ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގު މަތިވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ޙިއްސާވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ގުޅިގެން ސަޕްލައި އިތުރުކޮށް ތަކެތީގެ އަގުތައް ހިފެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކޮންމެ އަހަރެއްގައިވެސް ރޯދަ މަހާއި ދިމާކޮށް ތަކެތީގެ އަގު ބޮޑުވެ އަތްނުފޯރާ ފަށަށް އަރައިގެން ދިއުމަކީ ވަރަށް އާންމުކޮށް ގިނަ ބަޔަކަށް ދިމާވެފައި އޮންނަ މައްސަލައެކެވެ. އެގޮތުން އާންމު ގޮތެއްގައި ކައިބޮއެ ހެދުމަށް ބޭނުންކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތީ ރޯދަ މަހާއި ދިމާކޮށް ދެގުނަ އަގުބޮޑުވާކަން ފާހަގަކޮށްލެވެއެވެ. މިގޮތަށް ދިމާވަނީ ރޯދަ މަހާއި ދިމާކޮށް ތަކެތި ބޭނުންކުރާ މިންވަރު އިތުރުވެ ބައެއް ބާވަތްތަކުގެ ސަޕްލައި ހުސްވެ ލިބުން ދަތިވުމުންނެވެ.

ނަމަވެސް މި މައްސަލަ ޙައްލުކޮށްދިނުމަށް ސަރުކާރުން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަހަރުގެ ރޯދަ މަހާއި ދިމާކޮށް އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި އަދި ބިހާއި ކާޑުގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމެންނޭ

    ރާއްޖޭގެ ފަހުގެ ތާރީޚް ގައި ވެސް އެންމެ ގިނަ އަދަދަށް ޑްރަގް އަތުލީ އެއީ މިހާރުގެ ޕޮލިސް ކަމިޝަނަރު ހުރި އިރު އޭ އެއީ މަމެން ފާހަގަ ކުރާ ކަމެކޭ ޕޮލިހުން ބޭނުންނަމަ ރާއްޖޭން ޑްރަގް ނައްތާލެވޭނެއޭ އަދި ހޯމް މިނިސްޓަރު އެކަން ކުރިއަށް ގެންދަން ބޭނުން ނަމަ އެކަން ކުރެވޭނެއޭ މީގެ ކުރިން އެކަން ނުކުރެވިގެން އުޅެނީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން އޭގެ ތެރެއަށް ބޭނޭތީއޭ މިވެރިކަމުގައިވެސް ވާނީ މިހެންނޭ ދެކުނު ވިންގް އެއީ ޑްރަގް ކިއްލާއެކޭ

    1
    3
    • ނުކުރެވޭނެއޭ

      ކޯޗެއް އެނގިގެން ތިއުޅެނީ؟ ދެކުނު ވިންގުން އިއްޔެ ޑްރަގް ހޯދި ރަށަކީ މާލެ ވިންގްފުޅު ރީނދޫފުޅު މަޖިލިސްފުޅު މެންބަރުފުޅެއް ގެންގުޅޭ ރަށެއް. ކަލޭމެން ގައި ލަދުހަޔާތް ހުންނަނަމަ މިކަހަލަ ކަންކަމާ އަނގަ ނުބާނާނާނެ. ދުނިޔޭގަ ލެއްވިހާ ނުބައި ކަމެއްގެ ބައްޕަ ރީނދޫ ބާގައަކީ. އެ ވަރިހަމަ ކޮންމެ ވިންގަކަށް ވިޔަސް. ލަދުގަނެބަލަ

  2. ކުރާނެއޭ

    ރާއްޖޭގެ ފަހުގެ ތާރީޚް ގައި ވެސް އެންމެ ގިނަ އަދަދަށް ޑްރަގް އަތުލީ އެއީ މިހާރުގެ ޕޮލިސް ކަމިޝަނަރު ހުރި އިރު އޭ އެއީ މަމެން ފާހަގަ ކުރާ ކަމެކޭ ޕޮލިހުން ބޭނުންނަމަ ރާއްޖޭން ޑްރަގް ނައްތާލެވޭނެއޭ އަދި ހޯމް މިނިސްޓަރު އެކަން ކުރިއަށް ގެންދަން ބޭނުން ނަމަ އެކަން ކުރެވޭނެއޭ މީގެ ކުރިން އެކަން ނުކުރެވިގެން އުޅެނީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން އޭގެ ތެރެއަށް ބޭނޭތީއޭ މިވެރިކަމުގައިވެސް ވާނީ މިހެންނޭ ދެކުނު ވިންގް އެއީ ޑްރަގް ކިއްލާއެކޭ މިހާރުވެސް އައްޑޫ ހުޅުދޫ ހުރިހާ ގެތައް ފާސް ކުރާށޭ ކޮންމެ ގެއަކުން ޑްރަގް ނުފެނިއްޖެނަމަ މަމެން ލޮނުލައިގެން ބަތެއް ނުކާނަމޭ ފާސް ކުރާށޭ މިހާރު ފާސް ކުރާށޭ މީހުން ބުނާނެއޭ އެއިރުން ޕޮލިސް ކަމިޝަނަރު މަސައްކަތް ކުރަނީ މީންސް ހުރި ގޮތެއް ގައި ރާއްޖޭން ޑްރަގް ނައްތާލަންއޭ އައްޑޫ ގަމުގެ އެއާރޕޯރޓަށް އަންނަ މީހުން ވެސް ފާސް ކުރާށޭ މަމެންނަށް ޔަގީނޭ އައްޑޫ މީހުން އަތުވެއްޖެނަމަ ކޮންމެ 10 މީހުންގެ ތެރޭން 8 މީހުން ޑްރަގް އެތެރެ ކުރާނެއޭ...

  3. ދދދދދ

    މި ސަރުކާރުގެ އަދީބުގެ ހެޔޮފުޅު ކަމަށް ޝުކުރިއްޔާ.