މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެވެ. ދޭހާ އަތްވަކާއި ވެހޭ ވާރޭ ތެރޭ އެމީހުން މަސައްކަތް ކުރަނީ އަހަރަކު އެއްފަހަރު އަންނަ ރަމަޟާންމަހު ހަމަޖެހިލައިގެން އަނބިދަރިންގެ ކައިރި ތިބުމުގެ ފޮނި އުންމީދުގައެވެ.

އަންނަ ކޮންމެ ވެރިކަމެއްގައިވެސް ތަފާތު ގިނަ ވައުދުތަކެއް މަސްވެރިންނަށް ޚާއްސަކޮށް ގެންދަނީ ވަމުންނެވެ. އެއްބަޔަކު ޤަބޫލުކުރާގޮތުގައި މިވަގުތު މަސްވެރިންނަށް އެންމެ ބޭނުންވަނީ “މަސްވެރިޔާގެ ކާޑު” އެވެ. އަނެއްބަޔަކު ދެކޭގޮތުގައި މަސްވެރިކަމުގެ ސިނާޔަތް ރަނގަޅުކުރެވޭނީ ތެލުގެ ޚަރަދު ކުޑަކޮށް، ސަރުކާރުން ސަބްސިޑީ ދީގެންނެވެ.

ނަމަވެސް އަސްލު މައްސަލަ އޮތްގޮތަށް އޮތީއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އެމީހުން ބާނާ މަހަކަށް ހަމަ އަގެއް ނުލިބެއެވެ. މަސްކޮޅު ކިރާލެވެނީ އެތައް އިރަކު ކިޔުގައި ޖެހިގެންނެވެ. ލޭނު އަޅާމީހުން އެމަސައްކަތުގައި އަވަދިވެތިއެވެ. އެއީވެސް ހަމަ ސަރުކާރުގެ ހުއްދަ ލިބިގެން ކުރާ މަސްވެރިކަމެކެވެ. މަސް ކިރާ ބޯޓުތައް އެހާ މަދެވެ. މަސްގަތުމުގެ ވާދަވެރިކަން ގެއްލި މުޅި ސިނާއަތް “ފުނޑެނީއެވެ.”

ނިޔާމަ ދޯނީގެ އަލީ މޫސާ "ވަގުތު" އަށް މައުލޫމާތު ދެނީ - ފޮޓޯ މުޙައްމަދު އަފްޒަލް

”ވަރަށް ދެރަ ކޮންމެ އަކަސް، އަހަރެމެން ބާނާ މަހަކަށް ހަމަ އަގެއް ނުލިބޭ. ރޯދައަށް އެތިކޮޅު ގަނެލާވަރުވެސް މިފަހަރު ނުވި. ހަމައެކަނި އެންސިސް މީހުން މިއުޅެނީ މަސް ގަނެވޭ ބަަޔަކަށް. ދެން އުޅޭމީހުންނަކަށް އެކަމެއް ނުކުރެވޭ. ކަންނެލި ކިލޯއެއް މިހާރު އުޅެނީ 50 ރުފިޔާާއަށް. ފަސް ޓަނު ބާނައިގެން ކިރިޔާ 5000 ރުފިޔާ ކުއްޖަކަށް މި ލިބެނީ. ކޮންމެ ދަތުރެއްގެ ޚަރަދަށްވެސް އެބަދޭ 35000 ރުފިޔާ.” ނިޔާމަ ދޯނީގައި މަސައްކަތް ކުރާ އަލީ މޫސާ “ވަގުތު“ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ރޯދަމަސް އަންނަން އެއް ދުވަހަށްވީއެވެ. ކަންނެލި އޮޑިތައްވެސް އޮޑިވެރިންގެ ރަށަށް ދިއުމަށް ދަތުރު ހަދައިފިއެވެ. ކޮންމެ ދޯންޏެއްގައި މަދުވެގެން 17 ނޫނީ 15 މީހުން އުޅެއެވެ. ދަތުރުތައް ރޯދައަށް ހުއްޓާލުމުން އެމީހުންވެސް ދާނީ އެމީހެއްގެ ރަށަށްތާއެވެ. ނަމަވެސް އަންހެނުންނާއި ދަރިންނަށް ގެންދާނެ އެއްޗެއް ނެތެވެ. ބޭނި މަސްކޮޅަށް ލިބުނީ މަދު ލާރިކޮޅެކެވެ.

