އުއްތަަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ނިރުބަވެރިކަމުގެ (ޓެރެރިޒަމްގެ) ދައުވާ އުފުލައިފިއެވެ.

މިހެން ހާމަކޮށްފައިވަނީ ޕުރަސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވި ބަޔާނެއްގައެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ ކޮށްފައި ވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން މިދެފަނޑިޔާާރުންގެމައްޗަށްވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާވެސްކޮށްފައެވެ. އެއީ އެދެފަނޑިޔާރުން ފޯނު ދިނުމަށް އެންގުމުން ފޯނު ދީފައި ނުވާތީކަމަށްވެސް މިބަޔާނުގައިވެއެވެ.

މީގެ އިތުރުން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސުޕްރީމް ކޯޓަށް ފޮނުވާ ލިޔެކިޔުންތަކަށް އެކްސެސް ވިޔަ ނުދިނުމަށް ކޯޓުގެ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް ކަނޑާލާފައި ބެހެއްޓުމަށް ކޯޓުގެ މުވައްޒަފުންނަށް އަންގާފައި ވާތީ އުއްތަމަ ފަނޑިޔާރަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ހަސަންސައީދުގެ ގެ ފުލުހުން ބަލާ ފާސް ކުރުމުގެ ތެރޭގައި ފެނުނު ލިޔުމަކުން ބޭރު ގައުމުތަކުން ގަނެފައިވާ "ޕްރޮޕަޓީތަކަށް" ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދިންކަން އެނގޭ ސިޓީއެއް ކަމަށާއި މި ލިޔުމުގައި ބުނާ ގޮތުން ފައިސާގެ މަންފާ ލިބޭ މީހުންތެރޭގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލެއް ކަމަށްވާ އަހްމަދު މިސްފިރު ހިމެނޭކަމަށެވެ.

ކުރިމިނަލް ކޯޓްއިންވަނީ ޝަރީއަތް ނިމެންދެން އަލީ ހަމީދު ބަންދުގައި މިއަދު ކުރިމިނަލް ކޯޓުންވަނީ މިއަދު އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަޖްވާ

    ދެން ހަމަ ހުރިހާ މުވައްސަސާ އެއް ޓެރަރިޒަމް ވާ ތަން ބަލަހައްޓައިގެން ތިބެން ވީތަ އަޅެ ފަހެ!

  2. ފާތުން

    ރައީސް މައުމޫން އަށް ވެސްނިރުބަވެރި ދައުވާ ކޮށްފި. މިހެން ވެސް ޖަހާލިނަމަ. ޔަގީން ކަންތައްތައް. އަދި ދެން ތިބި މީހުންނަށްވެސް.

  3. ހަހަހަ

    އަލީ ހަމީދައް ނިރުބަވެރިކަމުގެ ދައުވާއަައްވުރެ ޖުނުބުވެރި ކަމުގެ ދައުވާ މާ އައުލާކަން ބޮޑު

  4. ޖޮއްބެ

    ޢިއްޒަތްތެރި ކަމާ ގަދަރުވެރިކަމާ އެކު އުޅެންނޭގި ތިމާމެންގެ އިޚްލާޞްތެރިކަން ޑޮލަރު ކޮޅަކަށް ވިއްކާލާ ގައުމަށް ޣައްދާރުވީމާ ލިބޭނެ ކެހި ދެ ޣައްދާރުންނަށް ތިޔަ ލިބުނީ.

  5. ރޮކަބައި

    ފަނޑިޔާރު އަލީ ހަމީދު ޝަރީއަތް ނިމެންދެން ބަންދަށް ކޯޓުން ނެރުނު ވާރޑިކްޓް އަކީ އެއީ މަމެން ވަރަށް ބޮޑަށް އުފާވާ ވާރޑިކްޓް އެކޭ. މިރާއްޖޭގެ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ވެރިކަމެއް އެމެން ޖުޑިޝަލް ކޫ އެއްގެ ދަށުން ވައްޓާލަން އުޅޭނަމަ އެމެންނަށް ޖެހޭނެއޭ ފިސާރި ރަނގަޅަށް އޭގެ ޕްރައިޒް ޕޭބެކް ކުރަން ޖެހޭނެ ގޮތް ހަދާދޭން. ސްޓޭ އަޕް ދެއަރ ސްޓޭ އަޕް ދެއަރ. އޯއް އޯއް އޯއް މަމެން ޕިންކީންގެ ވެރިކަން ނުވެއްޓޭނެއޭ ސްޕްރީމް ކޯޓަކަށް ވެސް މަމެން ސްޕްރީމް ކޯޓަށް ދުލެއް ނުދޭނަމޭ ބިކޮޒް މަމެން މީ ދަހާކިމާ އިންނޭ ޓްރައިންގް ޓު ކީޕް އެޓް އިޓްސް އަޕަރ ލިމިޓް. ރޮކަބައި ބޭބީ ރޮކަބައި ބޭބީ ޑޯންޓް ޔޫ ކްރައި ސަމްބަޑީ ގޮޓް ޔޫ ބަން ބަން ބަން ބަން އޯއް އޯއް އޯއް އޯއް އައި އޭމް ގޮނާ ރޮކް ޔޫ ރޮކަބައި ރޮކަބައި ރޮކަބައި ރޮކަބައި..

  6. ކާފެއި

    ކޮބާ ތަމެން ކާފެއި ބޯފެއި ލާފެއި މާފެއި ހާފެއި ތާފެއި ސާފެއި ހަދައިގެން ގެނައި ޖުޑިޝަލް ކޫ އިން ވެސް ވީ އެއް ކަމެއްވެސް ނެތް ދޯ ތަމެން އަތަށް އެގޮވީއޭ މަމެން ބުނަން ނެތީމު ދޯ. ކާފެއި ބޯފެއި ލާފެއި ކާފެއި ބޯފެއި ލާފެއި ކާފެއި ބޯފެއި ލާފެއި ކާފެއި ބޯފެއި ލާފެއި ހާއްހަހަހާހާހާހާ ހޮހޮހޮހޮހޮ..

  7. ވެދުން

    ނަސީބެއްނު "ޖުނުބުވެރިކަމުގެ" ދައުވާ ނުއުފުލިކަން. ތިޔައިން ކޮންމެ މީހަކީ ކައިވެނީގެ ގޮތުން މީހަކާއި ގުޅިގެން އުޅޭ މީހެއް..

  8. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކާޅު ހެދުންލައޭ ދަ އުނގުވިއްކައޭ ދަ ހުޅުދޫ ބޮޑު ކުބުހަނޭ ދަ ލާދީނިއަނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  9. ޙދ

    މިވެސް ހަމަ ރަގަޅުދޮތޮ