ރާއްޖޭގައި ފުރަތަމަ ފިލްމް އުފައްދަން ފެށި ދުވަސްވަރުން ފެށިގެން ހެއްވާ، މަޖާ ބައިތައް ކުޅެފައިވާ އެކްޓަރު މއ.ސީރިޔަޒުގޭ ހާރޫން އަހުމަދު (ޖޮނީ) މިއަދު ނިޔާވެއްޖެއެވެ.

ހާރޫން ނިޔާވީ އުމުރުން 72 އަހަރުގައެވެ. ހާރޫންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭގެ ފަތިސް ނަމާދަށް ފަހު އާސަރާ މިސްކިތުގަ އެވެ.

މީހުން ހެއްވާލުމުގައި ދިވެހިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ހާރޫން އެންމެ ގިނައިން ފެނިގެން ދިޔައީ ޔޫސުފް ރަފީއު (ޔޫސޭ) ގެ ކޮމީޑީ ފިލްމުތަކުންނެވެ.

ހާރޫން "ޖޮނީ" ގެ ނަމުގައި މަޝްހޫރުވީ ހިންދީ ފިލްމްތަކުގައި ކޮމެޑީ ރޯލް އަދާކުރާ ޖޮނީ ލެވާގެ ސްޓައިލަށް ހެއްވާ މަޖާ ރޯލްތައް ކުޅޭތީ ކަމަށްވެއެވެ.

ހާރޫން ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި އޭނާގެ ހަނދާންތައް އާކުރަމުންނެވެ. ހާރޫން ނިޔާވުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާރުނަކީ 70 އަދި 80 ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރު ޝަހްސިއްޔަތެއް ކަމަށާއި މާތްﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާ ކަމަށެވެ.

ހާރޫން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ ވަޒީފާ ވެސް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖާ

    މާތްﷲ ހާރޫން (ޖޮނީ)ގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި

    16
  2. ރޭސް

    ހާރޫނަށް ޖޮނީ ކިޔުނީ ހިންދީ ފިލްމް ތަކުގައި އުޅޭ ޖޮނީލިވަރ ގެ ސްޓައިލަށް އޭނާ ހެއްވާބައި ކުޅޭތީއެއްނޫނެވެ. އޭނާ އާ ހިންދީފިލްމް ތަކުގެ ހެއްވާބައި ކުޅޭ ޖޮނީވޯކަރ އާ އޭނާ ވައްތަރު ގޮތެއް ހުރެފައި ޖޮނީވޯކަރ ފަދައިން އޭނާވެސް ހެއްވާ ބައި ކުޅޭތީއެވެ.

    16
    1
  3. ޖޖ

    މާތްﷲ ހާރޫން (ޖޮނީ)ގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި