މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު، ސިފައިންގެ ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން އަހުމަދު ޝާނީޒަށް، 198،000 ރުފިޔާގެ މާލީ ބަދަލާއެކު އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އޭނާ ވަޒީފާއިން ވަކި ކުރިއިރު، ހުރީ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައެވެ. އޭނާ އެއިރު ހުރީ ކޯޕްރަލްގެ ރޭންކުގައެވެ.
ސްޕްރީމް ކޯޓުގެ އަމުރަށް ފަހު، ޝާނީޒްގެ އިތުރުން، ގިނަ ފަރާތްތަކެއްގެ ވަޒީފާ ގެއްލުނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމުން. އެ ފަރާތްތަކުން ވަނީ ބަދަލާ އެކު އަލުން ވަޒީފާ ހޯދަން ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
އެމީހުން ހައްޔަރުކޮށް ވަޒީފާއިން ވަކިކުރީ މާޗު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ މައްސަލަ ނިންމީ ޑިސްޕިއުޓު މަރުހަލާގަައެވެ.
އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ވަޒީފާއިން ވަކިކުރި ސްޓާފް ސާޖަންޓް އިބްރާހިމް ސިމާދުގެ ވަޒީފާވެސް ބަދަލާއެކު އަލުން ދޭން ސިވިލް ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފައެވެ.
މީވަރައްބޮޑު މައްސަލަޔެއް ސިފައިންނާއި ފުލުހުންނަކީ ހުވައެއްގެމަތީތިބޭބަޔެއް ސިފައިންގެގާނޫނާހިލާފުވެ ބޮދެތިކުއްތައްކޮއް ވަޒީފާއިންވަކިކުރީމަ މިގޮތައްވަޒީފާދޭނަމަ އެމްއެންޑީއެފް ފުލުހުން ދުވަހަކު އިސްލާހެއްނުވާނެ.
ފޮނިކަން އިނތިހާއަށް ދާނެ
ތިވާގޮތުން ސިފައިންނާއި ފުލުހުން ކޮންމެފަދަކަމެވެސް ކޮށްފާނެ.. ސަރުކާރުބަދަލުބާއިރަށް ބޮޑުލާރި ގަނޑަކާ ފަޒީފާ ލިބޭނެތާ.. ކަންކަން ކޮށްފައި 5 ނޫނީ 6 އަހަރު ޗުއްޓީގައި