ދެހާސް ތޭރަވަނަ އަހަރު ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މއ އައިޝާ ހުސައިން ވަހީދު މަރާލި މައްސަލާގައި ކުޑަކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާޢީދު ކޮށްފިއެވެ.

އެ މައްސަލައިގައި މެރުމަށް ހުކުމް ކޮށްފައި ވަނީ 18 އަހަރު ނުފުރޭ ދެކުއްޖެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ދައުވާ ލިބުނު ދެކުދިން ބާލިގުވެ ބުއްދިސަލާމަތުންވާ ހާލު ހުސައިން ވަހީދު މަރާލާފައިވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި މަރާލުމުގެ ގަސްދު އޮވެގެންކަން ޝަރުއީ މިންގަނޑުތަކުން ސާބިތުވާ ކަމަށެވެ.

އެ ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާއިރު އެ ހުކުމުގައި ބުބެފައިވަނީ މަރުގެ ހުކުމް އިއްވި ކުއްޖާގެ މައްޗަށް ފަސް ހެކިންގެ ހެކިބަސް ލިބިފައިވާތީއާއި އެކުއްޖާ ހުސައިން ވަހީދަށް ހަލަމާދިންތަން ފަސް ހެކިންނަށްވެސް ފެނިފައިވާކަމަށް ހެކިބަހުން ސާބިތުވާކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ގަސްދުގައި މީހަކު މަރާލުމުގެ ކުށަށް އިސްލާމީ ޝަރީއަތުގައި އަދި ގާނޫނުލްއުގޫބާތުގައި ވެސް ކަނޑައަޅާފައިވާ އަދަބަކީ މަރުގެ އަދުބު ކަމަށްވާއިރު، އެ އަދަބު ދިނުމަށް ބޭނުންވާ ހުރިހާ ޝަރުތެއް މި މައްސަލާގައި ފުރިހަމަވާ ކަމަށް ހުކުމްގައިވެ އެވެ. އެގޮތުން މަރާލި ވަހީދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފުމަށް ޝަރީއަތުގެ މަޖިލީހުގައި އެދިފައިވާ ކަމަށާއި އެ އަމަލަކީ ވަހީދު މަރާލުމުގެ ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ހައިކޯޓުން ނިންމާފައިވަނީ ދަށުގެ ކޯޓުގެ އެ ހުކުމް ދަމަހައްޓާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ނ

    ހުސައިންގެ ގާތިލުންނަ،އް ދަށުކޯޓުން ކުރި
    ހުކުމްދަމަހައްޓަން ސްޕްރިމްކޯޓުން އަމުރު
    ކުރިއަސް މިސަރުކާރުން އެހުކުމް ތަންފީޒް ނުކުރާނެ ހައްދުޖެހުމާއި،މަރަށް
    މަރުހިފުމަކީ މިސަރުކާރު ގަބޫލުކުރާކަމެއް
    ނޫން

    13
    10