ނިމި ދިޔަ ރިޔާސީ އިންތިޚާބަކީ ފަހުގެ ތާރީޚެއްގައި މި ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާ ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، މަޑުއްވަރީގައި ރޭ ބޭއްވި، އާދަމް ޝަރީފްގެ ކެމްޕެއިން ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރެއްވުމަށް ފޯނުން ގުޅުއްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.

"ރިޔާސީ އިންތިހާބަކީ ފަހުގެ ޒަމާނެއްގައި މިރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޖަރީމާ. އެމައްސަލަ ބެލުނީއެއްވެސް ނޫން، އަދި ނުވެސް ބެލޭނެ. ވޯޓު ކަރުދާސްތަކުގެ މައްސަލަ ބަލަމުން ދަނިކޮށް އަންދާލީ. ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށްވެސް އެތަށް ޝައްކުތަކެއް އެބަހުރި،" ރައީސް ޔާމީން ވިދާޅުވިއެވެ.

އާދަމް ޝަރީފަށް ތާއިދުކުރާ ފަރާތްތަކާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ހަނގުރާމައިގައި އެމަނިކުފާނާއިއެކު ދެމި ހުންނަވާނެ އެއްބޭފުޅަކީ އާދަމް ޝަރީފް ކަމަށާއި ހިތްހަމަޖެހުމާއި އުފާވެރިކަން އޮންނާނީ އާދަމް ޝަރީފަށް ވޯޓުދެއްވައިގެން ކަމަށެވެ.

"އާދަމް ޝަރީފަކީ އަޅުގަނޑާއެކު އަބަދުވެސް ހުންނަވާނެ ބޭފުޅެއް. އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ހަނގުރާމައިގައި އަޅުގަނޑާއި އެކު އަބަދުވެސް ދެމިހުންނަވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންކަމުން ދާއިރާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން އަންނާނީ އާދަމް ޝަރީފަށް ތިބޭފުޅުންގެ ވޯޓު ދެއްވައިގެން." ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި، މަނީ ލޯންޑްރިންގެ މައްސަލަ ނިމެންދެން ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިނިވަންކުރެއްވުމަށް ހައިކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީ.އެން.ސީގެ ފަރާތުން މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ކެމްޕެއިން ކުރުމުގެ ގޮތުން ރޭގައި ކުރިއަށްދިޔަ ކެމްޕެއިން ޖަލްސާއަކީ މި ކެމްޕެއިން ދުވަސްވަރު ބޭއްވުނު އެންމެ ފޯރިގަދަ އެއް ޖަލްސާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ވަރަށް ރަގަޅު ވާހަކަފުޅެއް.މިގައުމަކީ މިހާރު މިނިވަން ގައުމެއް ނޫން .. މަދު ބަޔަކު ފައިސާއަށް ހިންދު ކަރައަށް މިގައުމު ވިއްކާލީ.މިގައުމުގައި ހުރި އިންޑިއާގެ އެމްބަސީވެސް ވަނީ މިގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ނުބައި ރޯލެއް ކުޅެފައި.ﷲ މިގައުމުގެ ހެޔޮވިސްނޭ ދަރިންގެ އަތްމައްޗަށް ދެއްވާށި

    75
    11
  2. ސަޒަން

    2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްއަށްވުރެ ވަކި ބޮޑު ޖަރީމާއެއް އެހެންއެއްވެސް ގައުމަކު އަދި މިގައުމުގައިވެސް އަދި ނުހިންގާ ލަދެއްނުގަނޭތަ ވެރިކަން ހަވާލުކޮށްދިނީ ސީދާ ސްޕްރީމް ކޯޓް ކަން މުޅިދުނިޔެދަނޭ އޭރުވެރިކަމުގައިހުރި ބާގީވަހީދު ލައްވާ އިތުރު އެއްހަފްތާ ވެރިކަމުގައި ބެހެއްޓީވެސް ހަމަޔާމީނު މިއީ އަނެއްޖަރީމާ މިބުރުގައި ޖެނުއަރީއަޔަސް ޔާމީނައް ވެރިކަން ހޯދެންދެން ފުރުސަތުދޭންވެސް ސްޕްރީމްއޮތީ ހިފާފައި މިލިއަނުން ފައިސާއަޅައިގެން ހިންގި ޖަރީމާ.....

    3
    9
  3. ޖަހާންގީރު

    މިގައުމަކީ މިހާރު މިނިވަން ގައުމެކޭ ނުބުނެވޭނެ

    11
    2
  4. އައްޕެ

    މަނިކުފާުނުގެ ވެރިކަމުގަ މި ގައުމުގަ އެންމެ ބޮޑު ވައްކަމެއް ކޮއްފަ އޮތީ. އެ ނުވަނީތޯ ޖަރީމާ އަކަށް.