ރޯދަ މަހުގައި ލެއްވިގެންވާ އެންމެ ބޮޑު ނިޢުމަތަކީ ލައިލަތުލްޤަދުރި ވިލޭރޭކަމަށާއި، އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގެ ހޮޔޮކަމަށް ވުރެ ބޮޑު ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ، އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭ ތަކުގެ ތެރެއިން ރެއެއްގައި ކަމަށާއި، އެރޭގެ އަޅުކަމުގައި ހުރެއްޖެ މީހާގެ ފާފަތައް ފުއްސަވާ ދެއްވާނެ ކަމަށް ވާރިދުވެފައިވާ ކަމަށެވެ.

"އިޚްލާސްތެރިކަމާއެކު ﷲ ގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދިގެން ލައިލަތުލްޤަދުރި ވިލޭރޭ ރޭ އަޅުކަން ކޮށްފިމިހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާނެ އެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

އިތުރަށް ޚުތުބާގައި ވިދާޅުވީ، ރޯދަމަހުގެ ތަރާވީޙު ނަމާދަކީވެސް ވަރަށް މަތިވެރި އަޅުކަމެއް ކަމަށާއި، ޖަމާޢަތުގައި އިމާމުގެ ފަހަތުގައި މި ނަމާދު ކުރުމަކީ ހެޔޮކަން އިތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ.

"އިމާމާ ނިމެންދެން އިމާމާ އާ އެކު ނަމާދުގައި ޤާއިމުވެ ހުރެއްޖެ މީހަކަށް އެރެއެއްގެ ރޭ އަޅުކަން ލިޔުއްވޭ ހުއްޓެވެ. ހަމައެހެންމެ، އިޚްލާޞްތެރިކަމާއި އެކު ޘަވާބާއި ދަރުމައަށް އެދިގެން ރޭ އަޅުކަން ކޮށްފި މީހާވެސް އިސްވެގޮސްފައިވާ ފާފަތައް ފުހެވޭ ހުއްޓެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާ ޚާއްޞަކޮށްގައިވަނީ "ރަމަޟާންމަހަކީ އިމާންކަމާއި ހެޔޮޢަމަލުގެ މައްސަރު" މި މަޢުޟޫގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު