ސްކޫލްތަކުގައި ކިޔަވައިދެމުންދާ މުގައްރަރަކީ މީހަކު ކުޅޭ ކުޅިވަރެއްހެން ހަދާފައި އޮތް އެއްޗެއް ނޫން ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ދީނުގެ ނަމުގައި ހިނގަމުންދާ ކަންކަމަށް ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށް ޝައިހް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމް މުގައްރަރުތަކަކީ ބޮޑު ކޮމިޓީއަކުން އެކުލަވާލާފައިވާ އެއްޗެއް ކަމަށެވެ.

" އެ ކޮމިޓީގެ މެމްބަރުންނަކީ އެކި އިލްމީ އިންސްޓިޓިއުޝަންތަކަށް ނިސްބަތްވާ ބޭފުޅުން މުގައްރަރަކީ މީހަކު ކުޅޭ ކުޅިވަރެއްހެން ހަދާފައިވާަ އޮތް އެއްޗެއް ނޫން. ހަގީގަތާއި ހިލާފު ވާހަކަތައް އެއްވެސް ބޭފުޅެއް ނުދެއްކެވުން އެދެން" އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އެޑިއުކޭޝަން މިނިސްޓަރ މެންޝަން ކުރައްވަވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ރާއްޖޭގައި ކިޔަވައިދެމުން އަންނަ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތް އުފެދޭ ފަދަ ވާހަކަތައް މާ ގިނަ ކަމަށެވެ.

"އިސްލާމް ދީނުގެ ނަމުގައި ހިންގަމުން މިދާ ކަންކަމަށް ބަލާ، ރާއްޖޭގެ މުސްތަޤްބަލް ސަލާމަތް ކުރުމަށްޓަކައި މިވަގުތު އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުޤައްރަރު އިސްލާހު ކުރުން. މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާފަދަ ވާހަކަތައް މާގިނަ” އެޓްވީޓްގައި ރައީސް ނަޝީދް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކިޔާނޫ

    ޝައިހުއެވެ. މުގައްރަރަކީ ދަގަނޑު ދަހަނާއެއްވެސްނޫން އިނގޭތޯ. ކަންކަން އިސްލާހްކުރުމަށް މުގައްރަރު ކުޅޭރޯލު ނުހަނުބޮޑު. މިސާލަކަށް އިސްލާމް ގުރުއާން ފިގުހާއި ތަފްސީރު އިތުރުކޮށް އެހެންމާއްދާތަކުގެ ބޭކާރު ބައި ދުއްވާލެވޭނީވެސް މުގައްރަރު އިސްލާހުވެގެން. ޢަންނި ދައްކާހުރިހާ ވާހަކައެއް އެބަ ދިމާވޭ. ދިވެހިންވެސް ދިރާސީ ވިސްނުމެއް ގެންގުޅެންވެއްޖެ. ޢިއްޔެ މެދުމިންދީނުގެވާހަކަ ބުނީމަ ގޮންޖަހާފަ މުޖްތަމައު ހައްލުކުރެވޭނެ ސްޓްރެޓެޖީއެއްކަން މާފަހުން ގަބޫލުކުރެވިއްޖެ.

    2
    15
  2. އައްލެއިކަލޯ

    ތިޔައީ ބުއްދި ގަބޫލުނުކުރާ ވާހަކައެއް. ރުޅިވެރިކަމާއި ނަފުރަތު އުފެދިދާނެ އެންމެ ވާހަކައެއްވެސް ދިވެހި ދަރިވަރުން ކިޔަވާ ފޮތަކުން ދައްކައިފިއްޔާ އަންނި ބުނި ކޮންމެ އެއްޗެއްވެސް ދޭން ތައްޔާރު.

    18
  3. ޢުމަރު މަނިކު

    ޒައިދުގެ ތާއީދު ނަޝީދަށް ، ނަޝީދުގެ ތާއީދު ހުޅަގަށް # ހުޅަގުން ބުނެދިންގޮތްއެއީ މުގައްރަރު ބަދަލުކުރަން އެކަމަށްވެސް ތާއީދުކުރައްވާ . ޒައިދު އިލްޔާސް، ޢިޔާސް .މިތިންމީހުންޖެހޭނެ ކޮންމެކަމެއް ކުރަންއުޅުނަސް އޭނާއަށް ތާއީދުކުރަން....

    10
    1
  4. ބުއްޅަ

    ލާދީނީ މީހުން އެޒާތުގެ ވާހަކަ ދައްކާނެ

    12
  5. ބޭބީ

    ކޮންމެ ކަމެއްވާއިރު މި އިސްލާމްދީނާއި ޖައްސާލަނީ ކީއްވެތަ. އެހެންވެ އެގެނީ މިއީކަން ޙައްގު މަގަކީ. މިދީންގެ ދުޝްމަނުން މިދީނަށް ނަފްރަތުކުރާނެކަން މާތްﷲ އަންގަވާފައިވޭ އަދި މިދީން ހަލާކުކުރަން އެންމެން އެއްބައިވާނެކަން ހަދީޡުން އެނގޭ.

