ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އަރީފު ގެ ވަކީލު ވިދާޅުވި ގޮތުގައި އަރީފު ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ ފަހެއް ޖަހާއިރުއެވެ. އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އަރީފް ޕޮލިސް ކޮމިޝަނަރު ކަމުން އަރީފް ވަކިކުރީ މިދިޔަ މަހުގެ 2 ގަ އެވެ.

މިއަދު ކުރީގެ ރައީސް މައުމޫންއާއި ފަނޑިޔާރު އަލީ ހަމީދްވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށްވަނީ ހާޒިރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު