ލ.ފޮނަދޫގައި ހައްލުވި ކަމާއެކު ޑެންގީ ފެތުރެމުންދާތީ، އެކަން ހައްލު ކުރުމަށް ފޮގް ޖެހުމަށް ނިންމާފައިވާ ކަމަށް ފޮނަދޫ ކައުންސިލް އިން ބުނެފިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަަދު ރިޔާޒް ވިދާޅުވީ، މިމަހު އެކަނިވެސް މިހާތަނަށް 37 މީހަކު ޑެންގޫ ހުމަށް ޕޮސިޓިވް ވެފައިވާ ކަމަށާއި 10 މީހުންނަށް މިވަގުތު ފަރުވާ ދެމުން އަންނަ ކަމަށެވެ.

"17ވަނަ ދުވަހު އެކަކު 16 ޕޮސިޓިވް، 18 2 މީހުން ޕޮސިޓިވް، 19 ވަނަ ދުވަހު ތިން މީހުން ޕޮސިޓިވްވި، އެހެންވީމަ ކޮންޓްރޯލް އެއް ނުވޭ އަދިވެސް" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ، ފޮގް ކުރުމަށް ނިންމާފައިވަނީ ފޮނަދޫއާ ގުޅިފައިވާ ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލާ، މަޝްވަރާކޮށް، ޑެންގީ ހުން ކޮންޓްރޯލްކުރުމަށް ފޮގް ކުރުމަށް އިރުޝާދު ދީފައިވާތީ ކަމަށެވެ.

https://www.facebook.com/LaamuNGO/photos/gm.1222170117953864/1070230656509683/?type=3&theater

 

ފޮނަދޫގައި ހުންނަ ސިއްޙީ މަރުކަޒުން ބުނެފައިވަނީ ފޮގް ކުރުމުގެ މަސައްކަތް ކުރިޔަށްދާނީ ޑެންގީ ހުން އެންމެ ގަދައަށް ރިޕޯޓްކޮށްފައިވާ ސަރަހައްދުން ކަމަށާއި، އެއީ މެދު އަވަށު ބޮޑު މަގުން ފެށިގެން ބަރާސިލް ކޮޅާ ހަމައަށް ކަމަށެވެ. އަދި ފޮގް ކުރާނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 7:00 އާއި ހަވީރު 17:30 އިން 18:45 ދެމެދުގައި ކަމަށް މައުލޫމާތު ދެއެވެ.