ރ. އުނގޫފާރުގައި ފަސް ލައްކައަށްވުރެ ގިނަ ފައިސާއާއެކު ވަގަށް ނެގި ތިޖޫރީ ހޯދައިފިއެވެ.

ރެސްޓޯރަންޓެއް ހިންގާ އަމިއްލަ ފަރާތެއްގެ ތިޖޫރީ ފުލުހުން ހޯދާފައި ވަނީ އެ ރަށު ފަޅު ގެއެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، އުނގޫފާރުގައި ރެސްޓޯރެންޓެއް ހިންގާ ފަރާތުގެ ގޭގައި ހުރި ތިޖޫރި ވަގަށް ގެންގޮސްފައި ވަނީ އިއްޔެ މެންދުރު 13:52 ހާއިރުއެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ވެސް ހައްޔަރު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ތިޖޫރީ ފެނުނު އިރު، އެ ހުރީ ނުހުޅުވިއެވެ. އަދި ފައިސާތައް އެތެރޭގައި ހުރި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    އަލްހަމްދުލިﷲ

    14
  2. ލާމިޙް

    ތިޖޫރީ ވަގަށް ނަގާ ސަރުކާރު ، ކޮން ސަރުކާރު؟ ވަގު އިބޫގެ ވަގު ސަރުކާރު!

    21
    8