ބޮޑެތި ތުހުމަތުތަކެއް ގައި ބަންދުކުރެވިފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި ވަގުތު ކުރިމިނަލް ކޯޓުގެ ސަރަހައްދަށް އިޙްތިޖާޖް ކުރަން އެއްވި މީހުންނާ ރައީސް މައުމޫންގެ އަނބިކަބަލުން ނަސްރީނާ ބައިވެރިވަޑައިގެންފިއެވެ.

މިއީ ނަސްރީނާ އެފަދަ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ރައީސް މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.

ނަސްރީނާ ކޯޓުގައި ކައިރީގައި ހުންނަވާ ވިދާޅުވީ މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި އެ މީހާ އެހެރީ ހައްގުގެ މަގުގައި ކަމަށް ވަންޏާ އުފަލުގައި ހުންނާނެ ކަމަށެވެ.

"މީހާ ދަތުރުކުރާ މަގަކީ ވަރަށް މުހިންމު އެއްޗެއް. އެ މީހާ އެހެރީ ހައްގުގެ މަގުގައި ކަމަށް ވަންޏާ އުފަލުގައި ހުންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނަސްރާ ހަމައަށް ދާނެ. ވަރަށް އަވަހަށް ވެސް ކާމިޔާބު ވާނެ. " ނަސްރީނާ ވިދާޅުވިއެވެ.

ނަސްރީނާ އިތުރަށް ވިދާޅުވީ ބަންދުގައި ތިއްބެވި ބޭފުޅުންނާއި މުޅި ޤައުމުވެސް ވަރަށް އަވަހަށް ސަލާާމަތްވާނެކަމަށެވެ.

ނަސްރީނާގެ ފިރިކަލުން މައުމޫނާއި ދަރިފުޅު ފާރިސްގެ އިތުރުން ދަނބިދަރިކަލުން މުހައްމަދު ނަދީމްވެސްވަނީ ބޮޑަތި ތުހުމަތުތަކެއްކޮށް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޖޖޖ

    ދެރަވޭ. ކޮންފަދަ ޝަރަފެއް އަޅުގަނޑުމެން ތިޔަ އާއިލާއަށް ދިނިންތޯ? ކޮންކަމަކާތަ އިސްލާހުކުރަން ކުރީގެ ރައީސުން ނުކުންނަންވީ. ކޮންމެ 5 އަހަރަކުން ލިބޭނެ އިސްލާހުކުރާނެ ފުރުސަތު. ގައުމުގެ އެތެރޭގެ ހަމަނުޖެހުން އުފައްދައިގެން ކަންކަން ކުރާވަރަށްވުރެ ތަންދޮރު އެނގޭބަޔަކަށް ތިއާއިލާވާންޖެހޭނެ. ހުރިހާދަރިންނަށް ކިޔަވައިދިނީވެސް ދިވެހިންގެ ފައިސާއިން. ގައުމު ހަލާކުނުކޮށް އިންތިހާބަށް ދާން ނުކެރޭހާ ފިންޑިންނަށްވީތީވެސް ހިތާމަ ހުރި.

  2. Anonymous

    އައުރަ ނިވާކޮށްލާނެ ފަދައެއްވެސް ނެތް އާއިލާއެއްދޯ؟

  3. ސދޮަ

    މުސްކުލި އަމާވެސް ގެނައީތާ

  4. ޙުސައިން މ. މުލި

    ދެރަ ނިކަމެތހިނ ތިބޭނީ ބަންދުގަ
    މުއްސަދހިނ ދޫކޮއްލާނެ

  5. ގޮޅާބޯ

    ދައިތައަށް ވެސް ތިދުވަސް ދަށްކަވައިފި ދޯ ވ ވެދުން

  6. ފެން

    ރައީސް މައުމޫނުގެޢާއިލާގެ ހުރިހާ ބޭފުޅުން މިނިވަން ކުރެއްވުމަށާއި އެބޭފުޅުންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރެއްވުމަށާއި އެބޭފުޅުންނަށް އިޙްތިރާމް ކުރެއްވުމަށް އަދުގެ ސަރުކާރަށާއި ރައްޔިތުންނަށް ގޮވާލަން!

    • Anonymous

      ގޮވާނެކަމެެއްނެތް. ކުރީގެ ރައީސްއެއް ނުހޮވުނު ރައީސްއެއް ފަގީރު ކަލޯއެއް ނޯންނާނެ. ކުށެއްކުރަނީ ގަސްދުގަ. އޭގެ އަދަބު ލިބިގަނޭ. ބަރަހަނާ އަންހެނުން ތަކެއް ތިހެން އަވީގަ ރޯމާދުވާލުތިބުމަކީ އަމިއްލައަށް ގެނެސްގަތް ހާލަތެއް.