    14
  6. Anonymous

    ނަޝީދަކީ، ޔައިނިސްޓް ޕަޕެޓެއް. މިގައުމުގައިތިބި މުސްކުޅިއެއްނަމަ، ހުންނާނީ މީނައަށް ޘަނާ ކިޔުމުގައި. ޙާއްޞަކޮށް މިމުސްކުޅިވެރިންގެ އަޅުކަމުގެ އެއްބައިގެ ގޮތުގައި ކުރާ ކަމަކީ، މިސްކިތުން ފައިބައިގެން ބައިހަދައިގެން ތިބެ، ނަޝީދުއާ ދެކޮޅު މީހުނަށް ވަގަށް ގޮވުމާއި، ހަޑިހުތުރު ބަހުރުވައިން އެމީހުނަށާއި، އެމީހުންގެ އަނބި ދަރިންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުން. މިކަންކަމުން ވިސްނާ ބަޔަކަށް އެނގި ކަށަވަރުވެގެންދާނީ، މިގައުމަށް، މިގެނެސްގެން މިއުޅެނީ، ޝައިޠާނީ ފިކުރުތަކާއި، ގެއްލުމާއި ހަލާކުގެ މަގުކަމާއި، މިމަގުން ހިނަގައިފިނަމަ، ފެންނަންއޮތީ ނަރަކަކަން.

  7. ރައްޔިތުން

    އިސްލާމް ދީނާއި ފުށު އަރާނެ މުޤައްރަރަކަށް ކިޔަވާކަށް މިޤައުމުގެ ރައްޔިތުން އެމީހުން ދަރިން ނުފޮނުވާނެ. ވަރަށް ސާފު . މިފަދައިން އެއްވެސް ފަރާތަކުން ކަންކޮށްފި ނަމަ ސްކޫލްތައް ހުންނަންޖެހޭނީ ހުސް ތޮށި ގަނޑު، އެތަނަށް ދާނެ ކުދިންނެއް ނުތިބޭނެ. ހުންނާނީ ތަޅު އަޅުވާފައި ރައްޔިތުން އެވަރަށް ހުށިޔާރުވާނެ. އެހެން ނޫން މުޤައްރުގައި ހުރި އިސްލާޙް ކުރަންޖެހޭ ކަންކަން އިސްލާމީ ތަރަހައިގެ ތެރެއިން އިސްލާޙު ކުރަންޖެހޭނެ.

  8. ނާޒުކު

    ނަށީދުއަށް ދާއީދު ކޮއްފަ މައިތިރިވެގެން ތިބޭ

    1
    3
  9. ޙަނޭ

    މިހާރު ދެންނުވެފަ އޮތް ކަމަކީތިއީ އަވަސް ކުރޭ އޭރުންތާ މިޤާއުމު ސުނާ ފަތިކުރެވޭނީ. ޅަދަރިންގެ ހިތްތަކާއި ކުޅެގެންތާ

  10. ......

    ސިލަބަސް ހަދާފަ އޮތީ ކިހިނެއް ކީއްކުރަންކަން ވަރަށް ސާފުކޮށް އެނގޭނެ ސްކޫލުތަކުން ތަރުބިއްޔަތުވާ ކުދިންގެ އަހުލާގަށް ބަލާ ވިސްނާލީމަ...ޔަހޫދީން ބޭނުންވާ ގޮތަށް ބައްޓަން ކުރެވިފަ އޮންނަ މަންހަޖަކުން ހެވެއް ނުނިކުނާނެކަން ޔަގީންވާނެ ޔަހޫދީންނަކީ ކޮންބައެއްކަން ދަންނަ ކޮންމެމީހަކަށްވެސް....މައުމޫންގެ ވެރިކަމުގައިި އެހީއެއްގެ ބޭނުމުގައި ހެދިފައިވާ އެއްބަސް ވުމެއްގައި ޝަރުތެއްގެ ގޮތުގައި މި ރާއްޖޭގެ ސިލަބަސް ޔަހޫދީން ބޭނުންވާ ގޮތަށް ބައްޓަން ކުރުމަށް ލާޒިމް ކޮށްފަ އޮވޭ...މިއަދާ ހަމަޔަށްވެސް އެކަން ހިގަނީ މި އެއްބަސް ވުމާ އެއްގޮތަށް....ދިވެހި ދަރީންގެ ސިކުނޑި ތަކަށް ޔަހޫދީ ވިހަލާން ދީ ހަލާކު ކޮށް ހަލާކު ކުރަމުން ދާއިރު ހެވިފަ ދިވެހިން މިތިބެނީ ކީއްވެފާބާއޭ ހިތަށް އަރާ....މިހެން ކިތެއް ކަންކަންތޯ އަނިޔާގައި މި ގައުމު މިދެކެނީ...ވިސްނަވާ ދިވެހިންނޭ...އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީ އިން އަމިއްލަ ބަނޑު ފުރާނަ މުއްތި ކުރުމަށް އެއްޗެއް ގަނެގެން ކެވެނީ ސަރުކާރަށް ޖިޒިޔަ ދީގެން...މި އައްވުރެ ބޮޑު އަނިޔާއެއް އަޅުވެތި ކަމެއް ކޮބާތޯ...ހަފަރާތަށް ބަލާލިޔަސް އެކަންކަމާ ދެކޮޅަށް އިސްލާމްދީން ބާވާލެއްވެވިފައިވާ ކަންކަމުން ދިވެހިންވަށާ ބަނދެ އަޅުވެތި ކޮށްފައިވާ މަންޒަަރު ނޫނީ ނުފެނޭ...މިއީ ދިވެހިން ދުނިޔޭގެ އެދުމަށް ދަހިވެތި ވުމުގެ ހިތި ނަތީޖާ....