(ކޮލަންބޯ،ޝްރީލަންކާ) ޝަރުއީ މަރުހަލާ ދިގުދެމިގެން ގޮސް ވަކި ގޮތެއް ނިމިފައި ނުވާ 16 ދިވެއްސަކު އަވަށްޓެރި ސްރީލަންކާގެ ޖަލުތަކުގައި ހައްޔަކުކޮށްފައި އެބަތިބި ކަމަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު ރައްޒާގު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ސްރީލަންކާއަށް ކަނޑައެޅުއްވި ސަފީރު، އުމަރު ރައްޒާގް މަސައްކަތްތަކާއި އަދި އެމްބަސީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން "ވަގުތު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ އިރު އެންމެ ބޮޑު ގޮންޖެހުމަކަށް އަބަދުވެސް ވެފައިވަނީ ލަންކާގައި އޮންނަ ގާނޫނައި ގަވައިދުތަކާއި ހިލާފަށް ބައެއް ދިވެހިންގެ އަމަލުތައް ހުރުން ކަމަށެވެ.

"ބޭރު ގައުމެއްގައި އުޅެންޏާ އެބަޖެހޭ އެ ގައުމެއްގެ ގާނޫނާއި ގަވައިދަށް ސަމާލުވާން. ގިނަ ދިވެހިންނަކީ އެއްވެސް މައްސަލައެއް ދިމާނުވެ ވަރަށް އަމަން އަމާންކޮށް އުޅޭ ބައެއް. އެކަމަކު ބައެއް ފަހަރު ބައެއް ދިވެހިންގެ ފަރާތުން މައްސަލަ އެބަ ދިމާވޭ،" އުމަރު ރައްޒާގު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ފާއިތުވެދިޔަ ހަތަރު ވަރަކަށް އަހަރު ލަންކާގެ ޖަލުތަކުގައި އެކި ކުށްތަކުގެ ތުހުމަތުގައި ޖަލަށް ލާފައި ތިބި 16 ދިވެއްސަކު އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ތިބި މީހުން ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ގިނަ މީހުން ތިބީ ޝަރުއީ މަރުހަލާއިން ނިންމަން ޖެހޭ ކަންކަން ނުނިމި ކަމަށެވެ.

"ޖަލުތަކުގައި ތިބި ގިނަ މީހުންނަށް އަދިވެސް ވަކި ހުކުމެއް ނާދެ. އޭގެތެރޭގައި އެބަތިބި ހައްޔަރުކޮށްގެން ގެންގުޅޭތާ ތިން އަހަރު ނުވަތަ ދެ އަހަރުވެފައި ތިބި މީހުން. އެމީހުންގެ ހާލަތު މިދަނީ ގާތުން ބަލަމުން،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައްޔަރުގައި ތިބި 16 މީހުންގެ ތެރެއިން ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ކަމަށާއި އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށެވެ. އަދި އެމީހުންގެ ކޮންމެ މީހަކާއި ވަކިވަކިން ބައްދަލުކޮށް ހާލު ބަލާފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ.

"އަޅުގަނޑު ބެލިން ޖަލުތަކުގައި ތިބި ދިވެހިންގެ ހާލު. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ހުރިހާ އެންމެންގެވެސް ހާލު. އެހީތެރިކަމަށް އެދުނު ބައެއް ކަންކަމުގައި އެކަންކަން ފަހިކޮށްދިނިން،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެ މީހުން ޖަލުން ނެރުމަކީ ސަފީރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި ގާނޫނުތަކާއި ގަވައިދުތަކުގެ ބޭރުން އެކަން އެގޮތަށް ނުކުރާނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އެމީހުންގެ މައްސަލަތައް އަވަސް ކުރަން ކަމަށާއި ލަންކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ލަންކާއަކީ ހަރުދަނާ އަދި ހަރުކަށީ ގާނޫނުތަކެއް ހަދާފައި ހުރި ގައުމަކަށް ވާއިރު ކޮންމެ ދިވެއްސަކުވެސް އެ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލެނބުމަށް އެދޭ ކަމަށެވެ.

