އަވަށްޓެރި ލަންކާގައި މިވަގުތު ހާލަތު ހުރި ގޮތުން މޫނު ބުރުގާ ނޭޅުން ރަނގަޅު ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ބޮންތަކެއް ގޮއްވާލި ހާދިސާއާ ގުޅިގެން އެ ޤައުމުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ޤައުމުގައި މޫނު ބުރުގާ އެޅުންވަނީ މަނާކޮށްފައެވެ. ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ މިދިޔަ އާދިއްތަ ދުވަހު އެގައުމުގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އާއްމުންގެ ސަލާމަތީ ރައްކާތެރި ކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މިކަމާ ގުޅިގެން ދީނީ ގޮތުން މިކަމަކީ ކޮންކަހަލަ ކަމެއްތޯ އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން އިޔާޒް ވިދާޅުވީ މިވަގުތު ހާލަތު ހުރި ގޮތުން މޫނު ބުރުގާ ނޭޅުން ރަނގަޅު ކަމަށެވެ.

މޫނު ބުރުގާ އަޅާ ވަރަށް ގިނަ ދިވެހިން ލަންކާގައި އުޅޭކަން ފާހަގަކޮށްލެވެއެވެ.

ލަންކާއަށް ދިން ނިރުބަވެރި ހާދިސާތަކާ ގުޅިގެން އެގައުމުގެ އާންމު ހާލަތު އަދިވެސް ރަނގަޅުވެފައި ނުވާއިރު، އެ ހަމަލާތަކުގެ ޒިންމާ ނެގީ އައިސިސް ޖަމާއަތުންނެވެ. އަދި ހަމަލާތައް ދިނުމުގައި އަންހެނަކުވެސް ޝާމިލުވެފައިވާ އިރު، ގައުމީ ސަލާމަތަށް މޫނު ބުރުގާ ނޭޅުމަށް ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޖޯކަރު

    ކޮބާ މަބުނީމެއްނު. އިސްލާން ދީނަކީ ތުނބުޅިތައް ބޭނުން ގޮތަކަށް މޮޑޭ ފުށްގަނޑެކޭ. ހަރުކަށި ކޮންލަން ވެއްޖެއްޔާ ޖިހާދު ނުކޮށެއް ކަމަކު ނުދޭ. މަޑުކަށި ކޮށްލަން ވެއްޖެއްޔާ ސަހާދަތް ކިޔާލިޔަސް ފުދޭ.

    14
    40
  2. ދަތުރުމަތި

    ޒަރޫރީ ބޭނުމެއްނެތި ޣައިރުމުސްލިމް ގައުމުތަކަށް ނުދާން ޑޮކްޓަރ ޢިޔާޟު ވެސް ލަފާދެއްވަންވެއްޖެެއްނޫންތޯ؟

    51
    1
  3. މޯދީ

    ރޯނު އެދުރު

    23
    18
  4. ގޮލާ

    ތީ ނިފާގުކަން..

    25
    10
  5. ބުރޯ

    މޫނު ބުރުގާ ނޭޅުމަކީ ކުރެވޭ ފާފައެއް ނޫން . މުސްލިމް އަންހެނާ އަށް ވާޖިބު ވެގެންވަނީ މޫނާ ދެއަތްތިލަ ނޫންހައިތަން ފޮރުވުން .

    90
    13
  6. ހާމާން

    މޫނު ބުރުގާ ނޭޅުން އެއީ މައްސަލައެއްނޫން...އެހެންނަމަ ނަމާދު ކުރާއިރުގަ މޫނުބުރުގާ އަޅަން އަންގަވާފަ އޮންނާނެ...ވިސްނަންވާނީ ސިކުނޑިން...މީހަކު ދައްކާހަ ވާހަކައެއް ގަބޫލުކުރަން ނުވާނެ...

    69
    26
    • އަހަރެން

      އެހެންވީއްޔާ ހުދުހެދުން ނޫން ހެދުމެއްލުންވެސް ހުއްދައެއް ނުވާނެ! އެހެންނޫންނަމަ ހައްޖުގަވެއް ކުލަ ކުލައިގެ ހެދުން ލެވުނީސް. ވިސްނަންވީ ހަވާނަފްސަށް! ދަލީލަަށް ނޫން!

