ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އިތުރު ބައެއް ބޭފުޅުން ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން ސިޔާދު ގާސިމް މިއަދު ކޯޓަށް ހާޒިރު ކުރަން ވަނީ ހަމަޖެހިފައެވެ.

ހުރިހާ ބޭފުޅުން ވެސް ކޯޓަށް ހާޒިރު ކުރަން ނިންމާފައި ވަނީ މިއަދު މެންދުރު 12:00 އަށް ކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ ވެސް މައުމުނާއި ފާރިސް އަދި ނަދީމް ކޯޓަށް ހާޒިރު ކުރިއެވެ. ނަމަވެސް އެބޭފުޅުން ކޯޓަށް ގެނައިތާ ގަޑިއިރުތަކެއް ފަހުން ވަނީ ޝަރީޢަތް ކެންސަލް ކޮށްފައެވެ. ޝަރީޢަތް ކެންސަލް ކުރި ސަބަބެއް ކުރިމިނަލް ކޯޓުން ހާމައެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙަފްޞާ / މާލެ

  މި ބޮޑުޚާއިނުކަލޭގެ އަވަހަށް ޙުކުމްކޮށް ދަންޖައްސާ މަރާލަދީ! މި ނުބައި ޝައިޠާނުގެ ވަސްވަހުގަޖެހި ކިތައް ޒުވާނުން މަގުފުރެދިއްޖެހެއްޔެވެ؟ އެގެ އެކަކަަށް ޒައިދުލް އަމީން!

  • މީ

   ތި އަމީނުވެސް ދަންޖައްސަންވީ.

 2. ޙަފްޞާ / މާލެ

  މާްތކަލާކޯ! މީނަ އެއުޅެނީ އޭނަގެ ފާރިޝަށް ވެރިކަން ދޭކަންނު؟