އެމްއެންޑީއެފްގެ ހަތިޔާރު އެޅި އުޅަނދުތައް ބްރިޖް ހުރަސްކޮށް، މާލެއިން ހުޅުމާލެއާ ދެމެދު ދަތުރުކުރަމުން ދަނީ މެއިންޓެނެންސް މަސައްކަތަކަށް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނެފައި ވަނީ ހަތިޔާރު އެޅި ވެހިކަލްތައް ބްރިޖު ހުރަސްކުރަމުން ދަނީ މަރާމާތުގެ މަސައްކަތަކަށް ކަން އާންމުންގެ މައުލޫމާތަށްޓަކައި އަންގާ ކަމަށެވެ.

ދިފާއީ ވަޒީރު މާރިޔާ ވިދާޅުވެފައި ވަނީ އެމްއެންޑީއެފްގެ ވެހިކަލްތައް މިހާރު ހުރީ ވަރަށް ބޮޑަށް ބާވެފައި ކަމަށާއި، މަރާމާތުތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. ލަންކާއަށް މިދިޔަ މަހު ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކާ ގުޅިގެން އެމްއެންޑީއެފްއިން ދަނީ ކުއްލި ހާލަތުގެ ވަގުތެއް އައިސް ދާނެ ކަމަށް ތައްޔާރުވަމުންނެވެ. ރާއްޖެއަށްވެސް އެފަދަ ނުރައްކަލެއް އޮވެދާނެ ކަމަށް އެމެރިކާއިން ބުނެފައިވާ އިރު، އެމްއެންޑީއެފްއިން ބުނީ އަދި ނުރައްކަލެއް ނެތް ކަމަށެވެ.

ދާދިފަހުން މާލެ ތެރޭގައި ހަތިޔާރާއެކު ހާއްސަ ޑްރިލްއެއްވެސް ކުރިއަށް ގެންގޮސްފައިވާ އިރު، އެމަޖެންސީ ރެސްޕޮންސްގައި ކަން ކުރާނެ ގޮތް އެކުލެވޭ ޑްރިލްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޯޓްވަގު

    މާރިޔާ ހިފާ ހައްޔަރުކުރޭ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތައް ނުދެއްކުމަށް ގޮވާލަން، ސިފައިންގޭ ވެހިކަލްތަކާއި، ހަތިޔާރާއި، މޭންޕަވަރ ވީކްވެފައިވާކަމަށް މިފަދަ ނާޒުކުބދަނޑިވަޅެއްގައި ދެއްކުމަކީ ނުރައްކާތެރި ކަމެއް، މާރިޔާއާ ޙަވާލުކޮށްފައިވާ މަސައްކަތަކީ ދިފާޢީބާރުގެ ބަލިކަށިކަން ދުޝްމަނުންނަށް އަންގައިދިނުމެއްނޫން،

    23
    1