ރައީސް އަބްދުﷲ ޔާމީން ބައިވެރި ވަޑައިގަންނަވާ ޕީޕީއެމްގެ ހާއްސަ ޖަލްސާ އެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ސަރުކާރަށް ތާއީދު ކުރާ ގ.ދ ތިނަދޫ ރައްޔިތުން އިސްނަގައިގެން މިރޭ 8:00 ގައި " ރުމާލު 2 " ޖަގަހައިގައި ބާއްވާ މި ޖަލްސާގައި ރައީސް ޔާމީން ގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރި ވަޑައިގަންނަވާނެއެވެ.

ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް މި ބާއްވަނީ ރާއްޖޭގައި އިއުލާން ކޮއްފައިވާ ކުއްލި ހާލަތު މިއަދު ސަރުކާރުން އުވާލާފައިވަނިކޮށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އުވާލާފައިވާ ކަން ސަރުކާރުން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކުރީ 15 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމަށް ކުޑަތަންވެފައި ވަނިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް އިތުރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައި މިވަނީ 45 ދުވަހު ކުއްލި ނުރައްކަލުގައި ބާއްވައިގެން ގައުމު ހިންގުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު