ބަންގްލަދޭޝްގައި ކިޔަވަމުން ދަނިކޮށް މަރުވި ދިވެހި ދަރިވަރެއް ކަމަށްވާ ރައުދާ އާތީފްގެ މަރުގެ ތަޙްޤީޤުގައި ބަންގްލަދޭޝްގެ ފުލުހުން މިހާތަނަށް ހޯދާފައިވާ ހުރިހާ މައުލޫމާތެއް ދިވެހި ސަރުކާރަށް ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން އެދިއްޖެއެވެ.

ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން މިހަފްތާގައި ބަންގަލަދޭޝްގެ "ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަން" އަށް ފޮނުވި ސިޓީއެއް ގައި ވަނީ ރައުދާގެ ޕޯސްޓްމޯޓަމް ރިޕޯޓާއި ފުލުހުންގެ ތަޙްޤީޤަށް ފާހަގަ ކުރެވިފައި ހުރި އެހެނިހެން މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެދިފައެވެ.

ރައުދީ މަރުވީ 2017 ވަނަ އަހަރު ބަންގްލަދޭޝްގެ ރާޖްޝާހީ ގައެވެ. ރައުދާ ފެނުނީ ދަން ޖެހިފައި ހުއްޓައެވެ. ރައުދާ މަރުވީ އަމިއްލަ އަށް ކަމަށް ބަންގްލަދޭޝްގެ ފުލުހުން މީގެ ކުރިން ނިންމާފައި ވީނަމަވެސް ރައުދާގެ މަރާއި މެދު ރައުދާގެ ބައްޕަ މުހައްމަދު އާތިފް ސުވާލު އުފެއްދުމުން އަލުން މައްސަލަ ތަޙްޤީޤު ކުރަން ފަށާފައިވެއެވެ.

ބަންގްލަދޭޝްގެ ކޯޓަކުން އަމުރު ކުރުމުން ރައުދާގެ ގަބުރު ނަގައިގެން ވެސް ޕޯސްޓްމޯޓަމްއެއް ހެދިއެވެ. މިހާތަނަށް ފަސް ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފުލުހުން ވަނީ ރައުދާގެ މަރުގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައެވެ.

ބަންގްލަދޭޝް ފުލުހުންގެ ތަޙްޤީޤުތަކާއި ބެހޭ ބިއުރޯގެ ޗީފް އަދި ޑެޕިއުޓީ އިނިސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ބަނާޖް ކުމާރު ބަންގްލަދޭޝްގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ އެމްބަސީގެ ސިޓީގައި ހިމަނާފައި ހުރި މައުލޫމާތު ވަރަށް އަވަހަށް ދިވެހި ސަރުކާރަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުގައި ބުނެފައި ވަނީ ރައުދާ މަރާލާފައި ވަނީ ގަސްދުގައި ކަމަށް ދިވެހި ފުލުހުންގެ ހޯދުންތަކުން ދައްކާ ކަމަށެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން އެހެން ބުނި ނަމަވެސް ދިވެހި ފުލުހުން އެފަދަ ވާހަކައެއް އަދި މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ.

ރައުދާގެ މަރުގެ ތަޙްޤީޤާއި ބެހޭ މައުލޫމާތު ދިވެހި ސަރުކާރުން މިހާރު ހޯދަނީ ކީއްވެކަން މިއަދު ސާފުވާގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ރައުދާގެ މަރަކީ މާކުރިއްސުރެ ރޭވިގެން ދިން ހަމަލާއެއް. އެކަމުގައި އެންމެ ކައިރީގައި ކިޔަވަން އުޅުނު ކުދިން ހިމެނޭ. އަދި މި ތަހުގީގަށް ނުފޫޒުފޯރުވާ ހެކިނައްތާލަން މަސައްކަތްކޮށްފަވާކަން ވަނީ ސާބިތުވެފަ. ކުރުކޮށް ބުނާނަމަ ރައުދާގެ މަރާއި ރިލްވާންގެ މަރާއި ދާދި އެއްގޮތް. މޯޓިވްއަކީ އެއްކަމެއް. ނަމަވެސް، އެއްވެސް މީހަކު މަރާލުމަކީ ހައްލެއްނޫން. އެއީ އިސްލާމްދީން ހުއްދަކުރާކަމެއް ނޫން.

    11
    2
  2. ފިލާވަޅޮ

    ދިވެިންނައް ރައްކާތެރުކަން ޔަގީންކޮށްދިނުމަކީ ދިވެހިދައުލަތުގެ ވާޖިބެއް، މިކަން ނުކުރެވޭކަމަނަމަ މިގައުމަގަިއ ދައުލަތް ހިންގާފަރާތަކީ ނުކުޅެދުންތެރި ފަރާތެއް. ބަންގްލަދޭސް ގިނަރައްޔިތުންތަކެއް ދިވެހިރާއްޖޭގައި މަސައްކަތް ކުރޭ އަދި މީގެން ބޮޑޮބަޔަކީ ދިވެހިރާއްޖޭގައި ހެދިފަހުންނަ ގާނޫންތަކާ ގަވައިދުުތަކައް ބެލުމެއްނެތި ވަގުވިޔަފާރިކޮށް ދިވެހިދައުލަތުން ބޯޑުއަދަދެއްގެ ފައިސާ އަންދާޒާ ކޮށް 80$ މިލިއްން ޑޮލަރު ބަންގްލަދޭސް އަށް ފައިސާ ފޮނުވަން ހަދާފަ މަނީޓްރާންސްފަރިންގް އެޖެންސީތަކުން ބަންގަލަދޭސްއަށް މިގޮތައް ފޮނުވާ ހަދާ މިކަމުގަވެސް ސަލާމަތެއްނެތް. މިވަރު މީބޮޑޫވަރު ނަށީދު ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރު އިމިގްރޭޝަންއާ ހަވާލުވެ މިތަންތަން ބާލާ ފާސްކޮށް އިއްލީގަލްކޮށް ތިބި ބޭރުމީހުން ބޭރުކުރުމަށް މަސައްކަތް ފެށުމުން ބަންގްލަދޭސްގެ ބޮޑުވަޒީރު ރާއްޖެއައިސް މިމީހުންގެ ސަލާމަތުގައި އޭރުގެ ރައީސް ނަސީދުއާ ވާހަކަދައްކައި މިކަންހުއްޓުވި، ބުނަން މިއުޅޭވާހަކަޔަކީ ދިވެހިރޢްޖޭގައި ގަވއިދާޙިލާފައް އުޅެ މިގައުމުން ބޮޑުއަދަދަެއްގެ ފައިސާ ބޭރޮކޮށް ހެދުން ދިވެހިންނައް އޯކޭތޯ؟ ދިވެހިރާއްޖޭގެ ރައްޔިތަކު އިހާނައްތެރތިކޮށް ހިތާ ފުރާނަދުއްވާލުން އޯކޭތޯ؟

  3. ބުރުގާ

    ދެން ކިތަންމެ ވަރަކައް ތިމައްސަލަ ހޭވިއަސް ތީގެ ހަގީގަތެއް ރާއްޖެއަކައް ނޭގޭނެ. ދިވެހި ސަރުކާރުންވެސް އުޅެނީ ބަންގާޅާ އަޗާތަޅަން. ފުރަތަމަ މިކުޑަ މާލެތެރޭ ހިނގާ ޖަރީމާތައް ބަލާބަލަ، އާވާރާވެގެން ނޫޅެ.

    33
    1