ހދ.ކުޅުދުއްފުށީ އަމީނީމަގުން ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުކުރެވިގޮސް މަގު މެދުގައި ހުރި ހޮޅިދަނޑިއަކަށް އަރައިފި އެވެ.

ކުޅުދުއްފުށީގެ ޚަބަރުތައް ގެނެސްދޭ "ކުޅުދުއްފުށީ އޮންލައިން" ގައި ބުނެފައި ވަނީ މިއަދު ހެނދުނު 09:05 ހާއިރު ހިނގި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

ޕިކަޕް ހޮޅިދަނޑީގައި ޖެހުމުން ހޮޅިދަނޑި ވަނީ ބުޑާއި އެކު ލުފިގެން ވެއްޓިފައެވެ. އެކްސިޑޭންޓްގައި ޕިކަޕުގެ ކުރީ ކޮޅަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވެފައި ވެއެވެ.

މީގެ ކުރިން ވެސް ކުޅުދުއްފުށީ އަމީނީމަގުގައި ވެހިކަލްތަކުން ޖެހި ހޮޅިދަނޑިތައް ވެއްޓިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    ރޯދަ ކަމުން ވާ ގޮތް ތީ.

    3
    1
  2. ހުސޭނުބޭ

    ޕިކަޕް ރޯދަތަ؟

  3. އަބުލޯ

    އެކަލޭގެ ހުރި ހާރުކައިގެންނުނިދައޯ ތިވާނީ ނިދިޖެހުނީކަމަށް ތިކަމުގައިގޯސްވާނީ ހޮޅިދަނޑި ނުވަތަ އެކަލޭގެ ހުރީ ހޭބަލިވެފައިކަމަށްވެސްވެދާނެ

  4. އެކްސިޑެންޓު

    ކިލޯމީޓަރު ހަމަނުވާ މަގުމަގުގަ އަދިވެސް ބާރަށް ދުއްވާ. މަށަށް ދެރައީ ޕިކަޕު ގަނޑެއްދުއްވީމަ، ހުޅުމާލެހެން އަދި ކެރޭނު.އެއްޗެހި ވެސް މިހެން އެކްސިޑެންޓުވާނެ!

    1
    1
  5. ހަމްބޭ

    ރޯދަމަހު އެހާހެނދުނާ ބާރުސްޕީޑުގަ ދާއިރު އެހެންހުންނަ ހޮޅިދަނޑިއެއް ފަހަރުގައި މަގުމެދުގަ ބަހައްޓާފަހުރި ބެންސަން ސިގިރެޓެއް ގެސިފައިގަވެސް ފެނިދާނެ. އެއީމާބޮޑު ކަމެއްނޫން.