އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު "އެކްސް އެކުވެރިން" ގެ 12 ވަނަ އެޑިޝަން މިމަހުގެ 11 އިން 24 އަށް އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރަކަންދުގެ ޗައުބަޓިއާގައި ފަށައިފިއެވެ.

ސާދަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސަސައިޒްގައި އިންޑިއާގެ އަސްކަރިއްޔާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްލެޓޫން ސްޓްރެންތް ކޮންޓިންޖެންޓެއް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި އެކްސަސައިޒަކީ އދ.ގެ މެންޑޭޓްގެ ދަށުން ކައުންޓަރ އިންސަރޖެންސީ/ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްގައި އިންޓަރއޮޕަރަބިލިޓީ އިތުރުކޮށް، ޖޮއިންޓް ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް އޮޕަރޭޝަންތައް ހިންގުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ.

އެގޮތުން އެންމެ ރަނގަޅު ޕްރެކްޓިސްތައް ހިއްސާކުރުމާއި ޓެކްޓިކަލް ލެވެލްގައި ދެ ބާރުގެ މެދުގައި ގުޅުން ބަދަހިކުރުމާއި އެއްބާރުލުން ދިނުން ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އިންޑިއާގައި މި އެކްސަސައިޒް މިހާރު ފަށާފައިވާއިރު، މި އެކްސަސައިޒްގެ 11 ވަނަ އެޑިޝަން ރާއްޖޭގައި ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ދެޤައުމުގެ ދެމެދުގައި ދިފާޢީ ގުޅުން ބަދަހިވެގެންދާނީ ދެޤައުމުގެ ދެމެދުގައި ކުރިއަށްގެންދާ ޖޮއިންޓް އެކްސަސައިޒްތަކުން ފެށިގެން، ދިފާޢީ ތަމްރީނާއި، އިކުއިޕްމަންޓްބޭނުންވާ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ހަމައަށް ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އިޤްތިޞާދީ، ޘަޤާފީ އަދި އަސްކަރީ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގާތް ގުޅުމެއް އުފެދިފައިވާއިރު، "އެކްސް އެކުވެރިން" ގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާަމަރީ

    އަވަހަށް ގޮސް ޗާގޯސްއަށް

  2. ލާލު

    ކިތަންމެވަރަކަށް އިންޑިއާ ހެއްދިޔަސް މިގައުމަކަށް ޗޯރޭ ބޭނުމެއްނޫން ސިފައިންނާއި ފުލުހުންވެސް ތިބީ އެގޮތުގަ.

  3. ޖަވިއަނި

    ފްރީ ކަޝްމީރް !
    ޣަޒްވާއޭ ހިންދް ގަ ތި ޝިރްކުންނާއި ، ތި ޝިރްކުންގެ ބައިވެރިންވެސް ސުންނާފަތިވާނެ !

  4. ޝާމް

    ދިވެހި ސިފައިންނަށް އިންޑިޔާއިންދޭނީ ބޮލީވުޑުގެ ފޭކު ތަމްރީނު.

    3
    1
  5. ބީޓޭ

    ތިޔައީރިޔާސީ އިންތިހާބައް ނުފޫޒް ފޯރުވަން ކުރާކަމެއް. އިންތިހާބައް ވާގޮތަކުން ތިތަމްރީންތިހިންގާ ބޭނުންފާޅުވާނެ. އެއީ18 މިއީ23 ތަފާތުވާނެ. އެކަމަކު ހަމަހިލާ މިއިންތިހާބުގަ ކުރިން
    ކުޅުނުއެއްވެސް ކާޑެއްނުކުޅެވޭނެ.

  6. Anonymous

    މި ގަން ހިފައގެން ދިވެހި ސިފައިިންގެ ޔުނީފޯމުގައި ހުރި މީހާ އިންޑިޔާ މީހަކާ ހާދަ ވައްތަރޭ