ނިމިގެން މި ދިޔަ އިންތިޚާބަކީ ވަރަށް ބޭއިންސާފު އިންތިޚާބެއްކަމަށް، ޕީޕީއެމް ޓިކެޓުގައި އިނގުރަދޫ ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ފަލާޙު ވިދާޅުވެއްޖެ އެވެ.

ފަލާޙު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ތާކުންތާކުޖެހޭ އިންތިޚާބެއް ނޫން. އަޅުގަނޑަށް ގުނާފައިއޮތް ވޯޓުގެ 49 ވޯޓު އޮތް. އަޅުގަނޑުމެން ދޭތެރޭގައި ފަރަގު އުޅެނީ 60 ހަކަށް ވޯޓު. އެހެން ނަމަވެސް ވޯޓުގެ ނަތީޖާ އަލުން ގުނައިދިނުމަށް އަޅުގަނޑު ތަކުރާރުކޮށް އެދުމުންވެސް އެކަން ވަނީ ނުކޮށްދީފަ. އެކަމަށް ދެކޮޅު ހެއްދެވީ." ފަލާހު ވިދާޅުވި އެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ފަލާހަށް ލިބިވަޑައިގެން ޖުމްލަ ވޯޓުގެ އަދަދަކީ 949 އެކެވެ. އެދާއިރާ ކާމިޔާބު ކުރެއްވި ހަސަން އަހުމަދު (ހަސަންޓޭ) އަށް 1038 ވޯޓު ލިބިވަޑައިގަތެވެ. ހަސަންޓޭ ވާދަކުރައްވާފައިވަނީ އެމްޑީޕީ ޓިކެޓުގައެވެ.

ފަލާހްގެ މައްޗަށް މަޖިލިސް އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ހަސަންޓޭ އަކީ އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ.

ފަލާހް އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިނގުރައިދޫ ދާއިރާއަށް ވަރަށް ގިނަ ތަރައްޤީގެ މަޝްރޫޢުތައް ގެންދެވުމުގައި މެދުވެރިއެއްގެ ރޯލް އަދާކުރެއްވި ބޭފުޅެކެވެ.

އޭނާ ވަނީ ޔާމީންގެ ސަރުކާރު ދިފާޢުކޮށް ގިނަ ފޯރަމްތަކެއްގައި ވަރަށް ވަރުގަދައަށް އަޑުއުފުއްލަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. kalhey

    hajam nuveeyyooo keke

    4
    6
  2. ޢިސްމާލުބޭ

    ތިމީހާ ނުހޮވުނީމާ ތާކުންތާކު ނުޖެހޭ އިންތިހާބަކަށްވީދޯ މިހުރިހާދުވަހު ކޮރަޕްޝަނުންފޯވެފައިވާ މަޖިލިހެއް އޮތް އިރު ތާކުން ތާކުނުޖެހޭ މަކިލީހަކަށް ނުވި ތިޢިބީތާއެއްތަ

  3. ޙައްްގު

    މަޖިލީހުގެ ދުވަސް ދިޔައީ ދެންފެންނާނީ ފީކޮއި ކުޅޭތަން އަދި މަޖިލިސް ކިއްލާޔަކަށް ބަދަލުވީ