ޝަރުއީ މަރުހަލާ ދިގުދެމިގެން ގޮސް ވަކި ގޮތެއް ނިމިފައި ނުވާ 16 ދިވެއްސަކު އަވަށްޓެރި ސްރީލަންކާގެ ޖަލުތަކުގައި ތިބި އިރު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެގަައުމުގައި ހިނގާ ދިޔަ ކަންތައްތަކަސް ފަހު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ބައެއް ދިވެހިން ގެންގޮސްފައެވެ. އޭގެތެރެއިން ގިނަ ދިވެހިން މިހާރުވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހަނީފު

  މަސްތުވާތަކެތީގެ ބޭނުންކުރާމީހުން ތިބެން އެންމެރަނގަޅުތަނަކީ ޖަލުކަންއެންމެންނަށްވެސްއެނގޭނެ މިގައުމަށްތިމީހުންގެނެސްފިއްޔާމު އަނެއްކާއިތުރުތަކުލީފުތަކެއް އުފުލަންޖެހުނީއެވެ. މިހާރުއެއްވެސް މަސައްކަތެއްނުކޮށް އެމީހުންނަށް ކާންބޯންލިބޭނެއެވެ. މިއަށްވުރެންއުފާވެރިދިރިއުޅުމެއްނޯންނާނެ

  36
  1
 2. ރަނގަބީލު

  މާ ވަރުގަދަ ގާނޫނު ހުރިނަމަ 3 އަހަރު ހުކުމެއް ނައިސް.ކަޑަ އޭތި

  13
  3
 3. އަހްމަދު

  ދިވެހިން ވީމަ ޑްރަގް ނުވަތަ އެހެންވެސް ކަމެއް. ލަންކާ މީހަކު ރާއްޖޭގަ ޖަލަށް ލީމަ ސިޔާސީ ކަމެއްގެ ގޮތުގަ ސަރުކަަރުންވެސް ގަބޫލް ކުރަނީ... މީހުން މެރިޔަސް ނުވަތަ މަރަން އުޅުނަސް ... ކިހާ ސަޅި................... .ދިވެހިސަފީރު ލަންކާގަ އެޅިހާ ބަތަކަށް ރިހަ ނުވެ ބަލަ... މޮޅު އަނގަތެޅީމަ ބޭލޭނީ ތިމާގެ ސޯޓް....

  35
  6
 4. ސައްލޭ

  ސަފީރު އެެއީ ބައިކުޅަ ބައި ލަންކާ ރައްޔިތެއް. އެހެންވެ ލަންކާ ޑިފެންޑް ކުރާނެތާ.