  7. ބަޢާވާތްކުރުމާދެކޮޅު

    30އަހަރު ވެރިކަމުގަތިބިއިރު ދުވަހަކުވެސް މިމީހާގެ އަޑެއްނާހަން.. މިއަދު މިއަޑުއެހީ... ތިމީހުން ދަތުރު ތިކުރި... އަދި ދަތުރުކުރާ މަގަކީ ރަގަޅުމަގުތޯ މިއަދު އަމިއްލަ ސިކުނޑިން ވިސްލާމާ ޖަވާބު ލިބޭނެ... އަމިއްލަޒަމީރު ޖަވާބުދޭނެ... ބަލަ ހައްގު ގޮތުގަ ވެރިކަން ހޯދުމަށް އުޅުނުނަމަ މިއަދަކު މަގުއޮޅިގެން އުޅޭކަން. ޏުޖެހޭނެ... ދައުލަތުން އިނާޔަތް ދޭ ދެމަފިރިންނަވެސް... ދަރިން ބޮޑުކުރީ ދައުލަތުން ކާންދީގެން... ދަތުރުކުރީ ދައުލަތުގެ އުޅަނދުތަކުގަ.. ދެންކޮންވާހަކައެއް.. މިއަދުތަ ފާތިހާ ސޫރަތް އަޑުއެހީ... ނޫނީ އެސޫރަތުގެ މާނައަޑުއެހީ...މިހާރުދެން މެޑަމް ފާތުން އުޅޭހެން އުޅޭނަމޭ ހިތަށްއެރުވިޔަކަސް އެކަމެނުވާނުވާނެ... ﷲގެވާގިފުޅާލާއިގެން މިގައުމު މިހާބޮޑު އަދަވަޅަކަށް ވައްޓާލި އެއްމެންނަ އޭޝަޒާދެއްވާށި... ރިޝްވަތުދީ ގައުމުހަރާބުކުރިއިރު ނޭގޭދޯ މިހިގެނީ ރަގަޅުމަގުން ނޫންކަން...

  8. Anonymous

    ﷲއައްތިބާ ބިރުވެތިވޭ އޭނުލަފާ އިންސާނާ

    • ބޮޑުބެ

      އަނެކަކަށް ނުލަފާ އޭ ބުނާ މީހާގެ ނުލަފާކަން މާ ބޮޑު

  9. އަހްމަދު

    ފުރަތަމަ ކުރަންވީ ކަމަކީ ބުރުގާ އެޅުން. އޭގެ ފަހުން ތިވާހަކަ ދައްކަންވީނުން.

  10. ޙައްވަ

    ނަސްރީނާ ނުކުންނެވީ ފިރިކަލުން ދެކެވަޑައިގަތުމަށް އިހްތިޖާޖަކަށް ނޫން.

  11. ޢަފްލާ

    މީހަކަށް ނުހައްގުން އަނިޔާއެއް ދީފި ކޮނމެ މީހަކަށް ދެދުނިޔޭގައިވެސއ އަނިޔާލޭނެ ކަން ކަށަވަރެވެ.

  12. ޙަބޭސް

    އަޅުގަނޑުގެ ެަންހެނުންނާެއި ދަރިންގެ ލޮލުން ތިކަރުނަ ފޭބި އެއްވެސް ހައްގަކާ ނުލާ ޖަލުގަ ބަންދުކުރުމުން އެދުވަހު.ކަމަނާ އޮންނެވީ ގަނޑުވަރުތެތޭގައި ހިނިފުޅު ވަޑުވަން މިދު މަގުމަތީގައި ރުއިމަށް ތިދުވަސް އަތުވެދާނެކަމަށް އެދުވަހު.ގަބޫލުކޮށް އިންސާފުގެ މަގު ހިޔާރުކުރިނަމަ މިއަދު ތިހެން ނުވީސް

  13. މާ

    ޙޮރުގައިން ވާހަކަނުދެއްކޭ ކަކުނިގަނޑުވެސް ނުކުތީދޯ. ޖަލުގައިން ފިރިމަނިކުފާނުގެ ގާތަށްދާންވީތަ. 30އަހަރުހަވެސް މަންމަނެއްހެން އަނގައިނުބުނެފަ މުސްކުޅިވީމަ ދޯ

  14. ފާތުން

    އިޙްތިޖާޖް އޭ ތިކިޔަނީ ކަންތައްތައް ބޮޑުކުރަން ދޯ. އިހްތިޖާޖް ގެ މާނަ ނިކަން ބުނެދީބަލަ.