      4
      1
  7. އެލެކްސް

    ދެން މި ސޮރު ބުނާނީ ބައެއްހާލަތުގައި އަންހެނުން މޫނު ބުރުގާ އެޅުމާއި އަދި ބުރުގާއެޅުމަކީވެސް އިހްތިޔާރީ ކަމެކޭ ނޫންބާ؟ މިހެން ގޮސް މީނާ ބުނެފާނެ ފިރިހެނުން ތުބުޅި ބެހެއްޓުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްނޫނޭވެސް ދޯ. ދީން ޒަމާނީ ކުރުމުގެ ފަލްސަފާގެ ތެރެއިން އޯލްޓަނޭޓިވް ނެރެޓިވް އެއް ދައްކާލަދެނީ.

    7
    29
    • ޏުކިޔަވާ

      އަންހެނާގެ އައުރަކީ ނަމާދުގަ ނަމަ މޫނާ ދެއަތްތިލަ ފިޔަވާ މުޅި ހަށިގަނޑު. ޢެހެން ހާލަތުގައި މުޅި ހަށިގަނޑު.ޖަމީލު ދީދީގެ ތަޢުލީމުއް ދިޔާނާ ބައްލަވާލައްވާ

  8. އަހްމަދު

    އަޅުގަނޑުގެސުވާލަކީ މޫނުބުރުގާ އަޅައިގެން ނަމާދު ކުރުމަކީކޮންކަހަލަ ކަމެއްތޯ؟

    15
    4
  9. ނަގޫރޯޅި

    ވަގުތުގެ ބޭނުންހިފާ ބޭނުންވާގޮތަށް ކަންތައް އަނބުރާލަނީ.

    6
    12
  10. ސަލީމް

    ހާމާނު އެބުނިހެން ސިކުޑިން ވިސްނަން ޖެހޭނީ. ޢިސްލާމް ދީނުގެ ހުރިހާކަމެއްވެސް ސިކުޑީން ވިސްނީމަ ދޭހަވާގޮތާއި ދިމާވާނެ. މިދީނުގަ މީގެ 1400 އ ކުރީން އެގޭ ކަންކަން އަދިވެސް ސ.ވެރީންނަށްވެސް ރޭކާނުލާތާ!

    10
    3
  11. ލަފާދޭކޮމެޓީ

    އަހަރެމެންނަކަށްވެސް މައްސަލައެނެތް މޫނުބުރުގާ ނާޅާއުޅެންޖެހުނަސް މީގަ މައްސަލައަކީ މޫނުބުރުގާ މިއީ ޓެރަރިސްޓުންގެ ބައެއް ކަމަށް ދެކޭތީ. ކާފަރުން ރުއްސަން މާދަމާ ބޮލުގައޮތް އާދައިގެ ބުރުގާނަގަން ޖެއްސިޔަސް މިއަދު މިތިބަ އިލްމުވެރިންބުނާނީ ވަގުތާ ހާލަތު ހުރިގޮތުން ބުރުގާ ނެގުންރަގަޅޭ. މިގައުމުގަ މޫނުއަޅާއިގެން ސިވިލްސާވިސްގެ ވަޒީފާތަކަށް ނުނިކުމެވޭގޮތަށް ގާނޫނުއޮތީމަ އެކަމާ ދެކޮޅުހެދީވެސް ތިއިލްމުވެރިން. މޫނުބުރުގާ އެޅިމީހުންތަ ލަންކާގަ ބޮންގޮއްވީ.. ތުބުޅި ބެހެއްޓުމަކީ މަނާކަމެކޭ ބުންޏަސް މިވަގުތު އިލްމުވެރިން އެއްބަސްވާނެ. ބިކިނީ ލާއިގެންތިއްބަސް ބޮންގޮއްވިދާނެ. މޫނު ނިވާކޮއްފަހުއްޓަސް ކާކުކަން ދަނެގަނެވޭނެ ޓެކްނޮޖީ މިއަދު ދުނިޔޭގައެބަހުރި. ދެންކީއްވެ މޫނުބުރުގާ މަނާކުރަނީ. ކާފަރުންގެ މިޝަންގެ އެއްބައި ފުރިހަމަވީ. މުސްލިމުން އަމިއްލައަށް ރުހުމުގަ އެމީހުންގ ފޭރާންތައް ކާފަރުންއެދޭގޮތަށް ބަހައްޓަން އެއްބަސްވުން. ދެން ދިމާކުރާ ހާލާތުން އަންހެންވެރިން ބުރުގާ އެއްކޮށް ނަގަންޖެހޭނެ. މިހާލާތު ދިމާކުރުވަނީ ކާފަރުން. މިހާލާތަށް އެއްބާރުލުންދެނީ މުސްލިމުން. ސިލޯނުގަވެސް ސަރުކާރާ ބައިއަތު ހިފާފަތިބި މުސްލިމުން މިކަމުގަ ފުރަތަމަ ބުރުގާ މަނާކުރަން ލަފާދިންކަމަށްވަނީ. އެގޮތުން މިގައުމުގަވެސް މިއަދުގެ ސަރުކާރާ ބައިއަތުހިފާ މަގާމުގަތިބި ޖަމާއަތުން މިގައުމުގަ މިކަހަލަ ހުރިހާކަމަކަށް އެއްބާރުލުންދެނީ. ތިތިބީ ދާއިމީ މަގާމެއްގަވިއްޔާ ނިމުމެނެތް.

    33
    4
    • ޕިސް ޕިސް

      މޫނު ބުރުގާ މަނާ ކުރީ ރާއްޖޭގެ އިލްމުވެރިން ނެއް ނޫން. ބޭރު (ކާފަރުން ގިނަ، ނުރައްކާތެރި ހާލަތެއްގަ އޮތް) ގައުމަކުން. ވީއިރު މި ގޮތަކީ މޫނު ބުރުގާ އަންހެނާ އަށް ވެސް ސަލާމަތުން އެބުރި އޭނާގެ ފަސްގަނޑަށް އާދުވެން އެއްމެ ރަނގަޅު ގޮތް. މޫނު ބުރުގާ އަކީ ވާޖިބެއް ނޫން. މޮޅު އިތުރު ގޮތެއް. ވާޖިބު ވަނީ ބުރުގާ އަޅައިގެން މޫނާ ދެއަތްތިލް ފިޔަވާ ހުރިހާ ތަނެއް ނިވާ ކުރަން. އެކަމަކަށް އަދި އެެއް ނެތް ހުރަސް އަޅާފަ. އަދި އެކަން ނުކުރާކަށް ޝޭހް ވިދާޅެއްނުވޭ، ނުވެސް ވެވޭނެ، ނުވެސް ވާނެ.

      4
      4
  12. ޝައިޚް ޢަލީ

    މޫނު ބުރުގާ އެޅުމަކީ "އުއްމަހާތުލް މުއުމިނީން" އަށް ޚާއްޞަ ކަމަކެވެ. އެހެން މުސްލިމު އަންހެނުންނަށް ވާޖިބުވަނީ މޫނާ ދެއަތްތިލްފިޔަވައި އެހެން ތަންތަން ނިވާވާގޮތަށް ހެދުން އެޅުމެވެ. މޫނު ބުުގާއެޅުމަކީ ލާޒިމުކަމެއް ނޫނެވެ. އަދި އަމުދުން އެއީ އަންހެނުންނަށް ފިރިން ޖައްސާ ބޮޑު ތަކުލީފެކެވެ. އެހެން މީހުންނާ ގުޅުންކެނޑޭކަމެކެވެ. މުޖުތަމަޢުގައި އެކަހެރިވާކަމެކެވެ. އަންހެނުންލައްވާ ވައްކަންކުރުމާ ނުބައި ޢަމަލުތައް ކުރުވުމަށް ދެވޭ ލައިސަންސް އެކެވެ. ދިވެހިރާއްޖޭގައިވެސް މިކަން ހުއްޓުވަން އެބަ ޖެހެއެވެ.

    2
    3
  13. މަހޭޝް

    ބަލަގަ މޮޔަވަނީތަ މޫނުބުރުގާ އަޅާ ޓީޗަރުންވެސް ވިޔާނުދާ ކަންތައް ކުރީމަޔޭ އެގޮތަށް ކަންތައް ކުރީ މި ރާއްޖޭގަވެސް މިހާރު މޫނުބުރުގާ އެޅުމަކީ ރަނގަޅު ކަމަކަށް ނުވާނެ އެގޮތް އެއްވެސް ޙާލަތެއްގަ ދީން ހުއްދަ ކުރާ ކަމައްވައްޏާ.......
    ސަބަބަކީ ޕާޓޭއިން ވައްކަން ކުރުމާއި، ފޭރުމަށް މޫނުބުރުގާ އަޅާތީ ކޮކޮއްކޯ
    ކިޔަވައިދޭ ކުއްޖާއަށްވެސް އެއީ ކާކުކަން އެނގެން ޖެހޭ ކޮއްކޯ

  14. އަހްމަދު

    ބުރުގާ އާޅަންޖެހެނީ ހާލަތައްބަލައިގެން ތޯ މީ ކޮންކަހްލަ މުދިމެއްތަ ދީނުގެ ބަނޑޭރިގަޑުން ކިޔަވައިގެން ދެއްތޯ ދުރުވެތިހުންނެވީ