  17
  3
 5. ވަންޓަޗް

  ކިހިނެއްތޭ ހަދާނީ މާލޭގައި އުޅޭ ދަ ރާއްޖެތެރޭ ނިކަމެތިންނާއި މާލޭގެ ނިކަމެތިން ރޮލާއި ނޮޅާލަނީއޭ ރައީސް އިބޫގެ ވެރިކަމުގައި އޭނާ އަދިވެސް ބަލަނީ ގަބުޅި ކަތީބު ހެދިގެން ދެން ނައިބޭ ބަލަނީ އަތޮޅޭ ހެދިގެން އަތް ދިގު ހުދު ގަމީސް ލައިގެން ގޮސް ކޮންމެވެސް އަންހެން ދުޅައިގެ ކަމެއް ކުރެވޭތޯއޭ ފެނިދާނެއޭ އެއާލާތުން ހުނިގާނަން ވެސް ތިއްބާ އޮފީސް ގަޑީގައި މިޒާތުގެ ނޮން ރެސްޕޮންސިވް ސަރުކާރު ތައް އައިމާ ރައްޔިތުން ވަނީ ހަނާ އޭ ދެން ރައީސް އޮފީސް ޕޮލިސީ ސެކްރެޓަރީ އެދަނީ ރިސޯރޓްސް ތަކުގެ ޖީއެމްއަށް ގުޅައިގެން ދިވެހިންނަށް ރިސޯރޓްސް ތަކުގަިއ ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ނުދޭށޭ ބުނެ އެމެންނަށް ބޭނުން ވަރަށް ވާރކް ވިސާ ދެމުންނޭ އައިފީލް ރާއްޖެ އަށް ހަނަފަސް 5 އަހަރު އައީ ކަމަށޭ އޯއް އޯއް އެމެންގެ ވެރިކަމުގައި މިވަނީ ވަން ޓަޗް އިން ރާއްޖެ ބަނޑަށް ޖައްސާލާފައޭ ވަން ޓަޗް އެން ބަނޑަށް ޖައްސާލީއޭ ވަން ޓަޗް އޯއް އޯއް ޑާންސް ޑާންސް ޑާންސް ޑާންސް ވަން ޓަޗް އެން ބަނޑަށް ޖައްސާލީއޯ ޑާންސް ޑާންސް

  6
  4
 6. އިފްއައި

  ހެލޯ ކަނޑޫދޫ މިރުޓޭ ތަމެން ހާދަ ބޮޑަށް ސައިޒު އޮޅިގެން މާ ބޮޑު އަގު ގައި ވިއްކަން ތިޔާ އުޅެނީ ތަމެން ދަންނަން ޖެހޭނެއޭ ތަމެންގެ ލެވެލް ގައި ތަމެން ތިބެން އަބަދު ވެސް ތަމެން ނުޖެހޭނެއޭ ތަމެން ގެ އަގު ޑައިމަންޑް އަގުގައި ވިއްކަން މާލޭގައި އިމާރާތް ތައް ކޮށް ފައި ހުންނަނީ އެއީ ބޭންކް އިން ލޯން ނަގައިގެންނޭ އެކަމަކު ތަމެން ދަނޑުވެރިކަން ކުރަން ބޭނުން ކުރަނީ ކަސްޓަމްސް ޑިއުޓީ ފްރީ ޕްރޮޑަކްޓްއޭ ތަމެން ސައިޒު އޮޅިގެން އުޅޭ ހެން ހާދަހީވެއޭ ޔޭއް އިފްއައި އޭމް އޭބަލް ޓު ޑޫ އިޓް އައި ވުޑް ޑޫ އިޓް އިފް އައި އޭމް އޭބަލް ޓު ޑޫ އިޓް އައި ވުޑް ޑޫ އިޓް...

  2
  1
 7. މުރަދު

  3 އަހަރަށްވުރެ ގިނަ ދުވަސް ހުކުމެއްނެތި ތިބުންތީ ވަރަށް ކަޑަކަން އަންގައިދޭ ދަލީލެއް....ރަނގަޅު ވާހަކައެއް ކޯސް ކަމެއް ކުރުމުން ޖަލަށްލާން ޖެހޭނެމަ އެކަން ކުރަންވާނެ... އެކަމަކު މިހާރު ވަރަށް ނާއިސްސާފު......އެންބަސީތައް ހަދާފަވެސް ހުނަނީ ހަމަ އެކަނި ސިޔާސީ މީހުންނަށްޓަކައި..... އެއްެސްކަމެއް ނުކޮށްދޭ.... މެލޭޝިޔާގައިވެސް ހަމަނަމެއްގަ....ފޮނިބޮވެފަ.... މީހަކު ބަންދުކުރިޔަސް އަޅައެއްނުލާ......

