ވިލާ ގްރޫޕުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ވިލާ ކޮލެޖްގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުސް ހާއްސަ ކުރެވިފައިވަނީ މިންތީގެ ހަމަހަމަކަމަށެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ހަފްލާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވިލާ ގުރޫޕަކީ އިޖުތިމާއީ އަދި ޒިންމާދާރު ކުންފުންޏެއްގެ ހައިސިއްޔަތުން މަސައްކަތުގެ މާހައުލުގައި ޖިންސީ ތަފާތުކުރުން ނައްތާލުމަށް ބޮޑު އެއްބާރުލުމެއް ދޭ ކުންފުންޏެކެވެ. އަދި މީގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ހަމަހަމަ ފުރުސަތުތައް އެއް ގަލެއްގެ މަތިން ދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

ވިލާ ގްރޫޕުގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް، އިބްރާހިމް މޫސާ ވިދާޅުވީ، ވިލާ ގްރޫޕުން ވަކި ޖިންސަކަށް ބެލުމެއްނެތި ކޮންމެ ފަރުދަކަށް ހަމަހަމަ ފުރުސަތުތަކާއި ވަސީލަތްތައް ލިބޭނެ މުޖުތަމައެއް ހޯދުމަށް ކުރާ މަސައްކަތަށް ފަޚުރުވެރިވާ ކަމަށެވެ.

"ވިލާ ގްރޫޕަކީ ހުރިހާ ފަރާތްތަކެއް ހިމެނޭ، ތަފާތު، އަދި ހަމަހަމަ މަސައްކަތުގެ މާހައުލެއް އުފެއްދުމަށް އަމާޒުކުރާ ކުންފުންޏެއް. ވިލާ ގްރޫޕަކީ އަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް އެހީތެރިވުމަށް ގިނަ ސިޔާސަތުތަކެއް ފަރުމާކޮށްފައިވާ ކުންފުންޏެއް" އޭނާ ވިދާޅުވިއެވެ.

ވިލާ ކޮލެޖްގައި ބޭއްވި މި ޙަފްލާގައި އަންހެނުން ގެ ބާރުވެރިކަމާއި ދުޅަހެޔޮކަމާ ގުޅޭ ތަފާތު މަޢުލޫތަކަށް ވާހަކަދެއްކެވި ޝަރަފުވެރި ވާހަކަދެއްކުންތެރިން ވަނީ ބައިވެރިވެފައެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ހަފްލާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވިލާ ކޮލެޖުގެ، މާސްޓަރ އޮފް ކައުންސެލިން ކޯހުގެ ޕްރޮގްރާމް ކޯޑިނޭޓަރު އެސިސްޓެންޓް ޕްރޮފެސަރ ޑރ. އައިޝަތު ނަޝީދާ ވަނީ އަންހެނުން ބާރުވެރިކުރުވުމާއި ހަމަހަމަކަން ހޯދުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން އޭނާގެ ވިސްނުމާއި ތަޖުރިބާ ހިއްސާކުރައްވާފައެވެ. އޭގެ ފަހުން ވިލާ ރިސޯރޓުސްގެ މުވައްޒަފެއް ކަމަށްވާ ޑޮވެލް ވަނީ ޖެންޑަރ ބަޔާސް އިން އަރައިގަނެ މަސައްކަތުގެ މާހައުލުގައި ކުރިއަރަން ކުރެވޭނެ ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މި ޙަފްލާ ނިންމާލާފައިވަނީ ވިލާ ރިސޯރޓުސް، އަރާމުސްޕާގެ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު އެޑްރިއާނާ ލަވޭރާ ކުރިއަށް ގެންދިޔަ ދުޅަހެޔޮކަމާ ބެހޭ ވޯކްޝޮޕަކުންނެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ހަފްލާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަންހެނުންގެ ދުވަހާއި ގުޅިގެން ވިލާ ގްރޫޕު އިން ދަނީ އެ ކުންފުނީގެ އަންހެން މުވައްޒަފުންގެ ކާމިޔާބީތައް ސޯޝަލް މީޑިއާ އެކައުންޓުތަކުގައިވެސް ދަނީ ދައްކާލަމުންނެވެ. ވިލާ ގްރޫޕުގެ ކާމިޔާބީއަށް އަންހެން މުވައްޒަފުން ކުރާ މިންނެތް މަސައްކަތްތައް ވިލާއިން ވަނީ ފާހަގަކޮށްފައިއެވެ.