ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރު ނިމުމަކަށް އައި އިރު މަރުގެ ހުކުމް ތަންފީޒުކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ހުރީ ނިމިފައިކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ކުރީ ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ވާޙަކަ ދަައްކަމުން ދިޔައީ ސިޔާސީ ބޭނުމަކަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

އިމްރާންގެ ވާހަކަތަކާއި ގުޅިގެން ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކުރީގެ ސަރުކާރު ނިމުނު އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކަކާއި، ގަވައިދުތަކެއް ހުރީ ހަދައި ނިމިފައި ކަމަށެވެ. އެ އުސޫލުތައް އޭރުގެ ކެބިނެޓުން ފާސްކުރެއްވި ކަމަށާއި، އެއީ ބޭރުގެ ބާރުތަކުން ސަރުކާރު ވައްޓާލުމަށް ބޭނުންވި އެއް ސަބަބު ކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމަށް ކެބިނެޓުން ފާސްކުރުމުން އިސްލާމީ ޝާރީއަތުގައި އެކަން އޮންނަ ގޮތް ސާފްކުރެއްވުމަށް އޭރުގެ ރައީސް ޔާމީން އިލްމުވެރިންނާ ބައްދަލުކުރެއްވި ކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޖަވާބެއް ދެއްވުމަކީ މުހިންމު ކަމެއް ކަމަށާއި، މި "ތާރީހީ ހަގީގަތް" ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމެއް ކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އިމްރާންއ ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒްކުރުމަ ގުޅޭ ގޮތުން އެކި ގޮތް ގޮތަށް ވާހަކަ ދައްކާފައި ވަނީ ސިޔާސީ ބޭނުމަށް ކަމަށެވެ.

"ވޭތުވެދިޔަ ސަރުކާރުތަކުން ސިޔާސީ އެކި ބޭނުމުގައި އެކި ފަހަރު އެކިގޮތަށް އެކި ތަންތަނުގައު މަރުގެ ހުކުމާ ގުޅުވައިގެން ވާހަކަ ދައްކާފައިވީ ނަމަވެސް މި މައްސަލައިގައި އަމަލުކުރާ ސޮޔާސަތަށް ދެވަނަ ޖުްހޫރިއްޔާގެ އެއްވެސް ސަރުކާރެއްގައ އެއްވެސް ދބަަލެއް ގެނެސްފައެއް ނުވޭ. އަދި ވޭތުވެދިޔަ ސަރުކާރުގައި އެކަން ތަންފީޒުނުކޮށް އޮތީ މި މޭރުމުން ކަމުގައި އަޅުގަނޑު ދެކެން" އިމްރާން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒްކުރާނެ ކަމަށް ނިމިގެން ދިޔަ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން ވައުދުވެވަޑައިގެންނެވި އެވެ. އޭރު އެމަނިކުފާނު ވިދާޅުވީ ބަޔަކު ކިތަންމެ ދެކޮޅު ހެދިޔަސް އެކަން ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނުގެ ވެރިކަން ނިމުނު އިރު ވެސް މަރުގެ ހުކުމް ތަންފީޒްކޮށްފަ އެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަބޫ

    މި ހިސާބުން ބަލަން އެބަޖެހޭ ސުޕްރީމްކޯޓުން މަރުގެ ޙުކުމް ދަމަހައްޓާފަ ތިބި ޤާތިލުންގެ ޙުކުމް ސުޕްރީމްކޯޓުން ދެމެހައްޓަން ޙުކުމް ކުރީ ޔާމީން ވެރިކަމުގަ ހުއްޓަތޯ؟ ނޫނީ އެ ވެރިކަން ނިމުނު ފަހުންތޯ؟ މި ސުވާލުގެ ޖަވާބު ނޫސްވެރިން ހޯދާލާފަ އިމްރާނާއި ޝަހީމްގެ ވާހަކަތަކަށް ނޫސްވެރިން ރައްދު ދީފިނަމަ ޢާއްމުންނަށް މަންޒަރު ވަރަށް ސާފުވާނެކަމަށް ދެކެން.