    3
    1
  15. ދަރި

    އިސްލާމްދީން ބާވާލައްވާފައިފަނީ ވަކިޒަމާނަކަށް ކަމުދާގޮތަކަށްނޫން ވަކިބަޔަކުރުހޭގޮތަކަށްނޫން
    އެއީ ހުރިހާޒަމާކަށް ހުރިހާއިންސާނުންނަށް ﷲ ބާވާލެއްވި އެންމެފުރިހަމަ އެންމެމާތްދީން
    އަންހެނާގެ އައުރައަކީ މޫނާއި،ދެއަތްތިލަނޫން ހުރިހާތަނަކަށްވާއިރު ދީނާޚިލާފްނުވާހިދު މޫނުބުރުގާ
    އެޅުއްވުމުގެ ބޭނުމެއްނުވިސްނޭ ހިޖާބުވެ ނިވާވުމަކީ ރަގަޅުކަމެއް ވީމާ މޫނުބުރުގާއެޅުމަކީ ގޯސް
    ކަމެއްނޫން ގޯސްވަނީ މޫނުފޮރުވައިގެންހުރެ އިންސާނުންމަރާ ތަންތަންގޮއްވާހުޅުޖަހާ ބޮޑެތިގެއްލުން
    ދީފައިވާތީ

  16. ރައްޔިތުން

    އަބަދުވެސް ދުނިޔޭގައި ރަނގަޅު އާދަކާދައިގެ އަދި އިސްލާމީ ރިވެތި އުޞޫލުގެ ތެރެއިން އެކަންކަން ބޭނުން ކުރުވައިގެން ނާޖާއިޒު ނަގާ ހީލަތްތެރި ބަޔަކު ދުނިޔޭގައި އުޅޭނެ. ވީމާ މި ހުރިހާ ކަމަކަށް ބަލައިގެން ކަންކަން ހަމަޖެހޭނެ ދީނާއި ޚިލާފު ނޫން އަދި ހައްދު ފަހަނައަޅާ ނުދާނެހެން ކަންކަން ރޭވެން ޖެހޭ.

  17. ދިވެހިން

    ހާލަތައް ބަލާފަ ތުނބުޅި ބާލަން ވެސް މީނާ ފަތުވާ ނެރެދާނެ ދޯ. އާނމު ޚިދުމަތްދޭ ވަޒީފާތަކުގައި މޫނުބުރުގާ އެޅުން މަނާކޮށްފައި އޮތުމުން މީނާ އަށް ވަރަށް ބޮޑު މައްސަލައަކަށް ވި.

    6
    1
  18. ހުސޭނޫ

    ދެން ތުުބުޅި ބާލާށޭ ބުނޭ.ހުކުމް ވިއްކާނުލައްވާ.

  19. ނޯޑާ

    މޫނު ބުރުގާ އަޅައިގެން ތިބޭނީ ހަރުކަށި ހިޔާލުގެ މީހުން އަންހެނާގެ އައުރައީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއް

    3
    7
  20. Anonymous

    ހިލޭ ފިރިހެނުންގެ ކުރިމަތީގަ މުޅި ހަށިގަނޑު. އަންހެނުން ގޭގަ ފޮރުވިގެން ތިބުމަށް ގުރުއާނުގަ އަމުރުކުރައްވާފަ ވަނީވެސް ހިލޭފިރިހެނުންގެ ތެރެއަށް ނުކުތީމަ ފަސާދައަށް މަގުފަހިވާނެތީ. ހިލޭ އަބްހެނެއްގެ މޫނަށް ބެލުން ހަރާމްވާނެ. ޙަތަރުކަޅި ހަމަކުރުން ދީނުގަ ހަރާމްވާނެ. ސުވަރުގޭގެ އަނބިންނަކީވެސް ހަމަ އެފަދައިން ފޮރުވިގެން ތިބޭ ބައެއް.
    Ageefhaa varugadha meehun shaheefhu kohliyas aura kashfu nukuraane. Allah ah biruvethi vaathy ekalaangeah takaa kuraakameh ei. Konkahala dheenee ilmuvereenneh mizamaanuga miulheny.. ? Ajaibu antharees

  21. ޙަސަން ފުޅު

    މީނަ ހިތުން އިސްލާމް ދީނުގެ ކަންކަން އެއީ އޭނަ އޯކޭ ކުރީމަ ހަމަޖެހޭކަމެދޯ