ހދ.ކުޅުދުއްފުށި މިތުރު ކުންފުނީގެ އޯނަރުގެ އަމިއްލަ ޚަރަދުގައި އެ ރަށުގައި ބިނާ ކުރި މިސްކިތުގައި އިއްޔެ ވަނީ ނަމާދުކުރަން ފަށާފައެވެ. މަސްޖިދުލް ފިރުދައުސްގެ ނަމުގައި ބިނާކުރި މި މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތް ހެދުމުގެ ހުއްދައަކީ އޭނާގެ އަމިއްލަ އެދުމުގެ މަތިން ރައީސް ނަޝީދުގެ ސަރުކާރުން މީގެ ނުވަ އަހަރު ކުރިން ދީފައިވާ ހުއްދައެކެވެ. މިސްކިތް ނުހުޅުވި މިހާ ދުވަސްވުމުގެ ސަބަބުން އޭނާއަށްވަނީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް އެކަމުގެ އަސްލު ސަބަބު އޭނާ ވަނީ “ވަގުތު“ އާއި ހިއްސާކޮށްފައެވެ.

”އަޅުގަނޑު އަމިއްލައަށް އެދިގެން މިސްކިތް އެޅުމުގެ ހުއްދަ ދިނީ. އަޅުގަނޑު ދިރިއުޅޭ ގޭގެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަކަށް މިރަށު އެއްވެސް މިސްކިތަކުން ގޮވާ ބަންގީގެ އަޑެއް ނީވޭ. ރޯދަ މަހު ރޯދަ ވީއްލަންވެސް އެހެން މީހުންނަށް ގުޅާފަ ބަލަނީ ބަންގި ގޮވައިފިތޯ. އެހެންވެ އަޅުގަނޑަކީވެސް ވިޔަފާރި ކުރާ މީހެއްވީމަ އަޅުގަނޑު ބޭނުންވީ މިސްކިތެއް އަޅަން.“ މިތުރު ކުންފުނީގެ އޯނަރު ވިދާޅުވިއެވެ.

އެ މިސްކިތް ހެދުމަށް ބިން ހަވާލުކޮށް އެކަމުގެ މަސައްކަތް ފަށައިނުގަނެވި އުޅެނިކޮށް މާލީ ގޮތުން ބޮޑު ގޮންޖެހުމަކާއި ދިމާވިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓެކްސްގެ ނިޒާމު ރާއްޖެއަށް ތަޢާރަފްވެ، ސީދާގޮތުންނާއި ނުސީދާގޮތުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތައް އިތުރުވުމުގެ ސަބަބުން ވިޔަފާރިން އެތައް ފައިސާއެއް ދައްކަންޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ.

”މިސްކިތް އަޅަން ނިންމީ އެކަމަށް ފައިސާތަކެއް ރައްކާކުރުމަށްފަހުގައެއް ނޫން. ހަމަ އަޅުގަނޑަށް ލިބޭ އާމްދަނީއާއި ހެޔޮއެދޭ ފަރާތްތަކުން ދެއްވާ އެހީގައި އެކަން ކުރަން ނިންމީ. އެތަނަށް ކޮށްފައި ހުރި މަސައްކަތް ބަލާލީމަ އަސްލު ނުބުނާނެ ކަމެއް ނުކުރެވި ހުރި ވާހަކައެއް. އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުގެ ވިޔަފާރިއަށް އައި ލޮޅުންތަކުގެ ސަބަބުން އެހާ ބޮޑަށް ލަސްވީ. އަޅުގަނޑުވެސް އެކަން ޤަބޫލުކުރަން.” އޭނާ ވިދާޅުވިއެވެ.

މިސްކިތް ބިނާކުރުމުގެ މަސައްކަތުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިދައުރުގެ ކައުންސިލުން ދެއްވި އެއްބާރުލެއްވުމާއި، ވޭވްލެންތް ކުންފުނީގެ ފަރާތުން ދެއްވި އެއްބާރުލެއްވުމުގެ އިތުރުން މިތުރު ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަން ޚާއްޞަގޮތެއްގައި އޭނާ ފާހަގަ ކުރެއެވެ.

މަސްޖިދުލް ފިރުދައުސްގައި ނަމާދު ކުރަންފަށާފައިވީ ނަމަވެސް ރަސްމީކޮށް މިސްކިތް ހުޅުވަން ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މިހާރު އެ މިސްކިތްވަނީ ސަރުކާރާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ކިތަންމެ ދަތި ހާލަކުންވިޔަސް މިސްކިތެއް އެޅުކަމީ ވަރަށް ބޮޑު ހެޔޮ ޢަމަލެއް! ﷲ ތިބާއަށް ރަޙްމަތްލައްވާށި!

    47
    1
  2. ފިރުދައުސް

    ތިޔަކަހަލަ ތަންތަން ދެން ނުހުޅުވަން ވެއްޖެއެއްނު. މިއުޅެނީ ހައްދުފަހަނަޅާވަރުން ނުކުޅަދާނަ ވެގެން ވިއްޔަ.

