މިހާާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، ޢަބްދުﷲ ޖާބިރު ހެލްމެޓް ނާޅާ ބުރިޖު މަތިން ދަތުރުކޮށްގެން ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެެވެ.

ޖާބިރު ހައްޔަރުކޮށްފައިވާކަމަށް ބުނެ މީސް މީޑިއާގައި ފޮޓޯއެެއް ދަނީ ދައުރުވަމުންނެވެ. އެކަމާއި ގުޅިގެން މިއަދު ހަވީރު ފުލުހުން ވިދާޅުވީ، ޖާބިރު ހެލްމެޓް ނާޅާ ސައިކަލެއްގައި ބުރިޖުން ދަނިކޮށް ހިފަހައްޓާފައިވަކަަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫން ކަމަަށެވެ.

ފުލުހުން ވިދާޅުވީ، ޖާބިރު މިފަދަ އެއްވެސް ކަމަަކާއި ގުޅިގެން ހުއްޓުވާފައި އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު