ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތެއް ކަމަށްވާ ހުރަވީ ބިލްޑިންގުގެ ބެލްކަނީ ޝީޓެއްގެ ބައެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، އެ ސަރަހައްދުގައި ޕާކް ކޮށްފައިވާ ބައެއް ސައިކަލުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ހުރަވީ ބިލްޑިންގެ ބެލްކަނީން ބައެއް ވެއްޓިފައި ވަނީ އަމީރު އަހުމަދަށް ވާ ފަޅިންނެވެ.

އެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތަކަށްވާ އިރު، އިމާރާތް ބޭނުން ކުރުމުގައި ރައްކާތެރިކަން ކަށަވަރު ނުވާ ވަރަށް އިމާރާތުގެ ތަންތަން ވަނީ ބާވެފައެވެ.

ފުލުހުން ބުނެފައި ވަނީ އެކަން މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާނެ ކަމަށާއި، ކައުންސިލްގެ އިދާރާއިން މިހާރު އެ ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު