ހއ. ހޯރަފުށީގައި ރަހީނު ކޮށްގެން އުޅެނިކޮޮށް މަރުވި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ ރަށު ސޯސަންވިލާ ނުއުމާން އަބްދުﷲ ޑޮކްޓަރު ލަފާގެ މަތިން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ހުސޭނުބޭ 2010 ވަނަ އަހަރު މަރުވީ އޭނާގެ ގެއިން ވައްކަން ކުރުމަށްޓަކައި ރަހީނު ކޮށް އަނިޔާ ކުރުމުންނެވެ.

އެ މައްސަލާގައި ނުއުމާންގެ އިތުރުން މުހައްމަދު ލަތީފާއި އަހުމަދު އިބްރާހިމްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، އެ ތިން މީހުން އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ނުއުމާން ގެ އަށް ބަދަލުކުރީ ޑޮކްޓަރުންގެ ލަފާގެ މަތިން ވަގުތީ ގޮތުން ކަމަށެވެ. އެ މުއްދަތު ހަމަވުމުން އޭނާގެ ހާލަތު ރިއާޔަތް ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ހުސޭނުބެއަށް އަށް ބޮޑުބޭބެ ކިޔާ ލަތީފްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު އަދަބެއް ދަށު ކޯޓުން އިއްވީ ގޯސްކޮށް ކަމަށް ވެސް 2021 ވަނަ އަހަރު ހައި ކޯޓުން ވަނީ ނިންމައިފަ އެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ ލަތީފްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، އެކަމަކު އޭނާގެ އުމުރަށް ޖަލަށް ލާން ކަނޑައަޅާފައިވާ އަދަބު ބާތިލް ކުރުމާއެކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުޑަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުލޯ

    ނުއުމާންގެ ބޭބޭ މޯހޯ ރާއްޖެ ޓީވީގަ އަދީބުވެސް 100 އަހަރުގެ ހުކުމެއް އާދޭ އެސޮރުވެސް ގޭގަ މޯކުޅި ކުޅުމީހާވެސް ގޭބަންދުގަ ބަހައްޓާފަ ދޫކޮށްލީ ރައީސް ޔާމީން 5އަހަރު ޖަލުގަ 13އަހަރު ހުކުމް އައިމީހަވެސް ތިލަފަތައް ކެންޕޭނު ކުރުމުގަ ހޭވައްޓާލައިގެ ކުރިއަށް ކުރިއަން ބާރައް ކުރިއަން ސުވްއަދީބު އަންޑިއާއަށް ތިލައްދީބްވެސް އިންޑިއާއަށް މާލެސިޑީގަ މޯދީގެ ގަވަރުނަރު ކަމުގަ ހިތްނަވަރު
    އިބޫ

    7
    2