  8
  2
 8. ދިސްވޭ

  އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރައީސް އިބޫ މެން އެމްޑީޕީ ވެރިކަމަށް ނާންނައިރު އަސްލަންޓޭ މެން ޓީވީ ތަކަށް އަރާ ފެލުނޭ ވަޒީރުންގެ މަޖްލީހުގެ ޖަލްސާ އެއް ކޮންމެ ހަފްތާ އަކު އެއް ފަހަރު ނުބާއްވާތީވެ ކަމެއް ނުކުރެވުނު ނަމަވެސް އަންނި ހާދަ ރަނގަޅޭ އެގޮތުން ކަންތައް ކުރެވޭތޯ ބަލަން ވަޒީރުންގެ މަޖްލީހުގެ ޖަލްސާ އެއް ކޮންމެ ހަފްތާ އަކު އަންނި ބާއްވާނެއޭ އަދި ރައީސް އޮފީހުން މީހުން އައިސް މީޑިއާ އަށް މައުލޫމާތު ވެސް ދެއޭ އެމެން ދައުލަތުގެ ބަޖެޓް ފާސް ކުރަންވެގެން ވެސް ވަރަށް ތަފްސީލް ކޮށް ބަޖެޓްގެ މައުލޫމާތު އަންނި އަށް ވީ އެންމެ ރަނގަޅަށް ރައްޔިތުންނަށް ދެވޭތޯ ބެލިއޭ އޭނާގެ ވެރިކަމުގައި އެހުރިހާ ކަމެއް އެގްރިގޭޓް ކުރާއިރު ރާއްޖޭގައި ވެރިކަން ކުރަަން އެންމެ ރަނގަޅީ އަދި ވެސް ކެނެރީގެ ނަޝީދު ކަމަށް މަމެންގެ ދިރާސާ ތަކުން ދައްކައޭ ދެން އަންނި ވެރިކަމަށް އަތުވެއްޖެނަމަ އިންޑިއާ އަށް ރާއްޖެ އޭނާ ވިއްކާނުލާނެއޭ އެއީ މަމެންނަށް ޔަގީން ކަމެކޭ...

 9. އޫންހޫން

  ލަންކާގެ ރެސިޑެންސް ވިސާގެ އުސޫލު ހަރުކަށިކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިހާރުވެސް ލަންކާ ގައި ރާއްޖޭގެ 20 ހާސް މީހުން ދިރިއުޅެއޭ އެމެން އެންމެން އެބަޖެހޭ މާލެ ސަރަހައްދަށް ބަދަލު ކޮށްލަން އަދި އެމެންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭންވީއޭ ފްލެޓްސް ނުދެވޭނަމަ އެއިން ކޮންމެ މީހަކަށް ހުޅުމާލެ 2 އިން 2 ހާސް އަކަފޫޓްގެ ބިމެއް ދޭންވީއޭ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ޔޭއްވޯއް އޫންހޫން...

 10. ގާމާދޫ އާބާދު

  ވަަރަށް ރީތި ވެއްޖެއްނު. ބަަލަގަ ބަންގާޅިން ރާއްޖޭގައި ހިތު ހުރި ގޮތަކަށް އެއްވެސް ޤަވައިދަކަށް ނުބަލާ އެއުޅެނީ ރާއްޖޭގައި ޤާނޫނާއި ޤަވާއިދު ނެތިގެންތަ. ޢަދިވެސް ދިވެހިންދޯ މި ގޯސްވަނީ. ފުރަރަމަ މި ބަންގާޅިންތައް ސަރުކާރުން މައިތިރި ކޮށްބަލާ.

 11. ވަންޓަޗް

  އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ 2020 ވަނަ އަހަރު އައުމުގެ ކުރިން ވެލާނާ އެއާރޕޯރޓް އެއް ކޮށް ނިންމާ ރިބަން ކަޓް ކުރާނެ ކަމަށް ރައީސް އިބޫ އިބޫގެ ވެރިކަމުގައި މަމެން ޕިންކީން ވެރިކަމުގައި ތިބި ނަމަ 2020 އަންނައިރު މާލެ ސަރަހައްދުގައި ނޫޅޭނެއޭ ކުއްޔަށް ދިރިއުޅޭ އެކަކު ވެސް އެންމެންނަށް ހުންނާނީ މާލެ ސަރަހައްދުން ބިން ވެސް ދީފައޭ ވަން ޓަޗް އެން ޑަން ޔަގީނޭ ވަން ޓަޗް އެން ޑަން ވަން ޓަޗް އެން ޑަން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

