ށ. ފޭދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް އަނިޔާކުރި މައްސަލަ ޖެންޑާ މިނިސްޓރީން ބަލަން ފަށައިފިއެވެ.
މި މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުންދާއިރު، އެ އަންހެން މީހާ ހޮޅި ދަނޑިއަކަށް ބަނދެ އަނިޔާކުރި މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި މިއަދު ދައުރުވެފައި ވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މި އަންހެން މީހާ އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އަންހެން މީހާގެ ފިރިމީހާއަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާގެ ފަސް ދަރިން ތިބިއިރު އޭގެތެރެއިން އެއްކުއްޖެއްގެވެސް ސިކުނޑީގެ އުނިކަން ހުންނައިރު، އެމީހުން ދިރިއުޅެމުންދާ އާއިލާއާއެކު ކަމަށް ވެއެވެ.
މީގެ ކުރިންވެސް މި އަންހެން މީހާއަށް އަނިޔާކުރި މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް ގެންގޮސްފައި ވެއެވެ. އެގޮތުން އޭނާއަށް މީގެ ކުރިން ޖިންސީ އަނިޔާ ކުރި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ހާމަކަން ބޮޑު ގޮތަކަށް އެމީހާއަށް އަނިޔާކޮށް ފޮޓޯ ނަގާފައި މިވަނީ މައްސަލަ ހުށަހެޅުމުންވެސް އެކަމާއި ގުޅިގެން ފިޔަވަޅެއް ނާޅާ ވަނިކޮށެވެ.
މިހާރު ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ އެ އަންހެން މީހާ މަގުމަތީގައި ހުރި ހޮޅިދަނޑިއަކަށް ބަނދެ ހައްޔަރުކޮށްފައި ހުރި މަންޒަރެވެ. އަދި އޭނާގެ ބޮލުގައި ގޯންޏެއް އަޅައި ބަންދުކޮށްފައި ހުރިއިރު ގުޑާ ނުލެވޭނެހެން ގައިގެ ވަށައިގެން ހޮޅިދަޑިއާއެކު ވާގަނޑަކުން ބަނދެފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ރާއްޖޭގެ ފުލުހުންނައްބެލެނީ ކޮންމައްސަލައެއް އަހަރެމެންނައް ވިސްނާވިސްނާ ނޭގުނު
މިއަމަލު ހިންގިބަޔަކުވެސް އުޅޭނެ އިންސާނީ ހައްގުނުލިބިގެން މަގުމަތީ ހަޅޭލަވަމުން މީދެން ކޮންކަހަލަ އިސްލާމުންނެއް އުޅޭގައުމެއް
އަޅެ އެހީތެކަމާ ރައްކާތެރިކަން ބޭނުންވާ މީހުން ޖެންޑާގެ ސަމާލުކަމަށް އަންނަނީ މިފަދަ ލާއިންސާނީ އަމަލެއް ބަޔަކު ކުރީމަތަ؟ ސިސްޓަމްގަ ލިޔެފަ އޮތީ އެހެންތަ؟ މިފަދަ ބަލި 2 މީހުން ބަލާ މީހެއްގެ ހައިސިއްޔަތުން ބުނަން އެއީ ބުރަކަމެއް، އެކަމު އެއީވެސް އިންސާނުން. އެމީހުނަށް ލޯބިދޭންޖެހޭ. ޢާއިލާއިން ނުދޭނަމަ ނުވަތަ ދެވެންނެތްނަމަ ދައުލަތަށް ލާޒިމް އެމީހުނަށް ރައްކާތެރިކަން ހޯދަދޭން. އެކަންކުރާނީ މިފަދަ ކަމެއްވީމައެއް ނޫން ދެންވެސް. އޭގެ ކުރިން.
މި މީހާއައް އަނިޔާކުރި މީހުންނައް ދުނިޔޭގައާއި އާޚިރަތުގައި އެންމެ އެކަށީގެންވާ އަދަބު ދެއްވާށި. އަދި މި އަންހެންމީހާއައް އިހުމާލުވި އޭނާގެ ކަންކަމުގެ ޒިންމާއުފުލަންޖެހޭ މީހުންނައްވެސް ހައްގުއަދަބު ދެއްވާށި.
އިބްތިހާލަށް އަނިޔާ ކުރި މައްސަލަވެސް އަނގައައްޕަޗި އަންހެން މީހާ ބެލި. ދަތްޕިލާ ރޮނޑަށް ދީގެން އަނގަ އެރުވުން ނޫން ކަމެއް އެއަށް ވޭތަ؟
އަހަރެން ވިލިނގިލީގަ އުޅޭގެއިން މޯބައިލްފޯނުތަކެއް ނަގައިގެން ޕޮލިހައްދިޔައިމަބުނީ ތިބޭފުޅާޔައް އިނގޭހޭނެގިމީނާ ދެން ވަގުކަލޭގެ އެރިކުދަދޮރުނަ ފިންގަޕުރިންޓުނަގައިގެންގޮސްސަ ބުނީސާންޕަލް ލިބުނީމައޭ ކުރިއްދެވޭނީ އެއައްފަހުން ބަރާބަރު 2 އަހަރު ހިލަމެއްނުވެ މީތިމީހުންގެހާލަތު
މިފަދަ މީހުންނާއި ބެހޭ ގޮތުން ސަރުކާރުގެ ސަމާލުކަމަށް އެފަދަ މީހެއްގެ ހާލަތު ގެނައުމުން ލަސްނުކޮށް ކަމާއި މިނިސްޓްރީ އިން އެކްޝަން ނަގާ އެކަން ހައްލުކުރުމަކީ މިފަދަ ކަންކަން ނުވުމަށް އޮތް ހައްލެއް ކަމަށް ބެލެވިދާނެ. މިހާރު މިވާގޮތުން އެމީހުން ތަގުޑި ދިގުވެ ލަސްވެ ދިއުމުގެ އެފަދަ މީހުންނަށް ލިބެމުންދާ އަނިޔާ އިތުރަށް އިތުރުވެގެން މިއަންނަނީ. ތިޔައީ ޖެންޑާރ މިނިސްޓަރ ގެ އިޙުމާލު އޮތް މައްސަލައެއް ކަމުގައި ނިންމިދާނެ. ޝިދާތާ މިހާރުން މިހާރަށް އިސްތިއުފާދޭންޖެހޭ.