅު ލަންދޫ ކައުންސިލުގެ ކުނި ނަގާ ޕިކަޕްގައި ރޯކޮށްލައިފިއެވެ.

ލަންދޫ ކައުންސިލް ޕިކަޕްގައި ރޯކޮށްލި ކަމަށް މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރުު 4:00 ޖަހާކަށް ހާ އިރުގައި ކަމަށް ލަންދޫ ކައުންސިލް މެންބަރަކު "ވަގުތު" އަށް ވިދާޅުވިއެވެ.

ކައުންސިލަށް މި މައުލޫމާތު ލިބުމާއިއެކު، އަލިފާން ނިއްވާލުމުގެ މަސައްކަތްތައް ކުރެވިފައިވެއެވެ. އެހެން ނަމަވެސް ޕިކަޕްގެ ބޮޑު ބައެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

"ރޭ މަންޒަރު ފުރަތަމަ ފެނުނު މީހާއަށް ފެނިގެން ގާތްގަނޑަކަށް 4 ޖަހާކަށް ހައިއިރު، ފެން ޖެހުމުގެ މަސައްކަތް ފެށީ" ކައުންސިލް މެންބަރު ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ އަންނަ މަސް ފެށުމާ އެކު ނ. ލަންދޫގައި ކުނި މެނޭޖްކުރަން ފެށުމަށް ތައްޔާރީތައް ވެފައި ވަނިކޮށެވެ.

"އަލަށް އަޅުގަނޑުމެން އަނެއްކާވެސް ކުނި މެނޭޖް ކުރަން މި ފަށަނީ ޖޫން މަހުގެ 1 ވަނަ ދުވަހަށް. ދެކޮޅު ނުޖެހިގެން މި އަގަށް ބަދަލު ގެންނަން ޖެހުނީ." ކައުންސިލް މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕިކަޕްގައި ރޯ ކުރީ ކޮން ބައެއްކަން އަދި އެނގިފައި ނުވާ ކަމަށާއި ކައުންސިލުން ވަނީ އެ ކަން ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ސީސީޓީވީ ފުޓޭޖް ފޯރުކޮށްދީފައި ކަމަށެވެ.

ކައުންސިލް ވިދާޅުވީ 8 މަސް ވަންދެން ކައުންސިލުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ 150 ރުފިޔާގެ މަގުން ކަމަށެވެ. އެހެން ނަމަވެސް، ރައްޔިތުންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ ބަސް ހޯދައިގެން މިހާރު މި ރޭޓް ވަނީ 200 ރުފިޔާއަށް ބޮޑުކުރަން ނިންމާފައި ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ކުނި ނަގަން ރަޖިސްޓްރީކުރަން ކައުންސިލުން އެދިފައިވާއިރު، ބައެއް ގޭބީސީތަކުން ދަނީ އަލަށް ކަނޑައެޅުނު ފީއާއި ދޭތެރޭ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކުރަނގި

    ކޮބައިތޯ ލަންދޫގައި އުޅޭހާ ޕޮލިހުން. ހާމަތަނެއްގައި އޮތް ޕިކަޕެއްގައި ރޯކޮށްލެވޭނީ ޕޮލިހުން ތިބެމެ ރަށު ތެރެ ޕެޓްރޯލް ކުރަމުންނުދާކަން ކަނޑައެޅިގެން އެނގި ކަށަވަރުވާތީވެ. ހަމައެކަނި ޕޮލިހުން މައްސަލައެކޭވެސް ނުބުނަން. އަޑުއިވޭގޮތުން ވިއްޔާ ލަންދޫ ޕޮލިހުންގެ ކަމަކީ، މަސްގެންގުޅުމާއި ފާޑުފާޑުގެ މުބާރާތްތައް ބޭއްވުމާއި ޒުވާނުން ވައްދައިގެން ކޮފީ ބުއިން. ލަންދޫގައި ބަޔަކު ދެކެ ޙަސަދަވެރިވެއްޖިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ.

    9
    2
  2. ގުނބޯލު

    ކުޅަނދު މަދު މަކުނުތަށް….

  3. އަބްދޫ

    އާބާދީ އެއްފަސްނުވެ ގައުމަށް ތަރައގީ ނާންނާނެ. ލަންދޫގެ އާބާދީ އެކަށީގެންވާ ވަރު ވާނަމަ 150 ރުފިޔާއިންވެސް ކުރެވޭނެ. އެއްވެސް ކަމެއް ގެއްލުންވާގޮތަށް ކޮށްގެން ދެމެހެއްޓުމަކީ ވާނެކަމެއްނޫން . ހަރަދު ދެކޮޅު ނުޖެހޭނަމަ ބޮޑުކުރަންޖެހޭނެ.

    11
    3
  4. ލަންދޫ ކައުންސިލް

    ހެހެހެ..... ދެން ހިލޭ ކުނި އުކާލެވޭނެ އެއްނު ހެޑް ބުރާންތި ތަކާ.....

  5. ކިސް

    މާލޭގައި މާބޮޑުވެމްކޯއިން ނަގާ ޕިކަޕު ވައްދަން 370 ރުފިޔާ އެއީ އަދި ޕިކަޕު ގެ އަގުނުލާ

  6. މޮހޮރު

    މީހުންނަށް އައްމުދަނީ ނުލިބޭ، ކައެއްޗިސް އެހާ އަގުބޮޑު،،ރައްއިތުން ހަނާވަނީ ކުދިންނަށް ކިޔަވަދޭނަ މާލެ އެރިމީހުން ތިބީ އެތަނުގެ ތާށިވެފަ،،ކައުންސިލަރުން ވެރިން ވިސްނަނީ ތިމާގެ ޖީބަށްވީޔާ،،،،އަންދާގާނޫނު،،،،އިންސާފު ގާއިމުކުރޭ

  7. ޚޮކި

    ތީދެން ވަރަށް މޮޅުކަމެއްކުރެވުނީ، ތިމާމެންގެ ގޮތްނެތްކަމާއި ނުބައިނުލަފާކަން ތީގެން ދޭހަވަނީ. އަނެއްމީހާ ޕޮލިހުންކޮބައިތޯ؟ރަށުގެ ކޮންމެ ރައްޔިތަކީ ޕޮލިހަކަށް ވާންވީނު؟