    6
    1
  2. ރަބަރޭ

    ދެންކީތްވެބާ 5 އަހަރު ވެގެން ދިޔައިރުވެސް މަރުގެ ހުކުމް ތަންފީޒު ނުކުރީ

    14
    1
  3. މުހައްމަދުﷲ

    ގަވާއިދު ހަދާ ނިމިފަ. ތައްޔާރީ ތައް ނިމިފަ. އެކަމަކު މަރުގެ އަދަބު ޔާމީނު ވެސް ނުދޭ

    12
    1
  4. މުއިޒް

    ނިމިދިޔަ އަނިޔާވެރި ސަރުކާރަކުންވެސް މަރުގެ ހުކުމް ތަންފީޒު ކުރާކަށް ނުކެރުނު. ދެން ކޮންއަނގައެއް ޝަހީމު މިގަޅަނީ.

    1
    1
  5. ޙުސައިން

    ބަރާބަރު 5 އަހަރު ލިބުނު.. ތިކަންތައް ތަންފީޛުކުރަން ވާންޖެހޭ ތައްޔާރީތައް ވުމަށް 5 އަހަރު މަދީތަ؟ ބްރިޖް ހެދުން / ދަރުމަވަންތަ ހޮސްޕިޓަލް ހެދުން. އެހެންވީމަ ތި ދައްކަނީ ބޭކާރު ވާހަކަ ތަންފީޒުކުރުމުން ތަންފީޒުކުރިކަމަށް ޤަބޫލުކުރާނި. މިހާރު ތިއުޅެނި ރައްޔިތުންގެ ބޮލަށް ކެމްޕޭނު ދުވަސްވަރު ޗިޕް ޖަހާހެން ޗިޕް ޖަހަންތަ. މަނިކުފާނު މާ ރަނގަޅުވާނެ މީހުންނަށް ޢިލްމު ފޯރުކޮށްދިނުމަށްޓަކައި، ތި ސިޔާސީ ކަންތައްތަކަށް އަނގަ ނުބާނާ ހުރިއްޔާ

  6. އައްޓަމަސް

    ތައްޔާރުކުރިޔަސް ކަމަކު ނުދޭ މަރުގެ ހުކުމް ތަންފީޒުކުރޭ

  7. ހުސެންބެ ބ

    3 ކޯޓު މަރުހަލާ މަރަން ހުކުުމް ކޮށްފަ ތިބި މީހުންނަށް މަރުގެ ހުކުމް ތަންފީޒު ނުކުރެވޭނަމަ އިސްތިއުފާ ދީ

  8. ޗެޕޫ

    ސްޕްރީމް ކޯޓާއި ހަމައިން މަރުގެ އެއްވެސް މައްސަލައެއް ރ ޔާމީން ސަރުކާރުގައި ނިމިފަނެތީ!

  9. ޢަހޫ

    ސަހޭވެސް ކޮސްގޮވަންފެށީތޯ.

  10. ސާދުނާ

    އިބްރާހިމް ސޯލިހުގެ ސަރުކާރުގައިވެސް ހުރިހާ ތައްޔާރީތައް އޮތީ ނިމިފައި،
    ދެން އަތްޖަހާ

  11. Anonymous

    ހަމަ ތިގޮތަށް ފްލެޓްވެސް އަޅާނިމިފަހުރީ. ދެން އަންނަ ސަރުކާރަކަށް ހުރިހާ ކަމެއް ކަނޑާލީމަ ނިމުނީ.

    އެކަމަކު މމޕރސ ގެ ކަންކަން ނިންމަން ބަޔަކުކާރީ އަހާލާކަށްވެސް ނުޖެހުނު. ދައުލަތުގެ ފައިސާ ބަލައިގަންނަ އިދާރާ އާއި އަންގާވެސް ނުލާ ކޮން ނިންމާފައެހެރީ. މާލޭ ޕޯޓުތައް މޕލ އަށް ވެސް ނަގާފަ ހުރީ. ބަޔަކުކާރީ އަހާވެސްނުލާ... މިހެންގޮސް ބައިވަރު

    ވީމާ ކުރަން ބޭނުންވާ ކަންކަން ކޮށްފަހުރީ. އެހެން މީހުންގެ ބޮލަށް ކަނޑާލާނެކަމެއް ނެތް.

  12. ބޮކި

    ޔާމީން ސަރުކާރުގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ތައްޔާރީތައް ހުރީ ނިމިފައި: ޑރ.ޝަހީމް
    އެކަމަކު އެކަންނުކުރެވުނީ އެވެރިން ތިބީ ހަތަރެސްފައިބަދެލާފަ ! އެހެންވެ އެކަން ތަންފީޒްނުކުރެވުނީ....................................................

  13. އަކުއާ

    ދެން ހުރިހާ ކަމެއް ރެޑީ ކޮށްފަ މަރާނެ މީހަކު ނުވީތަ؟