 12. ޙަބީބު

  މިރާއްޖޭގަ އުޅޭލަންކާމީހުން ކުއްކުރީމަ ނެރެފޮނުވާލީ ސްނައިޕަރުކޮބާ ގާނޫނު ނެތީތަ މިރާއްޖޭގަ ސިޔާސީވެރިން ނުޖެހޭ ވައިދުވާކައް ކުއްވެރިން ދޫކުރާކައް ގާނޫނޭ ކިޔައިގެން އަނގަފުޅާނުކުރާނީ މިތާއުޅޭބޮލުރޮދިން ޖެހުނުތާކު އިބިލީހުނަޖިސް ރީތިބަހުން ސިނގިރޭޓު ބޮމުން ދުވަނީ ގާނޫނުނެތީތޯ

 13. ހަސަން

  އެކަމަކު ސްނައިޕަރެއް ރާއްޖޭގައި ހައިޔަރު ކޮށްގެން އެމްޑީޕީ މީހުން ވަރަށް ފޯރި ނެގިއެއްނޫން.

 14. މުބީނު މާރނީ

  އެމްބެސެޑަރ ޒާހިޔާ ވެސް އެއްވެސް ކަމެއް ނުކުރޭ. އަރާމު ގަ އުޅެލާފަ ޗުއްޓީ ހަދާލާފަ، ދިޔައީ. އުމަރު ވެސް ބުނަނީ އަބަދުވެސް ގާތުން ބަލާ ވާހަކަ. އާސަންތަ ގެ ވެރިން އައިސް ޖަލްސާ ކުރިޔަށް ނުގެން ދެވުނު ޖަލްސާ އަކަށް ވެސް އުމަރެއް ނާދޭ. ރައްޔިތުން ގެ ކަންތައް ކުރާ ކަން އަމަލުން އުމަރަކަށް ނުދެއްކުނު މި ހިގާދިޔަ ހާދިސާ އަކުވެސް. ދިވެހިން ނަށް ގުޅަމޭ ބުނި އިރު، ގުޅި އެންމެ މީހަކު ވެސް ނެތް. ރިހަފަތަގޮޅި ވައްތަރުގެ އަނގަ ނުތަޅަ ފާނަންތަ، އުމަރު ؟

 15. އީޖާބޭރާއްޖެ

  ގިނަ ދިވެހިން ހާއްސަކޮއް މައުމޫނިޒަމްގެ އަހަރުތަކުގައި ޑުރަގް ފެއްޓި މީހުންތަކަށް ހީވަނީ ރާސްޖޭގައި އުޅޭ ގޮތަށް ބޭރު ކަރަތަކުގަވެސް އުޅެވިދާނޭ ޑުރަގްބޯލާ ކާލާ ވިއްކާލާ ހިތުހުރިގޮތަކަށް އެވެރިންނަށް ހީވަނީ މި ދޫނިރާއްޖޭގަ އުޅޭހެން ހުރިހާ ކަރައެއްގައިވެސް އުޅެވިދާނޭ މިދޫނިރާސްޖެގަ އެކަނި އޮންނާނީ ގާނޫންތައް ލިޔެވިފައި ކަރުދާހުގައި އަމަލުނުކޮށް މީހަމައެއްލަމައެއް ނެއްތަނެއް އެމީހަކަ އެމީހެއް އަމްދުން ތިޔަބުނާޒާތުގެ ވިޔަފަރިކުރާމީހުންނަކީ ހިމާޔަތް ކޮއްފައި ތިބޭބަޔެއް ދޮންދީންޏާ ހިމަޔަތް ކޮެއްފައި ތިބޭހެން