އާއިލާ ދޯނީގެ މުޙައްމަދު އަބްދުﷲ "ވަގުތު" އަށް މައުލޫމާތު ދެނީ - ފޮޓޯ މުހައްމަދު އަފްޒަލް

“މި މައްސަލައަށް ހައްލެއް ގެނެވޭނީ ލޭނު މަސްވެރިކަން ކުރާ މީހުންގެ ހުއްދަތައް ބާޠިލް ކޮށްގެން. އެމީހުން އެކަން ކުރާހާ ހިނދަކު ކަންނެލި މަސްވެރިކަން ރަނގަޅެއް ނުވާނެ. ދެން އަނެއްކަމަކީ ކަންނެލި ގަތުމުގެ ހުއްދަވެސް ގިނަ މީހުންނަށްދޭންވީ. ހުޅުވާލަންވީ އެކަން ކުރަން ޝައުޤު ހުންނަ ފަރާތްތަކަށް. އޭރުން މިކަންކަން ހައްލު ވާނީ. މިފަހަރުވެސް ކޮންމެ ކުއްޖަކަށް މަދު ލާރިކޮޅެއް މި ލިބުނީ.” އާއިލާ ދޯނީގައި މަސައްކަތް ކުރާ، މުޙައްމަދު އަބްދުﷲ “ވަގުތު” އަށް މައުލޫމާތު ދެމުން ބުންޏެވެ.

ކަންމިހެން ހުރިކަމުގައި ވިޔަސް ކަންނެލި މަސްވެރިކަން ކުރާފަރާތްތަކަށް އެކަމުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން މާބޮޑެތި މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    އައްޗީޑި! މަ މި ހީކުރަނީ މި މީހުން ވޯޓުލައިގެން ހޮވި ރީނދޫ ސަރުކާރުން ބޭނި މަސްކޮޅު ކިރައިދެނީ ރަނުގެ ބަރުދަނަށްކަމަށް! އެކަމަކު އަދިވެސް ރަށުއޮފީސް ތެރެއަށް ބަސްބަރޯ އަޅާލި ހިސާބުގައި ތާށިވެފައި!

    43
    2
  2. ސާނީ

    އަދި ވެސް ރީނދޫ ފޮތިދަމާއިގެން މާލެ ފަޅުތެރެއަށް ވަދެވޭތޯބަލާ ހަޅޭލައްވަމުން. ކަލޭމެން ދެންތިބޭ ޖަޒީރާވެފަ.

    40
    3
  3. ފުއާދު

    ދެން އަތްޖަހާ.. އަންނި ރައީސް ބުނިދޯ ދޭނަމޭ.

    36
    2
  4. ބެއްޔާ

    ހަމައަގުދޭނެ. މަސްކިރުވަން ލަންކާއަށް ހަމައަގުހޯދަން. މަސްވެރިޔާގެ ކާޑުން ހަމައަގަށް ފައިސާނެގޭނެ. ކާޑު ވޮލެޓަށްލައިގެންތިބޭދެން. އެޖެންޑާ19ގެ ދަށުން ޖަޒީރާމަތިން ކިޔާލަކިޔާލަތިބޭ.

    38
    2
  5. މުގާބޭ

    އެމްޑީޕީ އޮފީހުން މަސްކިރާ އެބަ. ހަމަ އަގު ލިބޭނެ އެއިރުން. ރަށަށް ދާނެކަމެއް ނެތް.

