އަލް ޖަޒީރާއިން ދެއްކި ޑޮކިއުމަންޓްރީ "ސްޓީލިން ޕެރަޑައިސް"އަށް އިންޓަވިއުތައް ދީފައި ވަނީ ސީދާ އެމްއެމްޕީއާރްސީ ހިޔާނާތުގައި ކަޅު ފައިސާތައް އުފުލި ކުދިން ކަމަށާއި، އެ ކުދިންނަށް މިހާރު އިނގިރޭސިވިލާތުން ހިމާޔަތް ދީފައިވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބާރަށުގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ތަހުގީގީ އިދާރާތަކަށް އެނގެނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ފައިސާތައް ވަދެފައިވާ ބޭންކް އެކައުންޓްތައް އެކަނި ނޫން ކަމަށެވެ. އެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެގޮޅަށް ވައްދައިގެން ދެން ބަހާފައިވާ ގޮތްވެސް ސާފުކޮށް އެނގޭ ކަމަށެވެ.

"އެމްއެމްޕީއާރްސީ ހިޔާނާތުގައި ފައިސާތައް ވަދެފައިވާ ބޭންކް އެކައުންޓްތައް އެކަންޏެއް ނޫން ތަހުގީގީ އިދާރާތަކަށް އެނގިފައި އޮތީ. އެނގެން އޮތް މައުލޫމާތަކީ ފައިސާ ނަގައިގެން ގެންގޮސް، ރައީސް ޔާމީންގެ ގެކޮޅަށް އެފައިސާ ގެންދިޔުމަށްފަހު، ދެން އެ ފައިސާ ގޯނި ގޯންޏަށް ލައިގެން، ފޮށި ފޮށިގަނޑަށް ލައިގެން، އެކި ގޮތްގޮތުން، ގެންދިޔައީ ކޮންކޮން ގޭގެއަކަށްތޯ. އަޅުގަނޑަކަށް އެ މައުލޫމާތު ދިނީ ފައިސާ ބެހި ކުދިން. ކަންތައް ދިމާވި ގޮތަކީ އަޅުގަނޑު އިނގިރޭސިވިލާތުގައި ޖާން ޖެހުމާއެކު އަޅުގަނޑު އަތަށް ލިބުނީ އަދީބު ގެންގުޅުއްވި މޯބައިލް ފޯނާއި، އޭނާ ގެންގުޅުއްވި ލެޕްޓޮޕް. މިތަކެތި އަޅުގަނޑު ދެންނެވިން ހަވާލު ކުރައްވާށޭ އިނގިރޭސިވިލާތުގެ އިދާރާތަކާއި، ބައިނަލް އަގުވާމީ ފޮރިންސިކް ތަހުގީގު ކުރާ އިދާރާތަކާ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަލްޖަޒީރާގެ ޑޮކިއުމަންޓްރީ ފިލްމަށް އިންޓަވިއުދިން މީހުންނަކީ އެކަން ކުރި މީހުން ކަމަށެވެ. އެމީހުންނަށް މިހާރު ވަނީ އިނގިރޭސިވިލާތުން ހިމާޔަތްދީފައި ކަމަށެވެ.

"ތަހުގީގު ކުރާ އިދާރާތަކުން ދިން ރިޕޯޓްތަކެއް. ތިބޭފުޅުންނަށް ފެނިލައްވާނެ އަލް ޖަޒީރާއިން ދެއްކި ޑޮކިއުމަންޓްރީ ފިލްމެއް. އޭގައި ކުއްޖަކު ކިޔާދޭނެ އޭނާ ފައިސާ ނަގައިގެން ގޮސް، ފައިސާ ގެންދާ ތަންތަނާ، ފައިސާ ގެންދާ ގޮތްތައް. މިއަދު އެ ކުދިންނަށް ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ދީފައި. އެއީ އަދީބުގެ ކާރު ދުއްވަން އުޅުނު ކުއްޖަކާއި އަދީބު ކައިރީގައި އެހެން އުޅުނު ކުދިން. އެކުދިން ދީފައި އެބައޮތް މާ ތަފްސީލު ބަޔާނެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެ ލިސްޓްގައި މިހާރުގެ މަޖިލީހުގެ ގިނަ މެމްބަރުން ހިމެނޭ ކަމަށާއި، ނަޒާހާތްތެރި މަޖިލީހެއް ބޭނުން ވެގެން މިއުޅެނީ އެހެންވެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބުރޯ

