ޓޫރިޒަމް މިނިސްޓަރީ އާއި އެޓާނީޖެނެރަލްގެ އޮފީހަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ ދެ އިއުލާނުގައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ޕާމަނަންޓް ސެކްރެޓަރީން ގޮތުގައި ދާއިމީ މުއައްޒަފުން ބޭނުން ވާ ކަމަށެވެ.

މަގާމުގެ ޝަރުތުތަކެއްގެ ގޮތުގައި މި އިއުލާނުގައި ވަނީ، މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ މިނިސްޓްރީއާއި ގުޅޭ މަސައްކަތުގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 7 ސަނަދެއް ހާސިލުކޮށްފައިވުމާއި ސަރުކާރުގައި ނުވަތަ ޕަބްލިކާއި ޕްރައިވެޓާއި ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ހިންގުމުގައި މަދުވެގެން 6 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށެވެ.

ޕާމަނަންޓް ސެެކެޓަރީގެ މުސާރައެއްގެ ގޮތުގައި 20،500 ރުފިޔާ އަދި ލިވިން އެލެވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށްވެސް މި އިއުލާންގައި ވެއެވެ.

މި ވަޒީފާއަށް އެދި ފޯމް ހުށައެޅުމުގެ ސުން ގަޑިއަކީ މިމަހުގެ 28 ވަނަ ދުވަހެވެ.

ކޮންމެ މިނިސްޓްރީއެއްގައި ވެސް ޕާމަނަންޓް ސެކްރެޓަރީއެއް ހުންނަވައެވެ. އެއީ ކޮންމެ މިނިސްޓްރީއެއްގައި ވެސް ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކުގެ ތެރެއިން އިތުރު މިނިސްޓްރީތަކެއް ވަނީ އުފައްދަވާފައެވެ. އޭގެތެރެއިން ގިނަ މިނިސްޓްރީތަކަށް މީގެ ކުރިން ވަނީ ޕާމަނަންޓް ސެކްޓްރީން އައްޔަން ކުރައްވާފައެވެ.