2019 ވަނަ އަހަރުގެ އޯޔޫއެމް - ވިލާ ކޮލެޖު ކޮންވޮކޭޝަން ޖަލްސާ މިއަދު ބާއްވައިފިއެވެ.

މި ޖަލްސާއަކީ އޯޔޫއެމްގެ ދަރިވަރުންނަށް ވިލާ ކޮލެޖުގައި ބޭއްވޭ އެންމެ ފަހު ކޮންވޮކޭޝަން ޖަލްސާވެސް މެއެވެ. މި ހަފްލާ ބާއްވައިފާވަނީ ވިލާ ކޮލެޖުގެ ކިޔު އައި ކެމްޕަހުގައެވެ. މި ކޮންވޮކޭޝަންގައި އޯޕަން ޔުނިވަރސިޓީ މެލޭޝިޔާގެ ޕްރޮގްރާމްތަކުން 77 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމެންޓާއި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ އިތުރުން ފެކަލްޓީ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދަރިވަރުންވަނީ މި ހަފްލާގައި ދަސްވެނި ވެފައެވެ.

މި ހަފްލާގައި އޯޕަން ޔުނިވަރސިޓީ މެލޭޝިޔާގެ ވައިސް ޗާންސެލަރ، ޕްރޮފެސަރ ޑރ. މަންސޫރ ފާޟިލްވަނީ ބައިވެރިވެވަޑައިގެން، ދަސްވެނިންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ވިލާ ކޮލެޖް ގެ ރެކްޓަރ ޑރ އަޙުމަދު އަންވަރުވެސް ވަނީ ދަސްވެނިންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

މުޅި ރާއްޖޭގައިވާ ވިލާ ކޮލެޖުގެ އެކި ކެމްޕަސްތަކުން ދަސްވެނިވެގެން ނުކުންނަ އިތުރު ދަރިވަރުންތަކެއް މި ޖަލްސާގައި ފެނިގެންގޮސްފަައިވެއެވެ. މި ކުދިންނަކީ ތަޢުލީމާއި ހުނަރުވެރިކަމުގެ ދާއިރާއިން ފަންނުވެރިކަން ހާސިލްވެފައިވާ، މަސައްކަތުގެ މާޙައުލުގައި ތަފާތު ދައްކާނެ ދަރިވަރުންތަކެއް ކަމަށް ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވައެވެ.

މި ހަފްލާ ވެގެންގޮސްފައިވަނީ އެންމެހާ ދަސްވެނިންނާއި ކޮލެޖުގެ އެންމެހާ މުވައްޒަފުން އުފަލާއެކު އިންތިޒާރު ކުރަމުންއައި، ނުހަނު ކުލަގަދަ ހަަފްލާއަކަށެވެ.