މި ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން އެއްވެސް މަސައްކަތެއްކޮށްފައި ނުވާ ކަމަށް، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މުޢިއްޒު މިހެން ވިދާޅުވީ، ޗެނަލް 13 ން ރޭ ގެނެސްދިން "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު އޭރު ބެލެހެއްޓި ހައުސިންގ މިނިސްޓްރީގެ ފަރާތުން އެތައް މަސައްކަތް ތަކެއް ހުންނާނެ ކޮށްފަ. އެތައް ރަށެއްގެ ބަނދަރު މަރާމާތުކޮށް އެތައް ރަށެއްގެ ބަނދަރުގެ ޢަމަލީ މަސައްކަތް ފެށިން. މަގުހެދުމުގެ އެތައް މަސައްކަތްތަކެއް ކުރިން. މި ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި އެއްވެސް ބަނދަރެއްގެ އަމަލީ މަސައްކަތް ފަށާފައެއް ނެތް. މި ސަރުކާރުން މިއަދާއި ހަމައަށް އައިއިރު ބޯހިޔާވަހިކަމަށްވެސް އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް." މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ފަށާފައި ހުރި ކަންކަންވެސް ނިންމުމަށް ނުކުޅެދިފައިވާ ކަމަށާއި، ރައްޔިތުންނަށް ފައިދާ ވާނެ އެއްވެސް ކަމެއް މި ސަރުކާރުގެ ފަރާތުން ފެނިދާނެ ކަމަށް ޤަބޫލުނުުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ފަށާފަ ހުރި ގިނަ މަސައްކަތްތައްވެސް ނިންމާ ނުލެވިގެން މި އުޅެނީ. ނުވިތާކަށް ރައްޔިތުންނަށް އޮޅޭގޮތައް އެކިއެކި ވާހަކަތައް ދައްކަވަމުން އެ ގެންދަވަނީ. މި ސަރުކާރުން މި ފެންނަނީ ނާޤާބިލްކަމުގެ އިންތިހާ. އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ ރައްޔިތުންނަށް ފައިދާވާނެ އެއްވެސް ކަމެއް ފެންނާނެ ކަމަކަށް." މުޢިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ، މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށްވެސް ހައްލެއް ނުގެނެވި، އެކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް އުނދަގޫތަކެއް ކުރިމަތިވަމުން ދާ ކަމަށާއި، އެތަންތަނުގައި މަސައްކަތް ކުރާ ޓެކްނިކަލް މީހުން ވަޒީފާތަކުން ވަކިކޮށް މަގުމަތިކޮށްފައިވާ ކަަމަށެވެ.

"ކަރަންޓުގެ ހާލަތަށް ބެލި ކަމުގައިވިޔަސް ވަރަށް ދަތި ހާލުގައި ރާއްޖޭގެ ރަށްރަށުގައި މީހުން އުޅެމުން އެ ދަނީ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ރަށްރަށް މިހާރު މަދެއް ނޫން. ރައީސް ޔާމީންގެ ވެރިކަން ނިންމަވާލެއްވި އިރު، ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ޔަޤީން ކޮށްދީފަ ވާނީ. ނަމަވެސް އިންޖީނުގޭގަ ތިބޭ ޓެކްނިކަލް މީހުން ވަޒީފާއިން ވަކިކޮށް، އެމީހުން މަގުމަތި ކޮށްލީމަ އެކަމުގެ ނަތީޖާ މި ފެންނަނީ. އެ އިންޖީނުތައް ނުބެހެލެއްޓިގެން މި ހުރިހާ މައްސަލަތަކެއްވެސް މި ދިމާވަނީ." މުޢިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރުގެ މަޤާމުގައި ޑރ މުޢިއްޒު ހުންނެވި ދުވަސްވަރު ރައްޔިތުންގެ ލާބަ އާއި މަންފާއަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވަރުން2

    ޢަމިއްލަ އަށްވި ވައުދު ވެސް ނުފުދިގެން އުޅެނިކޮށް ރައްޔިތުމީހާގެ ހައްގުތަށް ފުއްދޭނެބާ!

    10
  2. ށޭދު

    ވ ތެދުފުޅެއް . ރައްޔިތުންގެ ކަރުގަ މިހާރު ހިތިރަހަލާން ފަށައިފި.

    16
    3
    • ދދދދދ

      ރަނގަޅު. ބޮނޑި ބޮއިގެން ހިތިރަހަ ލައްވާފަ ބައިތިއްބާ.

      7
      1
  3. ކިނބޫ

    ނުވެސް ކުރެވޭނެ. އުރަތްޕެއް ނެތް.

    7
    1
  4. އެމަންޖެ

    މި ވެސް ވެރިކަމެކޯ...

    13
    1
  5. އާދަނު

    މުއިއްޒު ކީއްތޯ ކުރާނީ..ދިވެހިންގެ ގިނަބަޔެއްގެ ސިކުނޑިތައް މިވަނީ ވަކި މީހަކަށް ގޮސް ހުސްވެފަ. ލޯތަކަށްވަނީ ދުންބުރާފަ. ކޮބައިތޯ ސަރުކާރުމުވައްޒަފުންނަށް ލިބެންޖެހޭ ފްލެޓްތައް. ވެރިކަން ކުރަނީ ރައްޔިތުންނަށްޓަކައެއްނޫން. ހޮވުނީމަ ވަކިބަޔަކަށް ފައިދާ ކޮށްދޭން. ހީވާކަހަލަ ވެރިކަމަކީ އަމިއްލަ މިލްކެކޭ. ކޮބައިތޯ ރައްޔިތުންގެ ހައްގުތައް. ރައީސް ޔާމީން ލިޔުން ހަވާލުކުރެއްވި މުވައްޒަފުންނަށް ލިބުނު ފްލެޓްތައް މިސަރުކާރުން ހިފަހައްޓާފައިވާއިރު މުވައްޒަފުން އަނގަބައްދައިގެން ތިބޭތީ ހައިރާންވާންޖެހޭ. ކޯއްޗެއް ބޯންދެއްވާފަކަމެއްނޭނގޭ.