ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށެވެ. އެލާޓްގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އަންނަ ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ވަގުތު"އަށް އިތުރަށް މައުލޫމާތު ދެއްމުން މެޓް އޮފީހުން ބުނެފައި ވަނީ ވައިގަދަވާނީ ހަމައެކަނި އަންނަ ވިލާގަނޑުގައި ކަމަށާއި، އާންމުކޮށް ވައި ހުންނާނެ ކަމަށް ލަފާކުރެވެނީ އަށް މޭލާއި، 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ. އާންމުކޮށް ކަނޑުދަތުރު ކުރުން ރައްކާތެރި ނަމަވެސް، އަންނަ ވިލާގަނޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

 

މެޓް އޮފީހުން އެލާޓް ނެރެފައި ވަނީ މިރޭ 9:00 އިން މިރޭ 2:00އަށެވެ.

ކިޔުންތެރިންގެ ހިޔާލު