ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެޓްރީ ޖެނެރަލް ކަމަށް ގީލާ އަލީ ހަމަޖައްސައިފިއެވެ.

ގީލާ އެ މަގާމަށް ހަމަޖެއްސާފައިވަނީ މިއަދުއެވެ. އެކަން ހާމަކޮށް މިއަދު ޕީއެންސީގެ ނައިބު ރައީސް އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ކުރެއްވި ޓްވީޓެއްގައި، ޕީއެންސީގެ ސެކެޓްރީ ޖެނެރަލްކަމަށް ގީލާ ހަމަޖެއްސުމާއި ގުޅިގެން މަރުހަބާ ވިދާޅުވިއެވެ.

ގީލާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގައި ވެސް މަސައްކަތްކޮށްފައެވެ. އަދި އޭނާ ވަނީ ނިމި ދިޔަ މަޖިިލިސް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާފައެވެ.

ނަމަވެސް ގީލާއަށް އެ ގޮނޑި ކާމިޔާބު ވާގާތް ނުވެފައެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، އެ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ މުހައްމަދު ފަލާހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. فاطمه

    مرحباء

  2. ކިޔުންތެރިޔާ

    ކުރިން އެޕާޓީގެ އެސްޖީ އަކަށް ހުރި ތޮލް ކޮބާ؟ އޭނައަށް ވީގޮތެއް ބުނެލަ ދިން ނަމަ ތި ހަބަރު ފުރިހަމަ ވީސް.