    2
    61
    • ކޖގގ

      ރޯދައިގެ ކުރިން ތައުބާ ވުމަށް ގޮވާލަން. ހައްދު ފަހަނަ އަޅާ ދަނީ މިސްކިތަށް އަރާ ނަމާދު ކުރުމަކުން ނޫން. ތިބާ އަށް ހެޔޮ ވިސްނުން ދެއްވާދޭ. އާމީން

      54
      2
      • މުއްލާ

        ހައްދުފަހަނަޅާ މީހުން ނުކުމެ ދުނިޔެއަށް ދުއްޕާނަކަށް ވެފަ މިއޮންނަނީ އިޒްރޭލުގެ ސިނަގޯގް ތަކުން ނޫނީ ކްރިސްޓިއަން ޗާޗް ތަކުން ނުކުމެތަ؟ ތިބާވެސް ހަމަ ބުއްދިން ވިސްނައި މިފަދަ ކަންތައް ހުއްޓުވަން ވެއްޖެއެއްނު؟

        8
        6
        • ވޯޓްވަގު

          މި ލާދީނީ ބައިގަނޑު މިޤައުމު ހަލާކުކޮށްފި، ތައުބާވުމަށް ގޮވާލަން، ކޮންމެ ތަނަކުން އަޔަސް، ހައްދުފަހަނަޅާފައިވާ ޓެރެރިސްޓުންނަކީ މުސްލިމުންނެއްނޫން،

          6
          1
  3. ހަސަންދީ

    މާލީ ގޮތުން ގޮންޖެހުންތައް ދިމާވި އިރު ތިބޭފުޅާ ކިތައް ބޯޓު ބެންނެވިންތޯ؟ ވަގުތީ ހަރުގެއެއަހަކަށް ހުއްދަ ހޯއްދަވާ މުދާ އުފުލާ އެންމެ ބޮޑު 4 ބޯޓު ބަދެ ވިއްކާލެއްވީ މިދިއަ 10 އަހަރު ތެރޭގައި ނޫންތޯ

    11
    3
  4. ކޮރަލް

    މީހުން ކުރީގަ ގެ ހަދާ އުޅުނީ 15 ނޫނީ 20 އހަރުންނެވެ. މިހާރު މީހުން ގެހަދަނީ 1 އަހަރުންނެވެ. ހަގީގަތް އެނގޭނީ ބަލާލީމައެވެ. މިސްކިތެއް ހަދަން ގިނަ ދުވަސް ވުމަކީ މައްސަލަ އެއް ނޫނެވެ.

    8
    1
  5. ކުޑަހުވަދޫ

    ކުޅުދުއްފުށީ ބައެއްމީހުން އެ މިސްކިތް ނުނިމިގެން އެބޭފުޅާއަށް ފާޑު ކިޔާ އިރު އެމީހުން ނަށް އެނގޭބާ މިރަށުގައި އިއްޔެ އެހުޅުވީ މާލޭގެ ބޮޑު ވިޔަފާރިކުންފުންޏަކުން 10 އަހަރުދުވަހުން އެޅި މިސްކިތެއްކަން އަދިހަމަ ދައުލަތުގެ މާލިއްޔާއިން ހަރަދު ކޮށްގެން މާލޭގެ ފުރުގާން މިސްކިތް ނިންމުނީ 7 އަހަރުން ކަން ހަމަ އެބައިމީހުން ނަށް ނޭނގެނީބާ

    11
    2
  6. ރަށު ސޮރު

    ހަސަންދީ އަށް އެނގޭބާ އެމުއްދަތުގައި އެބޭފުޅާގެ މާލެ ބޯޓު މުދަލާއެކު ދެފަހަރަށް އަޑިޔަށް ދިޔަކަން އަދި އެހެންބޯޓެއް މަތީބައި އެއްކޮށް އަދައިގެން ދިޔަކަން ؟ އިންސޫރެންސުން ލާރި ހޯދާކަށް އިންސޫރެންސެއް ނުކުރޭ ބޭންކު ލޯނެއް ނުނަގާ
    4 ބޯޓެއް ނުބަނދޭ ބަން ބޯޓެއްބަނީ ކައުންސިލަށް މަހުކުލި ދައްކާ ގޮތަށް ހަރުގެ އަޅައިގެން އަދި ބޯޓެއް ވިއްކައެއްވެސް ނުލާ ހަސަދަ ލިޔަސް ތިޔައީ ބޮޑުވަރު އެހެން ނޫނަސް އެވަރު ކޮށްލަން ކެރުނު އެހެން މީހަކު ތިޔަ ފަސްގަޑުން ދައްކާލަބަލަ 10000 މީހުން ހަމަވާ އިރު

  7. ޒުހޭރު

    އެ ދޮގެއް އިގޭ