  15. ޕޮގުބާ

    އުފާވެރިކަން ހުއްޓެވެ 30 އަހަރުގެ އަނިޔާވެރިކަމުގެ ހިތިރަހަ އަމިއްލަޔަށް ލިބިގަތީ

  16. ސ

    ބުރުގާ އަޅާފަ ހުރީމަ އެއީ ހުރިހާ ކަމެއް ހަމަވީދޯ ދެންހެޔޮ އެމީހަކައް ފެންނަގޮތަކައް އުޅެންވީ މެޑަމް ވެސް އެހުންނެވީ ބުރުގާ އަޅާފަޔޯ ލަދުން ބޯހަލާކު ވާވަރުވޭ

  17. ޔުމްނާ

    މަންޖެ ގޭގައިއޮވެބަލަ ދެންބައްދަލުކުރަންމާފުއްޓައްދާން ރެޑީވޭ

  18. ޔުމްނާ ނދމ

    މަންޖެ ގޭގައިއޮވެބަލަ ދެންބައްދަލުކުރަންމާފުއްޓައްދާން ރެޑީވޭ

  19. އަބްދުއްލާ

    ހަގީގަތަށް ބުރަވާނަމަ ބުނަންޖެހޭނީ މައުމޫނަށް ލިބިވަޑައިގަތް ވެރިކަމަކީ އިލްޔާސް އިބްރާހީމްގެ ނުފޫޒާ ބާރުގަ ކުރެއްވި މަސައްކަތް .ﷲ ކަންކަން މެދުވެރިކުރައްވަނީ އަނެއްމީހާގެވެސް މަސައްކަތުން ރިޒުގު ވެސް ލިބެނީ ތިމާކުރާމަސައްކަތުން އަނގަ ހުޅުވައގެން އޮށޯވެ އޮތަކަސް ރިޒުގު އަގަޔަކަށް ނުފައިބާނެ. އެދުވަހު ދިވެހިގައުމުގާ ނާސިރު ގެދަށުން ހުރިހާބާރެއް ލިބިފައިވާބޭފުލަކު ގޭގެއަށް ވަޑައިގެން މެމްބަރުންނާ ބައްދަލުކުރައްވާ ކުރެއްވި މަސައްކަތުގެ ނަތީޖާއިން ފުރަތަމފަހަރު މައުމޫނު ހޮވުނީ . އެކަމަކު އެ އިލްޔާްސް އަށް މައުމޫން ހެއްދެވިގޮތް ހަނދުމަފުޅު ހުރިމީހަކު އެބަހުރިބާ ؟ ހަނދުމަފުޅު އެބަހުރިބާ އެދުވަހެކޭ މިހާރެކޭ ހުރީ ކޮންތަފާތެއް ؟ ހަމަ އެއް ނާޅިއަކުން ތިޔަ މިނެވެނީ

  20. ހުދާ

    .މިހާރު އިގޭނެ އެހެން އިންސާނުންގެވެސް ހިތަށްކުރާނެ އަސަރު.
    ﷲގެ މަތިވެރިކަން ނިކަންދެކިބަލަ.
    ﷲއަކްބަރް

  21. Anonymous

    30 އަހަރު ވެރިކަން ކުރިމީހުނެކޭ ދޭއްބައި އަހަރު ވެރިކަން ކުރި މީހުނެކޭ ތަފާތެއް ނެތް. ވ ދެރަވޭ. އަހަރެންގެ ހުރިހާ ޝުކުރެއް ރ ޔާމީނަށް.

  22. ާއަޙްމަދް

    ހެހޭ:ގަނޑުވަރުތެރޭ އަރާމު ދިރިއުޅުން މުސްކުޅިވީ ދުވަހު މަގުމައްޗައް!؟
    ނިޢުމަތަށް ޝުކުރު ނުކުރުމާއި ބޮޑާވެރިކަމުގެ ނަތީޖާ ނިކަން ދެކިބަލަ!

  23. ޙަފްޞާ / މާލެ

    ރައީސް ޔާމީންގެ ވެރިކަމުގަ ހާދަހާ ނަލަކޮށް އުޅެލަން ލިބުނު ބަޔެކޭމީ! ކީއްކުރާނީ! އަޚާ ޤަތުލުކޮށްފަ ނުވަތަ އަޚާ ޢަދާވަތްތެރިންނަށް ދީފަވިޔަސް ދަރިޔަށް ވެރިކަން ހޯދަދެނީޔޯ!

  24. އަނހާ!

    ރަނގަލު އަތްޖަން ދަސްކޮށްދީ ޒުމްބާކުލާސްތަކަށް ނެރެންވާނެ