    އެމްއެމްޕީ އާރު ސީގެ ފައިސާ ހިފައިގެން އިގިރޭސި ވިލާތަށް ދިޔަ މީހުނަށް ހިމާޔަތް ދިނުމުގެ ހުރިހާކަމެއް ހިންގެވީ ނަސީދު ނޫންތޯ ؟އެފައިސާ އިން އިގިރޭސި ވިލާތުގައާ ލަންކާގަ ހުންނަވައިގެން އެކުދިންލައްވާ ކަންކަން ކުރުވާ އެއީންވެސް މަންފާ ހޯއްދެވީ ނަސީދު ނޫންތޯ . އެކުދިން ރާއްޖެ ގެނައުމަށް ޔާމީނުގެ ސަރުކާރުން މަސައްކަތް ކުރުމުން އެކުދިންއިގިރޭސިވިލާތަށް ގެންދަވަާ ހިމާޔަތް ހޮޯއްދަވާދެއްވީ ވެސް ނަސިދު ނޫންތޯ ؟

    26
  2. އެހެންތަ

    ތިޔަ ކުދިންނަށް އިނގިރޭސިވިލާތުން ހިމާޔަތް ހޯދައިދިނުމަށް މަނިކުފާނު އެއްވެސް ކަމެއް ނުކުރައްވަމުތޯ. ގައިމު އެކަން އޮތީ ކުރައްވާފައި. އެހެންވީމާ، ވަގުން ފިލުވައި ފޮރުވަން މަނިކުފާނު ކުރެއްވި މަސައްކަތްވެސް ވަކި ސަހަލެއް ނޫން.

    24
  3. ގުޅަބޯ

    ކަލޯ ވެރިކަމުގަ ކަލޯއަށް މުލީއާގެއަށް އިންޑިޔާއިން ރާއުފުލަން އުޅުނު ކުދިންވެސް އެކުދިންގެ ދުލުން އަހަރެމެންނަށް ކިޔައިދިނީ ކަލޯ ރާބޯލާ ވަރު.

    19
    1
  4. ހާޖާނު

    އެމީހުންނަށް އިނގިރޭސިވިލާތުން ހިމާޔަތް ދިނީ އެމީހުން ކުރި ކުށުން ސަލާމަތްކުރަން؟ އޯގާތެރި ސަރުކާރުން ކުށްވެރިންނާ މެދު ތިޔަ ގެންގުޅޭ އޯގާތެރިކަން ފެނިފަ ކޮންމެ މީހަކަށްވެސް ރޮވޭނެ. ހިތްތިރިކަމުގެ ލާމަސީލުކަން ތިހުރީ. އެމީހުން ރާއްޖެ އަތުވެއްޖެނަމަ އިތުރަށް ކަންކަން ސާފުވުމަކީ މައްސަލައަކަށްވެދާނެ ހާލަތުގައި ނުގެނެސް ބޭތިއްބުން އެންމެ ރަގަޅު ކަމަށް ފެންނަ ބައެއްގެ އެޖެންޑާގައި ދެން ފޮރުވިފައި އޮންނާނީ ކޮން ކަންތައްތަކެއްކަން ގިނަ ބަޔަކަށް ނޭގޭ.

    21
  5. ގަރޭ

    ނުބުންޏަސް އެނގޭ ކުރިންވެސް އެމީހުންނަށް އިނގިރޭސިވިލާތުގައި ތިބެވޭނެ ގޮތާ ހުރިހާ ކަމެއް ކޮންމެވެސް ބާރުގަދަ މީހަކު ކޮށްދިނީމަކަން އެމީހުންނަށް ކުރެވޭނީ. ޔާމީނާ ޚިލާފަށް ހެކިދޭ މަތިން ނަޝީދު އުފަލާއެކު އެމީހުން ހިމާޔަތް ކޮށްދީފަ ތިއޮތީ. ނަޝީދު ބޭނުންހާ އެއްޗެއް އެމީހުން ކިޔާނީ. އަދި ތިޔަ ކިޔާ ލިސްޓްގައި އެމްޑީޕީ މެމްބަރުން ތިއްބަސް އެކަން ފޮރުވާފަ އޮންނާނީ.

    10
  6. ވޯޓްވަގު

    ކިހާބޮޑު ވަބާއެއްމީ، މީނަގެ ދުލާއި އަތުގެ ނުބައިކަމުން އަޅަމެން ސަލާމަތް ކުރައްވާންދޭވެ

  7. .އަލްޖަޒީރާ

    .ކަލޯ ނަޒާހަތްތެރި ވާވީ ހަމަ އެކަނި ފައިސާ އަކުން ނޫން ދީނަށްވެސް ތި ބުނާ ނަޒާހަތްތެރިކަން އޮންނާނެ.

  8. ...

    އައިން ކީކޭ؟ އިނގިރޭސިވިލާތުގެ ހިމާޔަތް ހޯދައިގެން އާންމުކޮށް އުޅޭ މީހަކީ ތިޔައީ... އެހެންވީމަ ތިބުނީ އަމިއްލަ އަތެއް އޭގައި އޮތް ވާހަކަ ތޯ؟ ކެކެކެކެ

    10
    1
  9. ހުސޭނުބޭ

    އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކަލޯގެ ނަން! އެހެންވެއެއްނު މިހާ ދުވަސްވަންދެން ހިމާޔަތްދީގެން ގެންގުޅުނީ!