  6. ނޫރު

    މަސްވެރިޔާއެވެ، ކަންނެލި އަކީ ވ ސީމެވެ.
    ހުޅުމާލެއިން ޝައިނީ ދެމީހުންގެ އަންޑަރ ޑީލްގެ ތެރެއިން ފޮރޮވިގެންތިބެ ބޭރުގެ ބޯޓުފަހަރު ބޭނުންކޮށް ބަޔަކު ހިންގާ ޖަރީމާގައި މިސަރުކާރުގެ ފިޝަރީޒްގެ ބޭފުޅުން މިހާރުތިބީ އިބޫގެ ސްމާޓް ކަރަޕްޝަން އިންޑެކްސްގެ އެންމެކުރީގައެވެ. ކަންނެލި ގަންނަނީ އެންސިސް އެކަނިއެވެ. އެއީ ކުރީގެ ސަރުކާރުގެ މީހުންނާއި،މިސަރުކާރުގެ މީހުން ރޭވުންތެރިކަމާއެކު ހިންގާ ޖަރީމާތައް. ކީއްވެތަ، ހއ. ހިސާބުން މަސްވެރިކަންކޮށްފަ މަސްކޮޅު ވިއްކާލަން ހުޅުމާލެއަށް އަންނަންވީ. ކިހާ ތެލެއް އަދާނެތޯ، ކިހާވޭނެއް މަސްވެރިން ތަހައްމަލުކުރާނެތޯ. މިސަރުކާރުގެ އެޖެންޑާ 19 ދެންވާނީ އެޖެންޑާ 23އަށް. މަސްވެރިންވިސްނާށެވެ. އިބުރާހިމް ދޮގް ހަދައިފިއެވެ، ދޮގް ހަދަންޏާ ފަހެ އިބުރާހިމް ވާނީ ބޮޑް ވ ގކަށެވެ. މަސްވެރިން އިހުތިޖާޖުކުރާށެވެ. ޑިމޮކްރެސީއަކީ އެއީއެވެ، ހައްގު ލިބޭނީ ކެރިގެންނެވެ.

    2
    1
  7. ޝިހާމާ އަޙްމަދު

    2013 ވަނަ އަހަރު ނިމުނުއިރު އިދަޖެހި ހަފުސްވެފައިވާ ހުރިހާ ޞިނާޢަތްތަކަށް އަލުން ދިރުންލިބި ރޮކެޓް ސްޕީޑުގައި ކުރިއަރަމުންދިޔަ ދިވެހި ޤަވްމު ފުނޑާލީ އަމިއްލަ އަތްތަކުންނެވެ. ތެލުގެ ޑިޔުޓީ ކަނޑާފީމޭބުނެ އޮޅުވާލާ މިއަދު މިވަނީ ތެލުގެ އަގު ޑަބަލް ވެފައެވެ. މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. " ﴿إِنَّ اللّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ مَا بِأَنْفُسِهِمْ﴾ ދެން ގިސްލަގިސްލާފަ ބާރަށް އަތްޖަހާށެވެ!

  8. ކަމާލް

    އަހަރެންކުޑައިރު އަޑުއަހާލަވައެއްއޮވޭ.އެއީ

    ހޯކޯނަމްބަރު36 އަދި ހޯކޯމާރު 30ށް ، ބޭނިމަސްކޮޅު ދޭކިރާލަން ވަގުތުން ފައިސާދޭ.
    ދަށްވެގެން ދެކިލޯ ބަރާބަރު ހަމަވަނީނަމަ ކިރުވޭނޭ
    ދެން އެއަށްވުރެ މަތިވނަމަ އުފަލުން އެހާރުން ފޮޅިދާނޭ
    ފައްކާވެތިބީ ތައްޔާރީގައި ކައްޓާ ހަމަކޮށްލާދޭން
    ބޭނިމަސްކޮޅު ދޭކިރާލަން ވަގުތުން ފައިސާދޭ.
    ރާގު:ބޯލްރާދާބޯލްސަންގަމް ހޯގާކީނެހީ

    13
    1
  9. ޖަޒީރާމަނިކު

    ހަމައަގަކީކޮބާ؟ އެއަގުބުނެބަލަ. މަމިހުރީދޭންތައްޔާރަށް.

    6
    2
  10. އަހްމަދު

    ހަމައަގު ދޭންބުނިމީހުން ކައިއަށްދޭބަލަ އޭރުންލިބޭނެ. އިބޫ އާއި އަންނި ކައިރިއަށް ހަމައަގުހޯދަން ތިތިބެނީ ނުދާކަށްނު. ހަމަދިޔައީ ލިބުނީ.

    10
    1
  11. ކިމބޫ

    ހުރިހާ ދިމާއަކުން އިވެނީ ތިފަދަ ޝަކުވާގެ އަޑު. އަމިއްލައަށް ބުއި ބޮނޑި. ދެން ޝަކުވާ ނުކޮށް ބަސް އަހައިގެން ތިބޭ ޖަޒީރާ ވެފަ. ތިވާހަކަ ދެއްކުން އެއީ ފިތުނަ އުފެއްދުމޯ. ކޮންމެފަދަ ހާލެއް ޖެހުނަސް އެވާހަކަ ނުދައްކާށޯ.

    17
    1