ދިވެހިންގެ ބިން ދިވެހިނަށް ޔަގީން ކޮށްދެއްވިއްޖެ ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވާލަން މަޖިލީހުން ފާސްކުރުމާއި ގުޅިގެން ބޮޗޭ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ދިވެހިންގެ ބިން ދިވެހިނަށް ޔަގީން ކޮށްދެއްވިއްޖެ ކަމަށާއި އޭނާ ހުށައެޅުއްވި އިސްލާހަށް ވޯޓް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

" 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑަށް މި ފުރުސަތު ދެއްވި އެންމެ ބޭފުޅުނަށް ޝުކުރު ދަންނަވަން , 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފުތުސަތު ނުލިބުނަސް ރައްޔިތުންގެ ހިދުމަތުގައި ދެމި ހުންނާނަން " ބޮއްޗޭ ވިދާޅުވިއެވެ.

ބޮޗޭ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އޭނާ ކުރިމަތި ލައްވާނެ ކަމަށެވެ.

މިއަދު ބާތިލު ކުރެވުނު މި އިސްލާހަކީ 2015 ވަނަ އަހަރު ވިލިމާލޭ ދާއިރާ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާހު ބާތިލު ކުރަން މިދިއަ އަހަރުގެ ނޮވެމްބަރުގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ. އެއީ މިހާރު ތިއްބެވި 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ވޯޓު ގަޑީގައި ހާޒިރުވެ ވަޑައިގެން ތިއްބެވި 64 މެމްބަރުން ވެސް ވޯޓު ދެއްވީ މި އިސްލާހު ބާތިލް ކުރުމަށެވެ.

މަޖިލިހުގެ މެމްބަރުން މި މަސް ނިންމައި އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާ އިރު، ދެން ދެ ވަނަ ދައުރުގެ މަސައްކަތްތައް އާ މެމްބަރުންނާ އެކު ފަށާނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. އަދި މަޖިލިހުގެ އާ މެމްބަރުން މޭ 28 ގައި މަގާމުގެ ހުވާކުރައްވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މާވަޑި ފަލާހް

  މި އިސްލާހަކީ 2015 ވަނަ އަހަރު ވިލިމާލޭ ދާއިރާ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހެއް، އެދުވަހު މިއިސްލާހު ފާސްކުރަން ބޮޗޭމެން މަޖިލިސްތެރޭ ލެވިހަޅޭކާ ޖެއްސިވައްތަރު އެހުރީ ރެކޯޑުކުރެވިފަ. އަދި ސެޒް ފާސްކުރެވުމުން ހަވާއަރުވާހެދި ހަނދާނެއް އަދި ދިވެހިރައްޔިތުން ނުނެތޭ އިނގޭތޯ

  14
  4
 2. ވަރުވާ

  ޝުކުރިއްޔާ! ބޮޗޭ. ތިޔަކަންވެސް ތިޔަ ކޮށްދެއްވީ، ޕީޕީ އެމްގެ ފަރާތުން.

  19
  5
 3. ކައްޕިތާން

  ތިޔަވިދާޅުވާއެއްޗެއް ހަމަނޭނގުނު އެބިލްފާސް ކުރެއްވީވެސް ތިމާމީހާވެސް ވޯޓްދީގެން މިހާރުވެސް ތިހިރީ އަނބިދަރިންނާ ހުދުތިމާމީހާވެސް ދިގުރާސްތާ 30 އަހަރުގެނައި ގޯތިގެދޮރުގެ އަޅުވެތިކަމުގައި ރަށްރަށުގެ މީހުންނަށް ހިލޭބިންދޫކުރޭ ހަމައެކަނި މާލޭގެ ރަށްޔަތުމީހާ މިކަމުންމަހުރޫމް ވެފައި މިތިބީ 5 އަހަރުގެ ދައުރެއް ނިންމާފައި ނުހޮވުނީމަ ތިނިކުންނަނީ މާދަމާވެސް ރަށްޔަތުންކައިރިޔަށް ގޮސް ވޯޓުހޯދަން ސަލާންޖަހާއިރު ދައްކާނެ ރަށްޔަތުން ނަށް އެންމެ ދަތިކަމަކީ ގޯތިގެދޮރުގެ ދަތިކަމޭ ލަދުގަންނަން އެނގޭނަމަ މަގުމަށްޗަށްވެސް ނުނުކުތީސް ތިޔަތަނުންމީހަކު ބާތްކަރުތާހޭ

 4. ހަމަ

  ކޮންބައެއްބާ ބިންވިއްކޭގޮތަށް ބިލްފާސްކުރީ