ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަށް ގޮސްގެން އުޅެނިކޮށް ގެއްލުނު މީހާ ދެ ދުވަސް ފަހުން މިއަދު ފެނިއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނެފައި ވަނީ ގެއްލުނު މީހާ ފެނުނު އިރު، ހާލު ރަނގަޅު ކަމަށެވެ. މީގެ ދެ ދުވަސްކުރިން ގެއްލިފައި ވަނީ މެދު އުމުރުގެ އަންހެނެކެވެ. އޭނާއާއެކު ފިރިމީހާވެސް އުމްރާއަށް ގޮސްފައިވެއެވެ.

ގެއްލިގެން ހޯދަމުންދާ އަންހެން މީހާގެ އާއިލާ މެންބަރަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދައްތަ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އިން ފެށިގެން ގެއްލިފައިވާ ކަމަށެވެ.

"ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ދައްތަ ވަނީ ގެއްލިފައި. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދައްތަ އުމްރާ އަށް ދިޔައީ. ހައްޖު ކޯޕަރޭޝަނުން ވިދާޅުވަނީ ފުލުހުންނަށް ރިޕޯޓް ކޮށްގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް." މައުލޫމާތު ދިން މީހާ އޭރު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ދެން ޓީވީއެމްގެ ޕްރޮގްރާމެއްގަ ސްޕޮންސަރަކަށް ހައްޖު ކޯފަރޭޝަންގެ ހެޔޮއެދުން ތަކާއެކުއޭ ބުނާއިރު، ސްޕޮންސަރ ކުރަން ފައިސާ ދެއްކީ ކޮންތާކުން؟

    9
    1
  2. އަހުމަދު

    ޖަމާޢަތުންދީފަ އޮންނަ ޓެގު އަދި ސައުދީހައްޖު ސެންޓަރުންދޭ ފާސް އަޅައިގެން ބޭރަށް ނިކުންނަނަމަ ތިހާގިނަ ވަގުތު ނުފެނިގެން އުޅެން ނުޖެހުނީސް....

    18
    1